Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ސްޕައި ބެލޫން

ޗައިނާއިން ދޫކޮށްފައިވާ ސްޕައި ބެލޫންއެއް އެމެރިކާ މަތިން ދަތުރުކުރަނީ

3 ފެބުރުއަރީ 2023 | ހުކުރު 13:14

ބެލޫން ވައްޓާ ނުލުމަށް އަމުރު އައިސްފައި ވީނަމަވެސް ދިމާވެދާނެ ކުއްލި ހާލަތަކަށް ޓަކައި އެމެރިކާ ސަރުކާރުން ފައިޓަރ ޖެޓްތައް ތައްޔާރީ ހާލަތަށް ގެނެސްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 ފެބުރުއަރީ 2023 | ހުކުރު 13:14
އެމެރިކާ މަތިން ދަތުރު ކުރަމުންދާ ސްޕައި ބެލޫން

އެމެރިކާ މަތިން ދަތުރު ކުރަމުންދާ ސްޕައި ބެލޫން

ޗައިނާއިން ދޫކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ، ސްޕައި ކުރުމަށް ނުވަތަ ސަރވެއިލަންސް މަސައްކަތުގައި ބޭނުންކުރާ ބޮޑު ބެލޫންއެއް އެމެރިކާގެ ބައެއް ސަރަހައްދުތަކުގެ މަތިން ދަތުރުކުރަމުންދަނިކޮށް ފެނުމާއި ގުޅިގެން އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއަށް ފާރަލާން ފަށައިފިއެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުން ވިދާޅުވި ގޮތުގައި ވަރަށް މަތިން ދަތުރު ކުރާގޮތަށް އުފައްދާފައިވާ މި ބެލޫން ދޫކޮށްފައިވަނީ ޗައިނާއިން ކަމާމެދު ޝައްކެއް ނެތެވެ. ބެލޫން އެންމެ ފަހުން ފެނިފައިވަނީ އެމެރިކާގެ ހުޅަނގުފަޅީގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާގެ މަތިން ދަތުރު ކުރަމުން ދަނިކޮށެވެ. އެމެރިކާގެ އޮފިޝަލުން ވަނީ ބެލޫން ވައްޓާނުލުމަށް ނިންމާފައެވެ. އެއީ ބެލޫން ހަލާކުވެގެން ފައިބާ ބައިތަކުގެ ސަބަބުން ބަޔަކަށް ގެއްލުމެއް ވެދާނެތީ އެވެ.

މިކަމާ ގުޅިގެން ޗައިނާއިން ބުނެފައިވަނީ ހަގީގަތް "ވެރިފައި" ވަންދެން ހަމަ އެކަނި ހީއަކަށް ފާޑުފާޑު ވާހަކަ ދައްކާ މައްސަލަ ހޫނު ނުކުރުމަށް އެދޭ ކަމުގައެވެ.

ހަމަ މިފަދަ ބެލޫންއެއް ކެނަޑާ މަތިން ވެސް ފެނިފައިވާ ކަމަށް އެގައުމުން ވެސް ހުކުރު ދުވަހު ބުނެފައިވެއެވެ. މިއީ އޭގެ ދެވަނަ ބެލޫންއަކަށް ވެދާނެ ކަމަށް ބުނެފައި ވީނަމަވެސް ޝައްކުކުރެވޭ ގައުމެއްގެ ނަން ކެނެޑާއިން ބުނެފައެއް ނުވެއެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުން ކެނެޑާގެ އިންޓެލިޖަންސް ކަންކަމާބެހޭ ނާޒުކު މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފާނެތީ، އެކަން ހުއްޓުވުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކާއެކު ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ކެނެޑާއިން ބުނެފައިވެއެވެ.    

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި ބެލޫން ދަތުރު ކޮށްފައިވަނީ އެލަސްކާ މަތިން ކެނެޑާ މަތިން އެމެރިކާގެ މޮންޓާނާ މަތިންނެވެ. އެމެރިކާއިން ނިއުކްލިއަރ މިސައިލް ފޮނުވުމަށް ބޭނުން ކުރާނެ 3 "ސައިލޯ" ނުވަތަ ސްޓޭޝަނެއްގެ ތެރެއިން އެއްތަން ހުންނަނީ މީސްކޮޅު މަދު މޮންޓާނާ ސްޓޭޓްގައެވެ. މި ބެލޫން ބޭނުންކޮށްގެން މުހިންމު މައުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް ސެޓަލައިޓް ބޭނުންކޮށްގެން ހޯދޭނެ މައުލޫމާތެއްގެ އިތުރުން މާބޮޑު އެއްޗެއް ހޯދޭނެ ކަމަށް ނުފެންނަ ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުން ވިދާޅުވެފައިވެއެވެ. މީގެއިތުރުން ބެލޫން ދަތުރު ކުރަނީ ކޮމާޝަލް މަތިންދާ ބޯޓު ދަތުރުކުރާ ވަރަށް ވުރެ މަތިން ކަމަށާއި އެހެން ކަމުން އެވިއޭޝަނަށް ވެސް މާބޮޑު ނުރައްކަލެއް ނެތް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބެލޫން ވައްޓާ ނުލުމަށް އަމުރު އައިސްފައި ވީނަމަވެސް ދިމާވެދާނެ ކުއްލި ހާލަތަކަށް ޓަކައި އެމެރިކާ ސަރުކާރުން އެފް-ޓުވެންޓީ ޓޫގެ ފައިޓަރ ޖެޓުތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާއިން ވަނީ މައްސަލަ ވޮޝިންގޓަންގައި ހުންނަ ޗައިނާ އެމްބަސީއަށް ވެސް ހުށަހަޅާފައެވެ. ޗައިނާ އެމްބަސީއިން ބުނެފައިވަނީ މައްސަލަ ބަލަމުންދާ ކަމަށާއި، މައުލޫމާތު ރަނގަޅަށް ސާފުނުވަނީސް ކުރެވޭ ހީއެއްގެ މައްޗަށް ކަންތައް ހޫނުވާފަދަ ވާހަކަދެއްކުމުން މައްސަލަ ހައްލު ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.    

ޕެންޓަގަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެލޫންގެ ސައިޒާއި މިހާރު އޮތް ހިސާބަކާއި މިފަދަ ބެލޫންއާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް އުޒުރުވެރިވެފައިވެއެވެ.      

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް