Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީއާއި ސީރިޔާއަށް ބިންހެލުމެއް

ތުރުކީއާއި ސީރިޔާއަށް ބާރުގަދަ ބިންހެލުމެއް، މަރުވި މީހުންގެ އަދަދު 200ން މައްޗަށް

6 ފެބުރުއަރީ 2023 | ހޯމަ 07:03

ބިމާހަމަވެފައިވާ އިމާރަތްތަކުން މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2023 | ހޯމަ 07:03
ތުރުކީއާއި ސީރިއާ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައުން

ތުރުކީއާއި ސީރިއާ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައުން

ތުރުކީއާއި ސީރިއާ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުމުގައި މިހާތަނަށް 200ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ހޯމަ ދުވަހު މި ބިންހެލުން އައިސްފައިވަނީ މެދުތެރޭ ތުރުކީއަށާއި ސީރިއާގެ ހުޅަނގު އުތުރު ސަރަޙައްދަށެވެ. 7.9 މެގްނިޓިއުޑްގެ ބާރުގަދަ މި ބިންހެލުމުގެ އަސަރު ކައިރި އެކި ޤައުމުތަކަށް ވެސް ކޮށްފައިވާކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ސައިޕްރަސްއާއި ލުބުނާނަށް ވެސް މި ބިންހެލުމުގެ އަސަރު ކޮށްފަައިވެއެވެ. ބައެެއް އާންމުން ވަނީ ފާއިތުވި 40 ހަކަށް އަހަރުގެ ތެރޭގައި ވެސް މިފަދަ ބާރުގަދަ ބިންހެލުމެއް ތަޖުރިބާ ކޮށްފައިނުވާކަމަށް ރޮއިޓަރސްއަށް މައުލޫމާތު ދީފައެވެ.

ތުރުކީން ވެސް މަރުވި މީހުންގެ އަދަދު 100ން މަތިވެފައިވާއިރު، އަނިޔާވި މީހުންގެ އަދަދު ވަނީ 400ން މައްޗަށް ގޮސްފައެވެ. އެތައް އިމާރާތެއް ވެސް ބިމާ ހަމަވެފައިވާއިރު، އެ ޤައުމުގެ ކާރިސާއާބެހޭ އިދާރާއިން ވަނީ ލެވެލް 4 ގެ އިންޒާރު ވެސް ނެރެފައެވެ. އެގޮތުން އެ އިންޒާރަކީ ބައިނަލްއަޤުވާމީ ޤައުމުތަކުގެ އެހީއަށް އެދޭ ޙާލަތުގައި އޮންނައިރު ނެރޭ އިންޒާރެކެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ޕްރޮވިންސްތަކުގެ ގަވަރުނަރުންނާ ފޯނުން ގުޅުއްވައި ޙާލަތު އޮޅުންފިލުއްވާފައެވެ.

ސީރިއާއިން ވެސް މަރުވި މީހުންގެ އަދަދު 100ން މައްޗަށް ގޮސްފައިވާއިރު، އެ ދެ ޤައުމުން ވެސް ބިމާހަމަވެފައިވާ އިމާރަތްތަކުން މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ތުރުކީއާއި ސީރިއާގެ ޙާލަތު ގާތުން ބަލަމުންދާނެކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ ޖޭކް ސަލިވަން ވަނީ އެ ދެ ޤައުމުގެ ޙާލަތު ގާތުން މޮނީޓަރު ކުރައްވާނެ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ތުރުކީސީރިޔާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 އޮކްޓޯބަރު 2025

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި
22 ސެޕްޓެމްބަރު 2025

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

22 ސެޕްޓެމްބަރު 2025
60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
03 ސެޕްޓެމްބަރު 2025

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

03 ސެޕްޓެމްބަރު 2025
ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް