Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެޝާވަރު މިސްކިތަކަށް ދިން ބޮމުގެ ހަމަލާ

ބާގަނޑެއްގެ ތެރެއިން ސަލާމަތްވުމަށް މާތް ﷲ އަހަރެންނަށް މަގުތަނަވަސްކޮށްދެއްވި: ޢަބްދުއްރަހްމާން

2 ފެބުރުއަރީ 2023 | ބުރާސްފަތި 14:05

ޒަޚަމްވީ މީހުންގެ ޢަދަދު 170 އަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ފެބުރުއަރީ 2023 | ބުރާސްފަތި 14:05
ޕާކިސްތާންގެ ޕެޝާވަރްގައި ހިނގި ބޮމުގެ ހާދިސާ

ޕާކިސްތާންގެ ޕެޝާވަރްގައި ހިނގި ބޮމުގެ ހާދިސާ

އެއީ ޖެނުއަރީ 30 ވީ ހޯމަ ދުވަހެވެ. ދުވަސްތަކެއްގެ ހިމޭން ކަމަށް ފަހު ޕާކިސްތާނުގެ ޕެޝާވަރު ގުޑުވާލީ މިސްކިތަކަށް ދިން ބޮމުގެ ވަރުގަދަ ހަމަލާގެ އަޑުފަށްގަނޑަށެވެ. 100 މީހެއްގެ ފުރާނަ ގެއްލިދޔަ އެ ހާދިޘާއިން ޒަޚަމްތަކަކާއެކު ފުރާނަ ސަލާމަތްވި 2 މީހަކު ވަނީ، ހޮސްޕިޓަލުގެ އެނދުގައި އޮވެގެން، އެ ދުވަހުގެ ތަޖުރިބާތައް، ބައިނަލްއަޤުވާމީ މީޑިއާއާ ހިއްސާކޮށްފައެވެ.

އެ ބިރުވެރި ހާދިޘާއިން ސަލާމަތްވުމަށް، މާތް ﷲގެ ޙަޟްރަތުން ވާތްގަށް އެދެމުން އޭނާ ކުރަމުން ދިޔަ ހިތްވަރުގަދަ ދަތުރުގެ ވާހަކަ ޢަބްދުއްރަޙްމާން އިތުރަށް ތަފްސީލު ކޮށްދިނެވެ.

އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާ ކުރާ ބޯޑަރާއި ދާދި ކައިރީގައި އޮންނަ ޕޮލީސް ލައިންސް ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާއަކީ، މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދުގައި ދިން އެފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ދަނޑިވަޅަކީ، ޕާކިސްތާނުގައި އެ ޤައުމުގެ ފުލުހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ މިންވަރު، އިތުރު ވެފައި ވާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

އެތައް ސަތޭކަ ބަޔަކު މެންދުރު ނަމާދަށް ތިބި އެ މިސްކިތުގެ މަތީ ފަންގިފިލާ މުޅިން ސުންނާފަތިކޮށް، ބިމާ  ހަމަކޮށްލި އެ ވަރުގަދަ ބޮމުގެ ހަމަލާގައި ޒަޚަމްވީ މީހުންގެ ޢަދަދު 170 އަށް އަރައެވެ. އެފަދަ އެކަކީ، ޕޮލީސް ކޮންސްޓަބަލް ރަބް ނަވާޒްއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަނާ ސަނާއުއްލާ ވިދާޅުވި ގޮތުގައި، މަރުވި 100 މީހުންގެ ތެރެއިން 97 މީހުންނަކީ ފުލުސް އޮފިޝަލުންނެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ފުލުހުންނާއި އަސްކަރިއްޔާއިން ވަރުގަދަ ޗެކްޕޮއިންޓްތަކެއް އަޅާފައިވާ ޕޮލީސް ލައިންސް ޑިސްޓްރިކްޓަށް، ބޮން ގޮއްވާލި މީހާ ކާމިޔާބު ކަމާއެކީ ވަނީ ކިހިނެއް ކަން ބުނަން ނޭނގޭ ކަމަށެވެ. ބޮން ގޮއްވާލި ސަރަޙައްދަކީ ޕާކިސްތާނުގެ ފުލުހުންގެ ތެރެއިން ދަށް އަދި މެދު ފަންތީގެ ފުލުހުންނާއި އެމީހުންގެ އާޢިލާތަކުން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސަރަޙައްދެކެވެ.

ޕެޝާވަރުގެ ސަލާމަތީ ހާލަތަށް ރިޢާޔަތް ކޮށް، މިސްކިތްތައް އަޅާފައި ހުންނަނީ ނަމާދު ކުރުމަށްޓަކާ، ފުލުހުން އެ ސަރަޙައްދު ދޫކޮށް ދާން ނުޖެހޭ ގޮތަށެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ބޮން ގޮއްވާލި މީހާ އެ ޖަރީމާ ހިންގީ ނަމާދު ޖަމާޢަތުގެ އެންމެ ފުރަތަމަ ސަފުގައި ހުރެގެން ކަމަށެވެ.

ހަމަލާ ޒިންމާ، ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އުފުލި ކަމުގެ ކަށަވަރު މަޢުލޫމާތެއް އަދި ނުލިބެއެވެ. ނަމަވެސް ތަހްރީކީ ޠާލިބާން ޕާކިސްތާނުން ކަފިވި ގޮތްޕެއް ކަމަށްވާ ޚޫރަސާނީއިން އެ ހަމަލާގެ ޒިންމާ އުފުލާފައި ވާ ކަމަށް ސަނާއުއްލާ ވިދާޅުވި ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2018

ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި

15 އެޕްރީލު 2018
ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި
26 މާރިޗު 2018

ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި

26 މާރިޗު 2018
ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި
08 ޖެނުއަރީ 2018

މީޑިއާ އިން ސަލާމަތްވުމަށް ތައިލެންޑުގެ ބޮޑު ވަޒީރު އާ ގޮތެއް ތައާރަފު ކުރައްވައިފި!

08 ޖެނުއަރީ 2018
މީޑިއާ އިން ސަލާމަތްވުމަށް ތައިލެންޑުގެ ބޮޑު ވަޒީރު އާ ގޮތެއް ތައާރަފު ކުރައްވައިފި!
10 ނޮވެމްބަރު 2017

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް
10 ސެޕްޓެމްބަރު 2017

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

10 ސެޕްޓެމްބަރު 2017
މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
09 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

09 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި
30 ޖޫން 2017

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް