Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ރޮނާލްޑޯ އަލް ނަޞްރަށް އައި ފަހުން ކަންކަން އުނދަގޫ: ގުސްޓާވޯ

8 ފެބުރުއަރީ 2023 | ބުދަ 02:28

އޭނާ ބުނީ ރޮނާލްޑޯ އަލް ނަޞްރުގައި ހުރުމުގެ ސަބަބުން، އިދިކޮޅު ޓީމުތަކުން އެ ކުލަބަށް މާ ބޮޑަށް ޓާގެޓު ކުރަމުން އަންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2023 | ބުދަ 02:28
އަލް ނަޞްރަށް ކުޅެމުން އަންނަ ގުސްޓާވޯ

އަލް ނަޞްރަށް ކުޅެމުން އަންނަ ގުސްޓާވޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވި ފަހުން ކަންކަން ވަރަށް އުނދަގޫވެފައިވާ ކަމަށް އެ ކުލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ލުއިޒް ގުސްޓާވޯ ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ މިދިޔަ އަހަރުގެ ފަހު ކޮޅު އެވެ. އެއީ އެ ކުލަބުގެ ވެރިންނާ ރޮނާލްޑޯއާ ޖެހުނު މައްސަލައެއްގަ އެވެ. ބޮޑު މުސާރައަކަށް ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީއިރު، އޭނާ އަކީ މިހާރު އެ ޓީމުގެ ކެޕްޓަން އެވެ. ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރަށް ރޮނާލްޑޯ ވަނީ މިހާތަނަށް ތިން މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. ގުސްޓާވޯ ބުނީ ރޮނާލްޑޯ ޓީމާ ގުޅުނު ފަހުން އޭނާ އާއި ކުލަބުގެ ބައެއް އެހެން ކުޅުންތެރިންނަށް ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ރޮނާލްޑޯ އަލް ނަޞްރުގައި ހުރުމުގެ ސަބަބުން، އިދިކޮޅު ޓީމުތަކުން އެ ކުލަބަށް މާ ބޮޑަށް ޓާގެޓު ކުރަމުން އަންނަ ކަމަށެވެ. އަދި ރޮނާލްޑޯ އެހެން އެންމެނަށް އިތުރު ހިތްވަރެއް ދޭ ކަމަށް ވެސް ގުސްޓާވޯ ބުންޏެވެ.

ރޮނާލްޑޯ އަލް ނަޞްރަށް ސޮއި ކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އޭނާގެ އެއްބަސްވުމުގެ އަގު 213 މިލިއަން ޑޮރަލަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮނާލްޑޯ އަކީ ސައޫދީ ލީގުގައި ކުޅޭނެ އެންމެ ޓޮޕް އެތުލީޓެވެ. އަލް ނަސްރުން ދެކެނީ ރޮނާލްޑޯ އެކްލަބަށް ސޮއިކުރުމަކީ ފުޓްބޯޅަ ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އަދި އެއީ އެކުލަބާއި, އެގައުމާއި, އެގައުމުގެ އަންނަން އޮތް ޖީލުތަކަށްވެސް ނަމޫނާއެއްކަމަށް އެ ކުލަބުން ބުނެފައިވެ އެވެ.

އައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯގުސްޓާވޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް