Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

މަޔޯކާ މެޗު ހީކުރި ގޮތަށް ވަރަށް އުނދަގޫވި: އަންޗެލޮޓީ

6 ފެބުރުއަރީ 2023 | ހޯމަ 03:11

އޭނާ ބުނީ ރެއާލަަށް މެޗުގައި ކޮންޓްރޯލް ނަގައިގެން ކުރިއަށް ދެވޭނެ ނަސީބު ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ފެބުރުއަރީ 2023 | ހޯމަ 03:11
ރެއާލްގެ ކޯޗު އަންޗެލޮޓީ

ރެއާލްގެ ކޯޗު އަންޗެލޮޓީ

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު ހީ ކުރި ވަރަށް އުނދަގޫވި ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ މަޔޯކާ އަތުން ބަލިވެ، އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ހުރި ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މެޗަށްފަހު އޭނާ ބުނީ މަޔޯކާ މެޗު ވަރަށް އުނދަގޫވި ކަމަށެވެ. އަންޗެލޮޓީ ބުނީ މެޗުގައި ރެއާލް އިން ކުޅުނު ކުޅުމަށް ބަލާއިރު ވެސް އެކަން ފާހަގަވާނެ ކަމަށާއި، ކުރިން ވެސް އޭނާ ބުނި ގޮތަށް މަޔޯކާ އަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށެވެ. އަދި ރެއާލަަށް މެޗުގައި ކޮންޓްރޯލް ނަގައިގެން ކުރިއަށް ދެވޭނެ ނަސީބު ނެތް ކަމަށެވެ. އޭނާ ބުނީ މެޗުގައި ރެއާލުން ލަނޑު ޖެހުމަށް ކުރި އެތައް މަސައްކަތެއް މަޔޯކާ އިން ހުއްޓުވީ ކަމަށާއި، ބޯޅައާއެކު ވެސް ރެއާލަށް ގޯސްތަކެއް ހެދުނު ކަމަށެވެ. މީގެއިތުރުން މެޗުގައި ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ނުހިފުނު ކަމަށެވެ. އޭނާ ބުނީ ރެއާލްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް، އެކަން އެންމެ ރަނގަޅަށް ނުދިޔައީ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ގާތް ގާތުގައި މެޗު ކުޅެން ޖެހުމުން ކުޅުންތެރިންނަށް ވެސް ވަރުބަލިކަން އިހުސާސްވި ކަމަށެވެ. މެޗުގެ ކުރިން ވެސް އޭނާ ވަނީ އަރާމު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނުލިބުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަންޗެލޮޓީ ބުނީ މަޔޯކާ މެޗު ނިމުނީ ކަމަށާއި، ދެން ފޯކަސް ބަހައްޓާނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ. އަދި އަނިޔާގެ މައްސަލަތަކެއް އުޅުނު ނަމަވެސް، ރެއާލްގެ ސްކޮޑާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ ރެއާލްގެ ކުޅުންތެރިންނަށް އިތުބާރު އޮންނަ ކަމަށާއި، ކާމިޔާބަށް ވާސިލްވެވޭނެ ކަމުގެ އުންމީދު ވެސް އޮތް ކަމަށެވެ.

ރެއާލަށް ކުރިއަށް ދެން އޮތީ ފީފާ ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެވެ. މި މަހުގެ ނުވަ ވަނަ ދުވަހު އެ ޓީމު ނުކުންނާނީ އަލް އަހްލީއާ ދެކޮޅަށެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް