Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުކިން

ކަންސޭލޯ ބަޔާނަށް ސޮއިކޮށްފި

1 ފެބުރުއަރީ 2023 | ބުދަ 02:22

ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭ މާއްދާ ވަނީ އެއްބަސްވުމުގައި ނުހިމަނާން ނިންމައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ފެބުރުއަރީ 2023 | ބުދަ 02:22
ޕޯޗުގަލްގެ ޑިފެންޑަރު ކަންސޭލޯ

ޕޯޗުގަލްގެ ޑިފެންޑަރު ކަންސޭލޯ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ޑިފެންޑަރު ބަޔާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ބަޔާންގެ އެއްބަސްވުމުގައި ކަންސޭލޯ ސޮއިކުރުމާއެކު، ބަޔާންގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ކަންސޭލޯ ބަޔާނަށް ގެންދިޔުމަށް އެ ކުލަބުން 70 މިލިއަން ޔޫރޯ ޚަރަދަކުރާނެ އެވެ. ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭ މާއްދާ ވަނީ އެއްބަސްވުމުގައި ނުހިމަނާން ނިންމައިފަ އެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ކަންސޭލޯ މިހާރު ވަނީ ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ބަޔާނަށް ބަދަލުވުމަށްފަހު ކަންސޭލޯ ބުނީ ބަޔާނަކީ ވަރަށް ބޮޑު، މޮޅު ކުލަބެއް ކަމަށެވެ. އޭނާ ބުނީ ބަޔާންގައި ތިބީ ވެސް ވަރަށް މޮޅެތި ކުޅުންތެރިން ކަމަށާއި، ދުނިޔޭގެ ނިސްބަތުން ވެސް އެއީ ފާހަގަކޮށްލެވޭނެ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން އެ ކުޅުންތެރިންނާ އެއް ޓީމަކަށް ކުޅުމަކީ އޭނާ އަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ކަންސޭލޯ ބުންޏެވެ. އިތުރަށް އޭނާ ބުނީ ބަޔާންގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ތަށިތަކެއް ކާމިޔާބުކުރުންކަން އޭނާ އަށް އިނގޭ ކަމަށާއި، އޭނާ ވެސް ހުރީ ބަޔާނާއެކު ކާމިޔާބީ ހޯދަން ކެތްމަދުވެފައި ކަމަށެވެ.

ޔުވެންޓަސް ދޫކޮށް ކަންސޭލޯ މެންޗެސްޓަރ ސިޓީ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ސިޓީ އަށް މިހާތަނަށް ކުޅެދިން 154 މެޗުގައި ކަންސޭލޯ ވަނީ 10 ލަނޑު ވެސް ޖަހައިފަ އެވެ. ނަމަވެސް މި ސީޒަނުގައި އޭނާ އަށް ފުރުސަތު ލިބެނީ މަދު މެޗުތަކެއްގަ އެވެ. ސިޓީއާއެކު ކަންސޭލޯ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ދެ ޕްރިމިއާ ލީގާއި އެއް ކަރަބޯ ކަޕެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

އިތުރަށް ކިޔާލަން

14 މެއި 2017

އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް

14 މެއި 2017
އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް