Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤަތަރު ފުޓުބޯޅަ ޓީމު

ޤަތަރުގެ ކޯޗަކަށް ކުއިރޯޒް ހަމަޖައްސައިފި

ޤަތަރުގެ ކޯޗުކަމަށް ކުއިރޯޒް ހަމަޖެއްސީ 2026 ވަނަ އަހަރުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ފެބުރުއަރީ 2023 | އަންގާރަ 05:59
ޤަތަރުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ކުއިރޯޒް

ޤަތަރުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ކުއިރޯޒް

ޤަތަރުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ކާލޯސް ކުއިރޯޒް ހަމަޖައްސައިފި އެވެ.

ޤަތަރުގެ ކޯޗަކަށް ކުއިރޯޒް ހަމަޖެއްސިއިރު، އޭނާ އެންމެ ފަހުން ހުރީ އީރާންގެ ޤައުމީ ޓީމުގެ ކޯޗަކަށެވެ. މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި އޭނާ ވަނީ އީރާނަށް އިރުޝާދު ދީފަ އެވެ. މުބާރާތުން އީރާން ކަޓާފައި ވަނީ ގްރޫޕް ސްޓޭޖުންނެވެ. އެ މުބާރާތަށްފަހު ކުއިރޯޒް ވަނީ އީރާން ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވެފަ އެވެ. ޤަތަރުން މިދިޔަ އަހަރު އޮތް ވޯލްޑް ކަޕް ހޯސްޓު ކުރި އިރު އެ ޤައުމުގެ ކޯޗަކަށް ހުރީ ފެލިކްސް ސަންޗޭޒް އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޤަތަރު ކެޓުމާއެކު، ކޯޗުކަމުން އޭނާ ވަކިކޮށް އެ މަޤާމަށް އެހެން މީހަކު ގެންނާނެ ކަމުގެ އަޑުތައް ވެސް ފަތުރުނެވެ. ޤަތަރުން މިހާރު ވަނީ އެ ޤައުމުގެ ކޯޗަކަށް ކުއިރޯޒް ހަމަޖައްސައި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އަމާޒު ހިފައިފަ އެވެ.

ޤަތަރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ހޯމަ ދުވަހު ބުނީ، ރަސްމީކޮށް އެ ޤައުމުގެ ކޯޗުކަމަށް ކުއިރޯޒް ހަމަޖައްސާފައިވާނެ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނީ ކުއިރޯޒް ކޯޗުކަމަށް ހަމަޖައްސާފައި ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ. މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ ކުއިރޯޒަކީ އޭޝިއާގެ ފުޓުބޯޅަ ދަންނަ، މޮޅު ކޯޗެއް ކަމަށާއި، އޭނާއާއެކު ޤަތަރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ. ޤަތަރުން އެ އަހަރު އޮންނަ މުބާރާތަށް ކޮލިފައިވެއްޖެ ނަމަ، އެއީ ކުއިރޯޒްގެ ފަސް ވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ކުއިރޯޒް ވަނީ އޭނާގެ އަމިއްލަ ޤައުމު ޕޯޗުގަލަށް އިރުޝާދު ދީފަ އެވެ. އޭގެ ފަހުން 2014، 2018 އަދި 2022 ގެ ވޯލްޑް ކަޕްގައި ވަނީ އީރާނަށް އިރުޝާދު ދީފަ އެވެ. އުމުރުން 69 އަހަރުގެ ކުއިރޯޒް އަކީ ކުލަބް ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ކޯޗެކެވެ.

ގަތަރުކުއިރޯޒް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު