Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ކަންސޭލޯ ހޯދުމަށް ލިބުނު ފުރުސަތު ރެއާލުން ދޫކޮށްލީ

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓޯ އާއި ކުލަބުގެ ވެރިން ވެސް އެ ޓީމުގައި މިހާރު އޮތް ސްކޮޑާމެދު ހިތްހަމަޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2023 | އާދީއްތަ 02:36
ޕޯޗުގަލްގެ ޑިފެންޑަރު ކަންސޭލޯ

ޕޯޗުގަލްގެ ޑިފެންޑަރު ކަންސޭލޯ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޑިފެންޑަރު ޔާއޯ ކަންސޭލޯ ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، ސްޕެއިންގެ ރެއާލް މެޑްރިޑުން އެ ފުރުސަތު ދޫކޮށްލީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރެއާލްގެ ޑިފެންސްގައި ހިމެނޭ ބައެއް ކުޅުންތެރިން އަނިޔާވުމާ ގުޅިގެން، އެކަމުގެ ބަދަލެއްގެ ގޮތުގައި ކަންސޭލޯ ހޯދުމުގެ ފުރުސަތު އެ ކުލަބަށް ލިބުނެވެ. ރެއާލްގެ ފަހަތަށް ކުޅެމުން އަންނަ ޑޭވިޑް އަލަބާ ވަނީ މަސްދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ދާދި ފަހުން ފާލަންޑް މެންޑީ އަށް ވެސް ވަނީ އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އޭނާ ގާތްގަނޑަކަށް ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އެންމެ ފަހުން ރެއާލުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޑާ މިލިޓާއޯ އަށް ވެސް ވަނީ މަސްގަނޑުގެ އަނިޔާއެއްވެފަ އެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ރެއާލުން ކަންސޭލޯގެ ސޮއި ހޯދުމަށް ލިބުނު ފުރުސަތު ދޫކޮށްލީ އެވެ. ސަބަބަކީ ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓޯ އާއި ކުލަބުގެ ވެރިން ވެސް އެ ޓީމުގައި މިހާރު އޮތް ސްކޮޑާމެދު ހިތްހަމަޖެހޭތީ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. މީގެ އިތުރުން އެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާމެދު ކޯޗުގެ އިތުބާރު އޮތުމާއި، އެ ކުޅުންތެރިންނާއެކު ރެއާލަށް ކާމިޔާބަށް ވާސިލްވެވޭނެ ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ ކުރިން ރެއާލްގެ ކޯޗު އަންޗެލޮޓީ ވަނީ ޖަނަވަރީ ޓްރާންސްފާގައި ރެއާލް އިން އެއްވެސް ކުޅުންތެރިޔަކު ނުހޯދާނެ ކަމަށް ވެސް އެތައް ފަހަރަކު ބުނެފަ އެވެ.

ސިޓީ ދޫކޮށް ކަންސޭލޯ ބަޔާން މިއުނިކަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ އެނބުރި ސިޓީ އަށް ދާނެ އެވެ.

ރެއާލް މެޑްރިޑްކަންސޭލޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު