Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

މެސީގެ ލަނޑާއެކު ޓޫލަސް ބަލިކޮށް ޕީއެސްޖީ އެއް ވަނައިގައި ހަމަޖެހިލައިފި

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2023 | އާދީއްތަ 02:41
ޓޫލަސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި މެސީ

ޓޫލަސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި މެސީ

ފްރާންސް ލީގުގައި ޓޫލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗަށް ޕީއެސްޖީ ކުރިމަތިލީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާާޕޭ ނުލަ އެވެ. އަނިޔާގެ ސަބަބުން އެމްބާޕޭ އަށް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. މީގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާ އާއި ޑިފެންޑަރު ސާޖިއޯ ރާމޯސް ވެސް އަނިޔާގެ ސަބަބުން މެޗުގައި ކުޅެފައެއް ނުވެ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޓޫލަސް އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރަންކޯ ވެން ޑެން ބޫމަން އެވެ. ނަމަވެސް ޕީއެސްޖީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޕީއެސްޖީ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. އެއީ ކާލޮސް ސޮލާގެ އެހީތެރިކަމާއެކު ހަކީމީ ޖެހި ލަނޑެކެވެ. މެޗުގައި ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ދެ ވަނަ ހާފުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އެއީ ދެ ވަނަ ހާފުގެ 58 ވަނަ މިނެޓުގައި ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ޖެހި ލަނޑެކެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއް ވަނައިގައި އޮތީ ކުޅުނު 22 މެޗުން 54 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ވާދަވެރި މާސޭ އޮތީ ޕީއެސްޖީ އަށް ވުރެ މެޗެއް މަދުން ކުޅެގެން 46 ޕޮއިންޓާއެކު އެވެ.

ފްރެންޗް ލީގުޕީއެސްޖީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު