Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާން

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ސަރަޙައްދާ އިންވެގެން އޮންނަ މި ސަރަޙައްދަށް ހޯމަ ވިލޭރޭ މެންދަމު އައި މި ބިންހެލުމުގެ ސަބަބުން ސަރަހައްދުގެ ގެތައް ވަނީ ފުނޑުފުނޑުވެފައެވެ. މި ބިންހެލުން އައީ ބިމުގެ އަޑިން 10 ކިލޯމީޓަރު (6 މޭލު) ފުންމިނުގައެވެ.

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 07:43
އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގެ ޖަލަލަބާދަށް އައި ބާރުގަދަ ބިންހެލުމުގައި ގެތައް ވަނީ ފުނޑުފުނޑު ވެފައި

އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގެ ޖަލަލަބާދަށް އައި ބާރުގަދަ ބިންހެލުމުގައި ގެތައް ވަނީ ފުނޑުފުނޑު ވެފައި

އާފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދަށް ބިންހެލުމެއް އައުމުގެ ސަބަބުން ގާތްގަނޑަކަށް 622 މީހުން މަރުވެ، 1،500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން ދިރިހުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، ހެލިކޮޕްޓަރުތަކުން އަނިޔާވެފައިވާ މީހުން ރައްކާތެރި ތަންތަނަށް އުފުލަމުންދެއެވެ.

ހަމަ ނުޖެހުންތަކުން ސަލާމަތް ވުމަށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރި އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަނބުރާ އަފްޣާނިސްތާނަށް ފޮނުވާލާފައިވާ މި ދަނޑިވަޅުގައި، މި ކާރިސާގެ ސަބަބުން، މިހާރުވެސް އިންސާނީ ހާލަތު ދަށްވެފައިވާ ދެކުނު އޭޝިއާގެ މި ޤައުމުގެ ވަސީލަތްތަކަށް އިތުރު ބުރައެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިކްޓަރ ސްކޭލްގައި 6 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން 1،500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ޠާލިބާނުން ހިންގާ އާފްޣާނިސްތާނުގެ އެތެރޭގެ ކަންކަމާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މަރުވި މީހުންގެ އަދަދު 622 ގައި ހުރި ކަމަށްވެސް ބުނެފައިވެއެވެ. ސަރުކާރުން ހިންގާ ރޭޑިއޯ ޓެލެވިޜަން އާފްޣާނިސްތާން (އާރްޓީއޭ) އިން ކުރިން ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 500 ގައި ހުރި ކަމަށެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ސަރަޙައްދާ އިންވެގެން އޮންނަ މި ސަރަޙައްދަށް ހޯމަ ވިލޭރޭ މެންދަމު އައި މި ބިންހެލުމުގެ ސަބަބުން ސަރަހައްދުގެ ގެތައް ވަނީ ފުނޑުފުނޑުވެފައެވެ. މި ބިންހެލުން އައީ ބިމުގެ އަޑިން 10 ކިލޯމީޓަރު (6 މޭލު) ފުންމިނުގައެވެ.

މި ބިންހެލުން އުފެދުނީ (އެޕިސެންޓަރ) އަފްޣާނިސްތާނުގެ އިރުމަތީގައި އޮންނަ ނަންގަރުހާރު ޕްރޮވިންސްގެ ފަސްވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ޖަލާލާބާދުން 27 ކިލޯމީޓަރު (17 މޭލު) ދުރުގައެވެ.

މި ބިންހެލުމުގެ އަސަރު ކުނަރު އަދި ލަޣްމާން ޕްރޮވިންސް ތަކަށްވެސް ކޮށްފައިވެއެވެ. އަދި ޤައުމުގެ ވެރިރަށް ކާބުލް އިން 140 ކިލޯމީޓަރު (87 މޭލު) ދުރުގައިވެސް މި ބިންހެލުން އިހުސާސްކުރެވުނެވެ.

އޮފިޝަލުން ބީބީސީ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރާ ކައިރި ސަރަޙައްދުތަކުގައި ގެތައް ވަނީ ފުނޑުފުނޑުވެފައެވެ.

މި ސަރަޙައްދަކީ ފަރުބަދަ ގިނަ އަދި މުވާސަލާތީ ވަސީލަތްތައް މަދު ސަރަޙައްދަކަށްވުމުން، މަޢުލޫމާތު ލިބެމުންދަނީ ވަރަށް ލަހުންނެވެ.

ނަމަވެސް، ސަރަޙައްދުގެ އޮފިޝަލުން ބީބީސީ ނިއުސް އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު އެތައް ސަތޭކަ އަށް އަރާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.

އަންނަމުންދާ އާފްޓަރޝޮކްތަކާއެކު، ސަރަޙައްދުގެ ހަނި ފަރުބަދަ މަގުތަކުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިވެއެވެ. އަދި މި މަގުތަކުގެ ތެރެއިން ބައެއް މަގުތައް ވަނީ ފައިބައިގެން އައި ހިލަބުރިތަކުގެ ސަބަބުން ބަންދުވެފައެވެ.

ޠާލިބާނުން ހިންގާ ސަރުކާރުގެ އޮފިޝަލުން ވަނީ ބައިނަލްއަޤްވާމީ އެހީ އަށް އެދިފައެވެ.

މި ބިންހެލުން އައީ ވަރަށް ތިލަ އިން ކަމަށް ވުމުން ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

"މިހާތަނަށް ބޭރު ސަރުކާރަކުން މީހުން ސަލާމަތް ކުރުމަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް އެހީތެރިވުމަށް ހުށަހަޅާފައެއް ނުވޭ،" ފޮރިން އޮފީހުގެ ތަރުޖަމާނެއް ރޮއިޓާރސް އަށް ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ތެރެއިން އެއް ޤައުމު ކަމަށް ވާ އާފްޣާނިސްތާނަކީ ވަރަށް ނުރައްކާތެރި ބިންހެލުންތައް އަންނަ ޤައުމެކެވެ. ޚާއްޞަކޮށް އިންޑިއަން އަދި ޔޫރޭޝިއަން ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ހިސާބު ކަމަށްވާ ހިންދޫކުޝް ފަރުބަދަ ސިލްސިލާ އަކީ ބިން ހިލެން އާންމުކޮށް ތަޖުރިބާ ކުރާ ސަރަހައްދެކެވެ.

މަސްދަރު: ޮރޮއިޓާރސް/ބީބީސީ

އަފްޣާނިސްތާންބިން ހެލުންއަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު