Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީފާސް

މިހާތަނަށް އައިއިރު އީފާސްއަށް 139،000 މީހުން ރަޖިސްޓްރީކޮށްފައިވޭ

ހުސްވި މަހު 894 މީހުން އަލަށް ރަޖިސްޓްރީކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ފެބުރުއަރީ 2023 | ބުދަ 08:23
އީފާސް ވެރިފައިކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި

އީފާސް ވެރިފައިކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި

މިހާތަނަށް އައިއިރު އީފާސްއަށް 139،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އީފާސް ޓުވިޓަރގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހުސްވި މަހު 894 މީހުން އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 440ށްވުރެ ގިނަ ޚިދުމަތް މި ޕޯޓަލްގެ ތެރެއިން ފޯރުކޮށްދީފައިވެއެވެ. މިހާތަނަށް 6.1 މިލިއަން ފަހަރު ޕޯޓަލްއަށް ލޮގިންވެ ޚިދުމަތް ހޯދާފައިވެއެވެ. މީގެ ތެރެއިން މިދިޔަ މަހު އެކަނިވެސް 138000 ފަހަރު ޚިދުމަތް ބޭނުންކޮށްފައިވެއެވެ. އީފާހުގައި 64 އެޕްލިކޭޝަނަކުން ޚިދުމަތް ދެމުން އަންނައިރު ޖެނުއަރީ މަހު 40 އެޕެއްގެ ޚިދުމަތް ހޯދާފައިވެއެވެ. މިދިޔަ މަސް ނިމުނު އިރު ޖޮބް ޕޯޓަލްގެ އެޕް 20،967 ފަހަރު ބޭނުންކޮށްފައިވެއެވެ.

އީފާސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ހުސްވި ޖެނުއަރީ މަހު ބިޒްނަސް ޕޯޓަލްއިން 20،967 ފަހަރު ވަނީ ޚިދުމަތް ހޯދާފައެވެ. އަދި ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދޭ "ވިއުގާ އޮންލައިން" އެޕްއިން 20،808 ފަހަރު ޚިދުމަތް ހޯދާފައިވާއިރު ހުޅުމާލެ އެޕް 13394 ފަހަރު ޚިދުމަތް ހޯދިއެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލްއިން 3،024 ފަހަރު ޚިދުމަތް ހޯދާފައިވާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އެޕްލިކޭޝަން "ދިރިތި" އެޕްއިން 2،874 ފަހަރު ޚިދުމަތް ހޯދާފައިވެއެވެ. މީގެ އިތުރަށް އެހެނިހެން އެޕްތަކުން 16،358 ފަހަރު ޚިދުމަތް ހޯދާފައިވެއެވެ.

2012 ވަނަ އަހަރު ބޭނުންކުރަން ފެށި މި ޚިދުމަތަށް 10 އަހަރު މިވަނީ ވެފައެވެ. މި ޚިދުމަތަށް މީގެ ކުރިން ނުގެންނަހާ ބޮޑެތި ކުރިއެރުންތައް ވޭތުވެދިޔަ 4 އަހަރުތެރޭގައި ވަނީ ގެނެސްފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދައުލަތުގެ މުއައްސަސާތަކުގެ އޮފީސްތަކަށް ހާޒިރުވެގެން ހޯދަންޖެހޭ އެތައް ޚިދުމަތެއް މިހާރު އީފާސް ނިޒާމުގެ ތެރެއިން ދޭން ފެށުމެވެ.

އީފާސްއަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. މިއީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

އީފާސް

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
11 އޯގަސްޓު 2023

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި
06 ފެބުރުއަރީ 2023

އީފާސްއަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު 137،000ށް

06 ފެބުރުއަރީ 2023
އީފާސްއަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު 137،000ށް
26 ޖޫން 2017

އީދު ބަންދާ ދިމާކޮށް މިހާތަނަށް 84 އުޅަނދު ޗެކްކޮށްފި

26 ޖޫން 2017
އީދު ބަންދާ ދިމާކޮށް މިހާތަނަށް 84 އުޅަނދު ޗެކްކޮށްފި
24 ޖޫން 2017

މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި

24 ޖޫން 2017
މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
11 ޖޫން 2017

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު