Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޮއްޑޫ އިން ގޯތި ދޫކުރުން

ތޮއްޑޫ އިން ގޯތި ދޫކުރުން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުއްޓުވައިފި

2 ފެބުރުއަރީ 2023 | ބުރާސްފަތި 02:14

ކައުންސިލުން ދޭން ނިންމާފައި ވަނީ 3000 އަކަފޫޓުގެ 100 ގޯތި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ފެބުރުއަރީ 2023 | ބުރާސްފަތި 02:14
އއ.ތޮއްޑޫ

އއ.ތޮއްޑޫ

އއ. ތޮއްޑޫ އިން ގޯތި ދޫކުރުން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުއްޓުވައިފިއެވެ.

ތޮއްޑޫން 100 ގޯއްޗަށް އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ކައުންސިލުން ދޭން ނިންމާފައި ވަނީ 3000 އަކަފޫޓުގެ 100 ގޯއްޗެވެ. 

ގޯއްޗަށް ކުރިމަތިލި މީހުންގެ ލިސްޓުގައި ނަން ނުހިމެނޭ ހަތަރު މީހަކު ކައުންސިލާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވާއިރު އެ މައްސަލަ ކުރިއަށްދާތީ ވަގުތީ ގޮތުން ގޯތި ދޫކުރުން މަޑުޖައްސައި ދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެމީހުންގެ ފަރާތުން އެދުނެވެ.

ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މައުޟޫއީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތި ލިބޭ މީހުންގެ ލިސްޓަށް އަމަލު ނުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އަދި ކައުންސިލުން ގޯތި ދޫކުރާ ފަހުން މި މައްސަލަ ދައުވާ ކުރާ ހަތަރު މީހުންނާ އެއްކޮޅަށް ނިމިއްޖެނަމަ އެމީހުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ. މިއީ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހައްގަކަށް އުނިކަމެއް އައިސްގެން ބަޔަކު ކުރާ ދައުވާއެއް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ކައުންސިލާ ދެކޮޅަށް ދައުވާ ކުރި މީހުން ބުނެފައި ވަނީ ކައުންސިލުން ގޯތި ދޫކުރުމަށް އެކުލަވާލައިފައިވާ އުސޫލު ވެސް ގޯސް ކަމަށެވެ. އަދި މާކްސް ދީފައި ވަނީ ވެސް އިންސާފުވެރިކޮށް ނޫން ކަމަށެވެ. މީގެއިތުރުން ގޯއްޗަށް ކުރިމަތިލި މީހުންގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަވެސް އެ ކުދިން ހިމަނައިގެން މާރކްސް ދީފައެއް ނުވާ ކަމަށާއި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް މައިންބަފައިންނަށް ލިބިފައިވާތީ އެފަދަ މީހުންނަށް ވެސް ކައުންސިލުން ޕޮއިންޓް އުނިކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ޤާނޫނު ބުނާގޮތުން ގޯއްޗެއް އެމީހަކަށް ލިބުނު ކަމަށް ބަލާނީ 600 އަކަ ފޫޓު ހަމަވާނަމައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ
29 ޖޫން 2017

ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި

29 ޖޫން 2017
ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި
30 މެއި 2017

ތޮއްޑޫ ކަރާ ދަނޑުތަކަށް ބަލި ޖެހި، ތޮއްޑޫ ދަނޑުވެރިންނަށް ގެއްލުން!

30 މެއި 2017
ތޮއްޑޫ ކަރާ ދަނޑުތަކަށް ބަލި ޖެހި، ތޮއްޑޫ ދަނޑުވެރިންނަށް ގެއްލުން!
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
15 ފެބުރުއަރީ 2017

ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

15 ފެބުރުއަރީ 2017
ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް