Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލު

މަގު ކޮނުމުގެ ފީ ބޮޑުކުރި އުސޫލު ބާތިލުކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލުން އާންމުކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ފެބުރުއަރީ 2023 | ބުރާސްފަތި 12:16
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

މާލޭ ސިޓީ ކައުންސިލުން ހެދި, މާލެ ސިޓީގެ މަގުމަތީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާބެހޭ އުސޫލު ބާތިލު ކުރަން ސްޓެލްކޯއިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަގު ކޮނުމުގެ ފީ ބޮޑުވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހަދާފައިވަނީ ގްރޭޓަރ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް، ދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ، އެ ދެ އުސޫލު ބާތިލްކުރުމަށް ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން ވަނީ، މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، އެ އުސޫލުތަކަށް އަމަލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށްވެސް އެދިފައެވެ.

ބުދަ ދުވަހު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ، އެ ދެ އުސޫލަކީ ބާތިލު ދެ އުސޫލު ކަމަށް ތުހުމަތު ކުރައްވައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން އެ އުސޫލު އެކުލަވާލާފައިވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

ޝަރީފު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން އާންމުކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް ކަމަށާއި، އެއީ މަގުމަތީގައި ކުރާ މަސައްކަތްތަކަށް ނަގާ އަގު ބޮޑުވުމުން ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޝަރީފު ފާހަގަ ކުރެއްވީ، ހ. މިސޫރީ ގޭގެ އެންމެ ތިރީ ފަންގިފިލާގެ މަގު ކޮނުމަށް ކުރިން ނަގާ ރޭޓުތަކަށާއި މިހާރު ނަގާ ރޭޓުތަކަށެވެ. ކުރިން އެތަނުގެ މަގު ކޮނުމުގެ ޖުމްލަ އަގެއްގެ ގޮތުގައި 31،741 ރުފިޔާ ހޭދަވާއިރު، މިހާރު ހޭދަވާނީ 80،510.68 ރުފިޔާއެވެ.

ޝަރީފް ވިދާޅުވީ ޖެނުއަރީ 1ން ފެށިގެން އަމަލު ކުރުމަށް ނިންމައި، ކައުންސިލުން މި އުސޫލު ގެޒެޓު ކޮށްފައިވަނީ ޖެނުއަރީ ދެ ވަނަ ދުވަހު ކަމަށެވެ. އަދި، ރައްޔިތުންނަށް މާލީ ބުރަ ކަމެއް އަންނަ އުސޫލެއް އާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު