Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްއެސްއެމްއިން ފެލިވަރުން ތެޔޮ ވިއްކުން

އެފް.އެސް.އެމް.އިން ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

މިފްކޯގެ ސައިޓްތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ފެބުރުއަރީ 2023 | ހޮނިހިރު 16:34
އެފް.އެސް.އެމް.އިން ފެލިވަރުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެފް.އެސް.އެމް.އިން ފެލިވަރުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފް.އެސް.އެމް) އިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެފް.އެސް.އެމް.އިން މިފްކޯގެ ސައިޓްތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މިއެއްބަސްވުމުގެ ދަށުން ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް ތެޔޮ ވިއްކަން މިދިޔަ މަހު ވަނީ ފަށާފައެވެ.

މަސްވެރިންނަށް ފެލިވަރުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިޔުމާއެކު އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ އެފް.އެސް.އެމް އަށް ހިދުމަތް ކުރަން ފެއްޓިތާ 4 އަހަރު ފުރުނު ދުވަހު މިފްކޯ ފެލިވަރު ގައި އެފް.އެސް.އެމް ގެ ހިދުމަތް ފެއްޓިގެން ދިއުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށެވެ.

މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފް.އެސް.އެމްއާއި ޙަވާލުކުރީ ދަތިކަމެއްނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް ތެޔޮ އަބަދުވެސް ލިބޭނޭކަމުގެ ޔަޤީންކަންދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަންޖެހުމުން މަސް ވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ. މި ބަދަލާއެކު ހުރިހާ ދޯނިތަކުން އެފް.އެސް.އެމްއާއި އެކީގައި ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށާއި، އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދޯނި ފަހަރަށް އެފް.އެސް.އެމްއިން ކްރެޑިޓް ދޭނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

އަދި މިއާއެކު މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކުރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަން ޖެހޭ ފައިސާ ސީދާ އެފް.އެސް.އެމްއަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

އެފްއެސްއެމްޅ.ފެލިވަރު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
21 އޯގަސްޓު 2025

އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި

21 އޯގަސްޓު 2025
އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި
04 ފެބުރުއަރީ 2025

މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ

04 ފެބުރުއަރީ 2025
މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ
08 ޑިސެމްބަރު 2023

އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

08 ޑިސެމްބަރު 2023
އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި
01 ޑިސެމްބަރު 2023

އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި

01 ޑިސެމްބަރު 2023
އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި
25 އޮކްޓޯބަރު 2023

ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް

25 އޮކްޓޯބަރު 2023
ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް
24 އޮކްޓޯބަރު 2023

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

24 އޮކްޓޯބަރު 2023
އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ
23 އޮކްޓޯބަރު 2023

މުހިންމު ލިޔުންތަކެއް ނައްތާލިކަމަށް ކުރާ ތުހުމަތުތަކަށް އެފްއެސްއެމްއިން އިންކާރުކޮށްފި

23 އޮކްޓޯބަރު 2023
މުހިންމު ލިޔުންތަކެއް ނައްތާލިކަމަށް ކުރާ ތުހުމަތުތަކަށް އެފްއެސްއެމްއިން އިންކާރުކޮށްފި
24 ޖޫން 2022

ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާއަށް ބޮޑުކޮށްފި

24 ޖޫން 2022
ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާއަށް ބޮޑުކޮށްފި
28 މާރިޗު 2022

ހުޅުމާލެ އިޒީފިލް 3ން ރޯދަ މަހު 24 ގަޑިއިރު ޚިދުމަތްދޭނެ

28 މާރިޗު 2022
ހުޅުމާލެ އިޒީފިލް 3ން ރޯދަ މަހު 24 ގަޑިއިރު ޚިދުމަތްދޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް