Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

ނާޒިމް މިނިވަން ނުކޮށްފި ނަމަ ވޯޓް ދޭނީ މަސީހް ބޭރުކުރަން: މެމްބަރު ލަތީފް

1 ޖުލައި 2017 | ހޮނިހިރު 12:53

ނާޒިމުގެ ކުށެއް ނެތް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 ޖުލައި 2017 | ހޮނިހިރު 12:53
ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު

ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލައިގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓް ދެއްވާނީ، ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރައްވައިފި ނަމަ، ނުވަތަ ލުޔެއް ދެއްވުމުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށްލާފައި ވަނީ ހައްގުނޫން އަދަބެއް ދީ ފްރޭމްކޮށްފައިކަން މިހާރު އެއޮތީ އެނގިހާމަވެފައި ކަމަށެވެ. އޭނާގެ ކުށެއް ނެތްކަން މިހާރު އެ އޮތީ ހުރިހާ ދިވެހި ރައްޔިތުނަށްވެސް އެނގި ހާމަވެފައި ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އެހެންކަމުން ދިވެހިން އެދޭގޮތަށް އަދި އޭނާވެސް އެދޭގޮތަށް ކާނަލް ނާޒިމް މިނިވަންކޮށް ދޫކޮށްލުމުން ނުވަތަ ނާޒިމަށް ލުޔެއް ދިނުމުން ނޫނީ، މަސީހުގެ އިތުބާރުގެ މައްސަލައިގައި ސަރުކާރުން ބޭނުންވާ ގޮތަށް އޭނާގެ ވޯޓް ނުލިބޭނެ،" ލަތީފް ވިދާޅުވިއެވެ.

"އެ ނޫން ގޮތެއް ނޯންނާނެ."

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެއިން ފެނު ފިސްތޯލައާއި ނާޒިމާ އެއްވެސް ގުޅުމެއް ނެތްކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވަނީ، ޖޫން 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.

މި ވަގުތު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވުމަށެވެ. އެ ސިޓީގައި ވަނީ އެކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އޮޅުން ފިލުވައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އަދީބު ވިދާޅުވެފައި ވަނީ އެ ތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫންކަން އަދި އެތަކެއްޗާ ބެހޭ މައުލޫމާތު ނާޒިމަށް އެއްވެސް އިރެއްގައި އެނގިވަޑައިގެންފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ލަތީފު މިފަދަ ވާހަކަފުޅެއް ވިދާޅުވެފައިމިވަނީ މަޖިލީހުގެ ރައީސް މަސީހު ބޭރުކުރުމަށް ނަގަން ޖެހޭވޯޓަށް އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް