Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބޭރަށް 5.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް މަދުވެގެން 3 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ހުކުރު ދުވަހުގެ ހެނދުނު އައި މި ބިންހެލުމުގެ ސަބަބުން އިމާރާތްތަކުން ނުކުމެ މީހުން މަގުތަކަށް ޖަމާވެ، އިމާރާތްތަކުގެ ބައިތައް މަގުތަކަށް ވެއްޓި ރައްޔިތުންނަށް ބޮޑު ހާސްކަމެއް ކުރިމަތިވި.

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 10:24
ބާރުގަދަ ބިން ހެލުމެއްގެ އަސަރު ބަންގްލަދޭޝްގެ ވެރިރަށާއި އެތައް ޑިސްޓްރިކްޓްތަކަށް ވަނީ ކޮށްފައި

ބާރުގަދަ ބިން ހެލުމެއްގެ އަސަރު ބަންގްލަދޭޝްގެ ވެރިރަށާއި އެތައް ޑިސްޓްރިކްޓްތަކަށް ވަނީ ކޮށްފައި

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ އެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ބައިބޯ ވެރިރަށް ޑާކާ ގެ ބޭރަށް އައި ބިންހެލުމުގައި ބަޔަކު މަރުވި ކަން ކަށަވަރު ކުރެވިފައި ވާއިރު، އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

ވެރިރަށް ޑާކާގެ އިމާރާތްތަކަށް ލޮޅުމުގެ އަސަރު ކުރި އިރު އިމާރާތްތަކުން މީހުން ތައް ނިކުމެ މަގުތައް މަތި ތޮއްޖެހުނެވެ. އިމާރާތްތަކުނާއި ބްރިޖުތަކުގެ ބައިތައް ކަނޑައިގެން ގޮސް މަގުތަކަށް ވެއްޓޭ މަންޒަރު ސޯޝަލް މީޑިއާ ގައި ހާމަވެފައިވެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ، 5.5 މެގްނިޓިއުޑްގެ މި ބިންހެލުން އައިސްފައި ވަނީ، ޑާކާ އާ ގާތްގަނޑަކަށް 33 ކިލޯމީޓަރު (16 މޭލު) ދުރުގައިވާ ނަރްސިންގްދީ ސިޓީއާ ކައިރި އަށް، ހުކުރު ދުވަހު ހެނދުނު އެ ގައުމުގެ ގަޑިން 10:38 (04:38 ޖީއެމްޓީ) ގައި ކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނު އައި މި ބިންހެލުމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑު ހާސް ކަމެއް ކުރިމަތިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 170 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ، މުސްލިމް އަޣުލަބިއްޔަތު އޮންނަ މި ޤައުމުގެ ގިނަ މީހުން ބަންދު ދުވަހެއް ކަމުން ޙާދިސާ ހިނގި އިރު ތިބީ ގޭގައެވެ.

ޑާކާ ގައި ހަރަކާތްތެރިވާ އޭއެފްޕީ ގެ ރިޕޯޓަރުންނަށް، މަގުމަތީގައި މީހުން ރޯ މަންޒަރު ފެނުނު އިރު، ބައެއް މީހުން ތިބީ ސިހުމެއްގަ އެވެ.

ސިއްހަތާ ވުޒާރާއިން ބުނީ، މެޑިކަލް ދަރިވަރަކު ހިމެނޭގޮތަށް ތިން މީހަކު މަރުވި ކަމަށެވެ.

ޔޫއެސްޖީއެސް އިން ވަނީ، "މީހުންނަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް" ލިބިދާނެކަމުގެ އިންޒާރު ދީފައެވެ.

ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ބިންހެލުން 26 ސިކުންތަށް ދެމިގެން ދިޔައިރު، އޭގެ އެޕިސެންޓަރ ހުރީ ނަރްސިންގްދީ ގެ މަދަބްދީ އަވަށުގައެވެ. އަދި އެ އިދާރާ އިން ބުނީ ބިންހެލުމުގެ ބާރުމިން ހުރީ 5.7 މެގްނިޓިއުޑް ގައި ކަމަށެވެ.

މި ބިންހެލުމުގެ އެޕިސެންޓަރާ 325 ކިލޯމީޓަރަށްވުރެ ދުރުގައިވާ، އިންޑިއާގެ ކަލްކަތާ ސިޓީ އަށް ވެސް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

އެ ސިޓީގައި ތިބި އޭއެފްޕީގެ ރިޕޯޓަރުން ބުނިގޮތުގައި، ކުއްލިއަކަށް އައި ލޮޅުންތަކާ އެކު މީހުން އޮފީސްތަކުންނާއި ގެތަކުން ބޭރަށް ނިކުމެގެން ދުއްވައިގަތެވެ.

އިންޑިއާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ބަންގްލަދޭޝްބިން ހެލުންުުުުޔޫއެސް ޖިއޮލޮޖިކަލް ސަރވޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު