Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޔާދަކުރަނިވި ހަކަތަ

ކުރިއަށްއޮތްތަނުގައި އިތުރު 9 ރަށެއްގެ ޖަނަރޭޓަރު ދުވާލުގަޑީގައި ނިއްވާލެވޭނެ: ޝައުނާ

31 ޖެނުއަރީ 2023 | އަންގާރަ 12:29

މިހާރުވެސް 2 ރަށެއްގެ ޖަނަރޭޓަރު ދުވާލު ގަޑީގައި ނިއްވާލާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 ޖެނުއަރީ 2023 | އަންގާރަ 12:29
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިރުން ހަކަތަ އުފެއްދުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތައް ނިންމާލެވުމުން އިތުރު 9 ރަށުގެ ޖަނަރޭޓަރު ދުވާލު ގަޑީގައި ނިއްވާލެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރ އަތޮޅާއި ބ އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރުމުގެ މަސައްކަތް ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަކުރަންޖެހެނީ ތެޔޮ އެތެރެކުރުމުގެ މަސައްކަތަށް ކަމަށެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލާއެކު މި ޚަރަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުން ކަމަށާއި، މިއީ ތަރައްގީއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ހޭދަކުރެވިދާނެ ފައިސާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިރުން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމްކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުން ދުވާލު ގަޑީގައި ދެރަށެއްގެ ޖަނަރޭޓަރު މިހާރު ނިއްވާލެވޭ ކަމަށެވެ. މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތައް ނިންމާލުމުން އިތުރު 9 ރަށެއްގެ ޖަނަރޭޓަރު ދުވަލު ގަޑީގައި ނިއްވާލެވޭނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 36 މެގަވޮޓުގެ ސޯލާ ޕީވީ ގާއިމްކުރެވިފައިވާކަމަށެވެ. ކޮވިޑްގެ ދަތިތަކާއި އިންތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި މި މަސައްކަތް ކުރެވުމަކީ މި ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 19 މެގަވޮޓުގެ ސޯލާ ޕީވީ އެކި ރަށްރަށުގައި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި 53 މެގަވޮޓުގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ބީލަމުގެ އެކި މަރުހަލާތަކުގައިވާކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ރިޔާސީ ދައުރު ނިމޭއިރު 52 މެގަވޮޓުގެ ސޯލާ ޕީވީ ރާއްޖޭގެ އެކި ރަށްރަށުގައި ހަރުކުރެވޭނެ ކަމަށާއި، މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތައް ނިމުމުން 100 މެގަވޮޓްގެ ސޯލާ ޕީވީ ރާއްޖޭގައި ހަރުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށާއި، ރާއްޖެއިން އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް