Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަންސޭލޯ

ކަންސޭލޯ ބޭނުންވަނީ ކޮންމެ މެޗެއްގައި ކުޅެން، ބަޔާންގައި އެކަން ވާނެ: ގާޑިއޯލާ

ގާޑިއޯލާ ބުނީ ކަންސޭލޯއާ މެދު ދެރަ ބަހެއް ބުނަން ބޭނުންނުވާ ކަމަށާއި، އޭނާގެ މަސައްކަތާއި، ހުނަރާއި، ފުޓުބޯޅަ އަށް އޮންނަ ޝައުޤު ބޮޑު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2023 | އާދީއްތަ 02:20
ސިޓީގެ ކޯޗު ގާޑިއޯލާ އަދި ކަންސޭލޯ

ސިޓީގެ ކޯޗު ގާޑިއޯލާ އަދި ކަންސޭލޯ

މެންޗެސްޓަރ ސިޓީ ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވި ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ބޭނުންވަނީ ކޮންމެ މެޗެއްގައި ކުޅުމަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ ސިޓީ ދޫކޮށް، ލޯނު އެއްބަސްވުމެއްގެ ދަށުން ކަންސޭލޯ ބަޔާނަށް ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނީ ކަންސޭލޯ އަކީ ކުޅެން ބޭނުންވާ ކުޅުންތެރިޔެެއް ކަމަށާއި، ކަންސޭލޯ އުފާވަނީ ކޮންމެ މެޗެއްގައި ކުޅެވެމުން ކަމަށެވެ. ޚާއްސަކޮށް ވާދަވެރި މެޗުތަކުގައި ކަންސޭލޯ ކުޅެން ބޭނުންވާނެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ ބަޔާންގައި ކަންސޭލޯ އަށް އެ ފުރުސަތު ލިބޭނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ. މި ސީޒަނަށްފަހު ބަޔާނާއެކު ކަންސޭލޯ ހެދި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ގާޑިއޯލާ ބުނީ އަންނަ ސީޒަނުގައި ކަންސޭލޯ އަށް ވާނެ ގޮތެއް ބުނަން އޭނާ އަށް ނޭންގޭ ކަމަށެވެ. ގާޑިއޯލާ ބުނީ ކަންސޭލޯއާ މެދު ދެރަ ބަހެއް ބުނަން ބޭނުންނުވާ ކަމަށާއި، އޭނާގެ މަސައްކަތާއި، ހުނަރާއި، ފުޓުބޯޅަ އަށް އޮންނަ ޝައުޤު ބޮޑު ކަމަށެވެ.

ކަންސޭލޯ ބަޔާނަށް ގެންދިޔުމަށް އެ ކުލަބުން 70 މިލިއަން ޔޫރޯ ޚަރަދަކުރި އެވެ. ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭ މާއްދާ ވަނީ އެއްބަސްވުމުގައި ނުހިމަނާން ނިންމައިފަ އެވެ. ބަޔާންއާއެކު ކަންސޭލޯ ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަން ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޔުވެންޓަސް ދޫކޮށް ކަންސޭލޯ މެންޗެސްޓަރ ސިޓީ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ސިޓީ އަށް މިހާތަނަށް ކުޅެދިން 154 މެޗުގައި ކަންސޭލޯ ވަނީ 10 ލަނޑު ވެސް ޖަހައިފަ އެވެ. ނަމަވެސް މި ސީޒަނުގައި އޭނާ އަށް ފުރުސަތު ލިބެނީ މަދު މެޗުތަކެއްގަ އެވެ. ސިޓީއާއެކު ކަންސޭލޯ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ދެ ޕްރިމިއާ ލީގާއި އެއް ކަރަބޯ ކަޕެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު