Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުން

ހަނިމާދޫ އެއަރޕޯޓަށް ރޭގަނޑު ކުރަމުންދާ ދަތުރުތައް މެދުކަނޑާލަނީ

1 ފެބުރުއަރީ 2023 | ބުދަ 13:20

ނިމާދޫ އެއާޕޯޓަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ރޭގަނޑު 8:00އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު ހުރިހާ ދަތުރުތައް މެދުކަނޑާލަން ވަނީ ނިންމާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ފެބުރުއަރީ 2023 | ބުދަ 13:20
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

މޯލްޑިވިއަން އިން މިހާރު ހަނިމާދޫ އެއަރޕޯޓަށް ރޭގަނޑު ކުރަމުންދާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.

އެކަމާއި ގުޅޭ ތަފްސީލްތައް ހާމަކޮށް މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑު އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަނިމާދޫ އެއަރޕޯޓަށް ރޭގަނޑު ކުރަމުންދާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހަނިމާދޫ އެއާޕޯޓަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ރޭގަނޑު 8:00އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު ހުރިހާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދަތުރުތައް މެދުކަނޑާލަން ނިންމާފައި ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެތީ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހަނިމަދޫ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ގެންނަ ބަދަލާއި އެކު ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އަންނަ މަހުގެ 1ވަނަ ދުވަހުގެ ފަހަށް ޓިކެޓު ނަގާ ފަރާތްތަކުން، މޯލްޑިވިއަންގެ ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ފަށާފައެވެ. ސަރުކާރުން އެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް އާއި އެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއު އަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

މި އެއާޕޯޓް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވާއިރު މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެކެވެ. ހަމައެހެންމެ ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫން ވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސާދު ފުޅާކުރުމަށް މި މިޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 މެއި 2017

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މުޖޫ ނައީމް ހޯދަނީ

29 މެއި 2017
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މުޖޫ ނައީމް ހޯދަނީ
23 މެއި 2017

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވެލެޒިނީ ހޯދަން އިއުލާން ކޮށްފި

23 މެއި 2017
 ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވެލެޒިނީ ހޯދަން އިއުލާން ކޮށްފި
03 މެއި 2017

ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ހިތްވަރުގަދަ، ބިރުކުޑަ މަސައްކަތެއް: ރޫސޯ

03 މެއި 2017
ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތަކީ ހިތްވަރުގަދަ، ބިރުކުޑަ މަސައްކަތެއް: ރޫސޯ
21 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް