Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހޮނިހިރު ދުވަހު އިސްރާއީލުން ފަލަސްތީނުގެ 64 މީހުން ޝަހީދު ކޮށްލައިފި

މަދުވެގެން 9 މީހުން މަރުވެފައިވަނީ ރަފާހުގެ އުތުރުގައި ހުންނަ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން ގެ އެހީ މަރުކަޒާ ކައިައިރީގައި ދިން ހަމަލާއެއް ގައި

ރާއްޖެ އެމްވީ | 5 ޖުލައި 2025 | ހޮނިހިރު 15:24
ނެޓްޒަރިމް ކޯރިޑޯގައި އިންސާނީ އެހީއަށް އިންތިޒާރު ކުރަމުން ދަނިކޮށް އިސްރާއީލުގެ ވައިގެ ހަމަލާއެއް ފުރާނަ ގެއްލުނު ފަލަސްތީނު މީހުންގެ ގާތްތިމާގެ މީހުން ހިތާމައިގައި - ޖުލައި 3، 2025

ނެޓްޒަރިމް ކޯރިޑޯގައި އިންސާނީ އެހީއަށް އިންތިޒާރު ކުރަމުން ދަނިކޮށް އިސްރާއީލުގެ ވައިގެ ހަމަލާއެއް ފުރާނަ ގެއްލުނު ފަލަސްތީނު މީހުންގެ ގާތްތިމާގެ މީހުން ހިތާމައިގައި - ޖުލައި 3، 2025

ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގައި ފަލަސްތީނުގެ 64 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސްދަރުތަކުން ބުނާ ގޮތުގައި އޭގެ ތެރެއިން މަދުވެގެން 9 މީހުން މަރުވެފައިވަނީ ރަފާހުގެ އުތުރުގައި ހުންނަ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ މަރުކަޒާ ކައިައިރީގައެވެ. މީގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.

ޖީއެޗްއެފް އެހީ ބެހުމުގެ މަރުކަޒުތަކުގައި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 743 ފަލަސްޠީނު މީހުން މަރުވެފައިވެއެވެ. އިސްރާއީލުގެ ބާރުތަކުން ކާބޯތަކެއްޗަށް އިންތިޒާރު ކުރާ ފަލަސްތީނު މީހުންނަށް އަމާޒުކޮށް ހަމަލާ ދިނުނ ކުރިއަށް ގެންދާއިރު، ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދިނުމުގައި ހޮސްޕިޓަލްތަކަށް ބޭނުންވާ އަސާސީ ސާމާނަށް އިސްރާއީލުން ހުރަސް ތައް ކުރިމަތި ކޮށްފައި ވާތީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އަނެއްކޮޅުން އެމެރިކާ އިން މެދުވެރިވެގެން ހުށަހަޅާފައިވާ އެއްބަސްވުމާ ބެހޭ ގޮތުން ހަމާސް އިން ބުނެފައިވަނީ 60 ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމުގެ ހުށަހެޅުމާ ބެހޭ މަޝްވަރާތައް "ވަގުތުން" ފެށުމަށް ތައްޔާރަށް ތިބިކަމަށެވެ. މިއީ ޣައްޒާއަށް ކޮންމެހެން ބޭނުންވެފައިވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ބެލެވެއެވެ.

ހަމާސްގެ އެކުވެރި އިސްލާމިކް ޖިހާދުން ބުނެފައި ވަނީ އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގެ ޕްލޭންތަކަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެމީހުން ޝަރުޠު ކޮށްފައި ވަނީ މި މަސައްކަތުން ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ކަމުގެ "ޔަޤީންކަން" އޮންނަން ވާނެ ކަމަށެވެ.

ހަނގުރާމަ މެދުކަނޑާލުމާ ބެހޭ ހުށަހެޅުމަށް ފަލަސްޠީނުގެ ޖަމާޢަތްތަކާއެކު އިސްލާމިކް ޖިހާދުން ވަނީ މަޝްވަރާތައް ބާއްވާފައެވެ.

މިހާރު 21 ވަނަ މަހަށް ވަދެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުން ކުރިއަށް ގެންދާ ހަނގުރާމައިގައި ފަލަސްތީނުން މަދުވެގެން 57,338 މީހުން މަރުވެ، 135,957 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު