Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު

އެތުލެޓިކްސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

3 ފެބުރުއަރީ 2023 | ހުކުރު 03:53

މި ޕާޓްނަރޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ފެބުރުއަރީ 2023 | ހުކުރު 03:53
ދިރާގާއި އެތުލެޓިކްސް އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ދިރާގާއި އެތުލެޓިކްސް އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭ.އޭ.އެމް)ގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އޭ.އޭ.އެމް އަކީ ދިވެހިރާއްޖޭގެ ޓްރެކް އެންޑް ފީލްޑް، ރޯޑް ރޭސް އަދި ރޭސް ވޯކިންގެ އެކި ހަރަކާތްތައް ބަލަހައްޓާ ހިންގާ އިދާރާއެވެ. މި ޕާޓްނަރޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެތުލެޓިކް އެސޯސިއޭޝަންގެ މިއަހަރުގެ ޑިޖިޓަލް ޕާޓަނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި އެ ކުންފުނީގެ އުންމީދަކީ މި ޕާޓްނަރޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭ.އޭ.އެމްއަށް މަގުފަހިކޮށް، އެހީވެދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަޤިމް ވަނީ ދިރާގުން ރާއްޖޭގައި އެތުލެޓިކްސް ކުރިއެރުވުމަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ދިރާގާއެކު އެ ކުޅިވަރު އިތުރަށް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި، އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
12 މެއި 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
21 ފެބުރުއަރީ 2017

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

21 ފެބުރުއަރީ 2017
ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް