Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބު

އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ޕީޕީއެމް ޕީޖީ ގުރޫޕަށް ކޮށްދެވޭނެ ކަމެއް ނެތް: ނިހާން

1 ޖުލައި 2017 | ހޮނިހިރު 12:59

ބަންދުގައި ތިބޭ މީހުންގެ މައްސަލައަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕާ ގުޅުންހުރި މައްސަލަ އެއް ނޫން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 1 ޖުލައި 2017 | ހޮނިހިރު 12:59
އަހުމަދު ނިހާން ހުސެން މަނިކް

އަހުމަދު ނިހާން ހުސެން މަނިކް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ދަށްވަމުންދާތީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ބައްދަލުކުރުމަށް އާއިލާގެ ފަރާތުން ހުށަހަޅާފައި ވީނަވެސް އަދީބުގެ ބޭސްފަރުވާގެ ކަންތަކުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވައިގެން ގެންނަން ޖެހޭ ބަދަލެއް ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.

އަދީބުގެ އާއިލާގެ ފަރާތުން ޕީޕީއެމްގެ ޕީޖީ ގުރޫޕަށް ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕަށް އެޑްރެސްކޮށްފައިވާ ސިޓީ އެ ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި އެދިފައިވާ ކަންތައްތަކަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ދޭނެ އިތުރު ޖަވާބެއް ނެތް ކަމަށެެވެ.

Advertisement - newsAdvertisement

ނިހާން ވިދާޅުވީ އަދީބުގެ މައްސަލައަކީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އެހެން ކަމުން އެއްވެސް މީހެއްގެ ޝަރީޢަތާ ގުޅުން ހުރި ކަމެއް ނުވަތަ އެއްވެސް މީހެއްގެ ތަހުގީގަކާ ގުޅުން ހުރި މައްސަލަ އެއް ނުވަތަ ހުކުމް ތަންފީޒް ކުރަމުންދާ މީހަކާ ގުޅޭ މައްސަލައަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕާ ގުޅުން ހުރި މައްސަލަ އެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އަދީބުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓރީ ގުރޫޕަށް ފޮނުވާފައިވާ ސިޓީގައިވާ ކަންތައްތަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕާ ގުޅިގެން ހިންގޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ނިހާން ވިދާޅުވީ އަދީބުގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވާ ކަންތައްތަކަކީ އަދީބުގެ ބޭސްފަރުވާއާ ގުޅުންހުރި ކަންތައްތައް ކަމަށާއި އެކަމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ނިންމާނީ ހޯމްމިނިސްޓްރީންނާއި ކަރެކްޝަނަސް އިން ކަމަށެވެ. އޭގެ އިތުރަށް ބަންދުގައި ތިބޭ މީހުންގެ ކަންތައްތަކާ ގުޅޭ ގޮތުން އަމަލު ކުރާނެ އުސޫލްތައް ބަޔާންކޮށް ކްލެމެންސީ ގާނޫނެއް ފާސްކޮށް ސިސްޓަމެއް ގާއިމްކޮށްދީފައިވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

އަދީބުގެ މަންމަ، ޝަހީމާ މުހައްމަދު، ޕީޕީއެމްގެ ޕާލިމެންޓް=ރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް އައިއިރު އެމަނިކުފާނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް ހުރުމާއި ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ ގްލޮކޮމާޖެހިފައިވާ ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އަދީބުގެ މަންމަގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިކަމާ ގުޅިގެން އާއިލާއިން މިހާރު ވާނީ އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބޭސްފަރުވާގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް މިހުރިހާ ކަމެއް ގެނެސްފަ އެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނޭ ކަމަށް އަންގަވާފައެއް ނުވެ އެވެ،" ސިޓީގައިވެ އެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ދިވެހިރާއްޖެއިން ފަރުވާ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ މަންމަ ވިދާޅުވެފައިވެ އެވެ. ޑޮކްޓަރުން މިގޮތަށް ލަފާދެއްވާފައިވާ ކަން އެނގޭނެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުރި ނަމަވެސް އެއްވެސް ލިޔުމެއް އާއިލާއަށް ދޫކޮށްފައި ނެތް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބުގެ ސިއްހީ ހާލަތު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާ ހިއްސާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އަދީބުގެ މަންމަ އާއި ބައްޕަ އަދި އަނބިކަނބަލުން މަރިޔަމް ނަސްވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވީމާ އަޅުގަނޑުގެ ދަރިފުޅާ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނާ އޮތް ނުހަނު ގާތް ގުޅުމަށް ބައްލަވައި މި ބައްދަލުވުން ހަމަޖައްދަވައި އަޅުގަނޑުމެންގެ ކަންބޮޑޫވުންތައް ހިއްސާކޮށްލެވުމަށް ފުރުސަތު ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް