Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނުގައި އިސްރާއިލުން ދިން ހަމަލާ

އިސްރާއިލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރާލި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހަމަލާ ދީފައި ވަނީ ހުޅަނގުއައްސޭރީގައި ހުންނަ ޖެނިން ކެމްޕަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖެނުއަރީ 2023 | ހޯމަ 14:11
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

ހުޅަނގު އައްސޭރީގައި އިސްރާއިލު ސިފައިން ދިން ރަހުމުކުޑަ ހަމަލާ އެއްގައި އެތައް ބަޔަކު މަރުވެފައިވާތީ އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބަރާތުން ކުށްވެރިކޮށްފިއެވެ.

އެ ހަމަލާ ދީފައި ވަނީ ހުޅަނގުއައްސޭރީގައި ހުންނަ ޖެނިން ކެމްޕަށެވެ. އެ ހަމަލާގައި އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. އެކަމާއި ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާގައި ހަތިޔާރުގެ ބޭނުން ކުރަމުން ނުދާ އާއްމުންގެ އެތައް ބަޔަކު މަރުވުމަކީ ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ފޮރިން މިނިސްޓްރީ އިން ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ އިޒްރާއިލުގެ އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި އަންހެނުން ހިމެނޭ ކަމަށާ އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި މި ހަމަލާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށް ތައުޒިއްޔާ ކިޔާފައިވެއެވެ. އަދި ދިވެހި ސަރުކާރާއި އާއްމުންގެ ފަރާތުން، އިސްރާއިލްގެ ރަހުމުކުޑަ ހަމަލާގެ ޝިކާރައަކަށްވި ޖެނިން ރެފިއުޖީ ކެމްޕްގެ އާއްމުންގެ ތެރެއިން ޒަހަމްވި މީހުންނަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ސަލާމަތައި ސުލްހަ އާއި މެދު ރާއްޖޭގެ ސްޓޭންޑް ވަރަށް ސާފުކޮށް އެ ބަޔާނުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖެއިން ގަބޫލުކުރަނީ ފަލަސްތީން އާއި ޖެރުސަލަމްގެ ދެކުނުގައި ސުލްހަ ގާއިމްކުރެވޭނީ ދެ ގައުމުގެ ވަކި ދެ ދައުލަތެއް އުފައްދައިގެން ކަމަށެވެ. ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލާފައި ވަނީ ދިވެހިން ތިބީ ފަލަސްތީނާއި އެކު ސާބިތުވެކަން ހާމަކުރަމުންނެވެ.

26 ޖެނުއަރީގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިން ހަމަލާގައި 10 މީހުން މަނީ މަރުވެފައެވެ. މިއީ މި ސަރަހައްދުގައި އިސްރާއިލުން ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. މަރުވި މީހުންގެ ތެރެއިން 9 މީހުންނަކީ ޖެނިން ރެފިއުޖީ ކޭމްޕްގައި ތިބި މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ ސަރަހައްދު ރެއިޑްކޮށް އިސްރާއިލުން ވަނީ ހަމަލާ ދީފައެވެ.

މި މަހުގެ ކުރީކޮޅު 18 ޖެނުއަރީގައި ވެސް ސަރުކާރުން ވަނީ އިސްރާއިލުން ދޭ މިފަދަ ހަމަލާތަކަށް އިސްރާއިލުން ޒިންމާވާން ޖެހޭ ކަމަށް ބުނެފައެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާއިދާއި ޚިލާފަށް އެ ގައުމުން ހިންގާ އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު