Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްވެރިކަމުގެ ސިނާއަތް

54 އަހަރުން ނުގެނެވުނު މަސްވެރިކަމުގެ ތަރައްގީ 5 އަހަރު ތެރޭގައި

2018ގެ ފަހުން ސަރުކާރުން މިހާތަނަށް އިތުރު 13830 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ފެބުރުއަރީ 2023 | ބުރާސްފަތި 13:33
މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމް އެކި ހިސާބުތަކުގައި ދަނީ ގާއިމްކުރަމުން

މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމް އެކި ހިސާބުތަކުގައި ދަނީ ގާއިމްކުރަމުން

ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ވަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ކުރިން ބޭނޭ އެތިކޮޅަކީ އެއިރު ފުދިގެންވެސް ބާކީ ކުރެވޭ ވަރުގެ އެއްޗެކެވެ. ނަމަވެސް މި ބުނާ އިންގިލާބީ ބަދަލާއެކު މަސް ދޯނިތަކުގެ ސައިޒާއި ކެޕޭސިޓީއާއި ހުރިހާކަމަކަށްވެސް ވަނީ ބަދަލު އައިސްފައެވެ.

ބޮޑެތި ލަކުޑި މަސްދޯނިތައް ދޫކޮށް ޒަމާނީ ފައިބަރު އޮޑި ދޯނިފަހަރަށް ބަދަލުވެގެން ދިޔައެވެ. މިއީ އެއް ދޯނިން އެއްދުވަހާ 50 ޓަނުގެ މަސް ބާނާ ދުވަހެވެ. ވަތްތައް ފުޅާވެ، ކައްޅިތައް ފުންވެ، ތައްޓު ތަނަވަސްވީ ވަރަކުން، ރާއްޖެއަށް ބާނާ މަހުގެ އަދަދު އެތައް ސަތޭކަ ގުނައަކުން އިތުރުވެއްޖެއެވެ.

1967 ވަނަ އަހަރު ރާއްޖެއަށް ބޭނީ 23،000 ޓަނުގެ މަހެވެ. އޭގެ 54 އަހަރު ފަހުން 2021 ވަނަ އަހަރު ބޭނި މަހުގެ އަދަދުވަނީ 5 ގުނަ އިތުރުވެ 145،000 ޓަނަށް އަރައެވެ. ބާނާ މަހަށް ބޭނުންވާ އައިސްލިބޭނެ މަގު ނެތުމަކީ މަސްވެރިކަމުގެ ސިނާއަތުން މިހާތަނަށް ފެންނަ އެންމެ ބޮޑު ހުސްކަމެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 5630 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ޖާގައެވެ. އަދި އެއިރު ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ކިރެނީ 1180 ޓަނުގެ މަހެވެ. 2018ގެ ފަހުން ސަރުކާރުން މިހާތަނަށް އިތުރު 13830 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވެއެވެ. އަދި ދުވާލެއްގެ މައްޗަށް އިތުރު 660 ޓަނުގެ މަސް ކިރޭނެއެވެ.

މިއީ ފާއިތުވި 50 އަހަރު ތެރޭގައި ސަރުކާރުތަކުން މަސްވެރިކަމަށް ކުރި އިންވެސްޓްމަންޓަށްވުރެ ބޮޑު އިންވެސްޓްމަންޓެކެވެ. 5 އަހަރުން ކުރެވޭ ބޮޑު އިންގިލާބީ ބަދަލެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މަސްވެރިންނަށް ލުއިފަސޭހަގޮތް ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ކަމަކަށް ވީހިނދު، މަސްވެރިން ބާނާ މަސް ކިރުމުގެ މަގު ފަސޭހަކަމާއެކު ތަނަވަސްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަމަށް ސަރުކާރުން ދެކެއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސިނާއަތް ތަރައްގީކުރުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އައިސްޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ބިޔަ މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުންދެއެވެ.

މިގޮތުން ކުރިއަށްގެންދެވޭ އެންމެ މުހިންމު އެއް މަޝްރޫއަކީ ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ގާއިމްކުރުމުގެ މަޝްރޫއެއް ގާއިމްކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން ގާއިމްކުރެވޭ 4000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި، 80 ޓަނުގެ ރެފްރިޖްރޭޓެޑް ސީވޯޓަރ ފެސިލިޓީއަކާއި، މިކަންކަމާގުޅޭ އެހެނިހެން ފެސިލިޓީއެއް ފެލިވަރުގައި ގާއިމްކުރެވިގެންދާނެއެވެ.

އަދި މި މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖް ކުރެވޭނެ ތަނެއް ހެދިގެންދާނެއެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއާއި ފްރީޒިން ކެޕޭސިޓީ އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި މިފްކޯއަށް، އަދި މުޅި ގައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 އެޕްރީލު 2017

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު