Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާހުލް ގާނދީގެ ދިގު ހިންގަވާލެއްވުން

ރާހުލް ގާނދީގެ ދިގު ހިންގަވާލެއްވުން މިއަދު ނިންމަވާލައްވަނީ؟

ހިންގަވާލެއްވުން ނިންމަވާލައްވާއިރު، ރާހުލް ގާނދީއަށް ވާނީ 12 ސްޓޭޓެއްގެ ތެރޭން، 2،175 މޭލަށް ހިންގެވިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 ޖެނުއަރީ 2023 | ހޯމަ 12:11
ރާހުލް ގާނދީ ހިންގަވަނީ

ރާހުލް ގާނދީ ހިންގަވަނީ

އުތުރުގެ ޕަންޖާބް ސްޓޭޓްގައި، ފިނިފިނި ރޯޅިތައް ޖެހެމުން ދިޔަ މެންދުރު ފަހުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ކޮއްޕަމުން ފިތެމުން މަގުގެ ދެފަރާތުގައި އެތުރިލިއެވެ. އެކަކަށްވުރެ ބޮޑަށް ގާތުން ރާހުލް ގާނދީ ދެކެލުމަށެވެ. ގިނަބަޔަކު ބެލްކަނީތަކުގައިވެސް ބަލަން ތިބިއިރު، ސަލާމަތީ ބާރުތަކުން ގެންދިޔައީ ރޯނާއި އެހެންވެސް އެފަދަ އާލާތް ބޭނުންކޮށްގެން މީހުން މަގުމެދަށް ނުކުތަނުދިނުމަށް މަސައްކަތްކުރަމުންނެވެ.

އެންމެން އިންތިޒާރު ކުރަމުން ދިޔައީ ރާހުލް ގާނދީ އެމަގުން ވަޑައިގަންނަވާނެ ވަގުތަކަށެވެ.

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީގެ ދަރިކަލުން ރާހުލް ގާނދީ އިންޑިޔާގެ އެއްކޮޅުން އަނެއް ކޮޅަށް ހިންގެވުމަށް ކުރިޔަށް ގެންދެވި ދަތުރުފުޅު މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިހިންގަވާލެއްވުމަކީ އޭނާގެ ސިޔާސީ މަސައްކަތްޕުޅުގައި ތާއީދު ހޯއްދެވުމަށާއި އަދި މުޅި އިންޑިޔާގެ ހާލަތު ގާތުން ބައްލަވާލެއްވުމަށް ފެއްޓެވި ހިންގަވާލެއްވުމެކެވެ.

ކުރިޔަށް އޮތް އިންތިޚާބުގައި އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ލީޑަރުގެ ހައިސިއްޔަތުން ރާހުލް ވާދަކުރައްވާނީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެވެ.

ރާހުލް ގާނދީ ވިދާޅުވަމުން ގެންދަވާގޮތުގައި، މޯދީގެ ދަށުން އިންޑިޔާ މިވަގުތު ވަނީ ހަރުކަށި ވިސްނުން އިސްކޮށް މުސްލިމުންނާއި އެހެންވެސް މައިނޯރިޓީ ގްރޫޕްތަކާމެދު އިހާނެތި ކުރެވެމުންދާ ގައުމަކަށް ބަދަލުވެފައެވެ. "ޔުނައިޓް އިންޑިޔާ ރެލީ"ގެ ނަމުން ނަންދީފައިވާ ހިންގަވާލެއްވުމުގެ މަގުސަދަކީ; އެންމެން އެއްބައިވަންތަކޮށް އެކުވެރިކަން އާލާކޮށް، އަދި އެކަހެރި ކުރެވެމުންދާ ގްރޫޕްތަކުގެ ހާލަތު ހާމަކޮށްދީ، އެމީހުންނަށް އެހީ ހޯދައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރާހުލް ވިދާޅުވެފައި ވެއެވެ.

ކަންޔާކުމާރީން ސެޕްޓެމްބަރ 7ވަނަ ދުވަހު ފެއްޓެވި ހިންގަވާލެއްވުން ނިންމަވާލައްވާގޮތަށް އޮތީ މިއަދު، ޖަނަވަރީ 30 ވަނަ ދުވަހު ކަޝްމީރުންނެވެ. އޭރު ރާހުލް ގާނދީއަށް ވާނީ 12 ސްޓޭޓެއްގެ ތެރޭން 2،175 މޭލު ހިންގެވިފައެވެ. ވަރަށް ގިނަ ދުވަސް ދުވަހު އަރިހުގައި އެއްހާހާ ގާތްކުރާ އަދަދަކަށް މީހުން ހިނގައެވެ. އަދި ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން 15 މޭލު ހިންގަވާކަމަށްވެއެވެ. ލޯތްބާއި ކުލުނު ފެތުރުއްވުމުގެ މަގްސަދުގައި، އުމުރުފުޅުން 52 އަހަރުގެ ރާހުލް ރާހުލް ފެއްޓެވި ދަތުރުފުޅުގެ ސަބަބުން އޭނާގެ މަގްބޫލްކަން ވަނީ އެތައް ގޮތަކުން އިތުރުވެގެން ގޮސްފައެވެ.

ބައްޕާފުޅު ރަޖީވް ގާނދީގެ އިތުރުން އާއިލާގެ އިތުރު ދެބޭފުޅުން ބޮޑުވަޒީރުކަން ކުރައްވާފައިވާ "ސިޔާސީ" އާއިލާއަކުން ވަޑައިގެންނެވިނަމަވެސް، ރާހުލް ގާނދީ ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވުމުގެ މާބޮޑު ޝައުގުވެރިކަމެއް ފުރަތަމަ ނެތްކަމަށް ވެއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ސަޕޯޓަރުން އިތުރުވާތަން ފެނިވަޑައިގަންނަވާތީ ހިނގާލުންވެސް ކުރިއަށް ގެންދަވާފައިވަނީ ވަރަށް ފޯރީގައެވެ. ވަޑައިގަންނަވާ މަގުތަކުގައި މީހުންގެ ތަރުހީބުގެ ގޮވުން ތަކުގެ އަޑު އިވުމުން ބައެއްފަހަރު ނައްޓަވައިވެސް ހައްދަވައެވެ. އައިއެންސީގެ އޮފިޝަލަކު ބުނިގޮތުގައި މަސްވެރިންނާއި ފެކްޓަރީ މަސައްކަތް ތެރިންނާއި ޒުވާނުންނާއި ދަޑުވެރިންވެސް ރާހުލްއާ ބައްދަލުކުރުމަށް ގިނަ އަދަދަކަށް ނުކުމެފައި ވެއެވެ.

މިދުވަސްވަރަކީ އުތުރު އިންޑިޔާއަށް ވަރަށް ފިނި ދުވަސް ވަރަކަށް ވީނަމަވެސް، ހިންގަވާލެއްވުމުގައި ރާހުލް ބޭނުން ކުރައްވަނީ އަތް ކުރު ހުދު ޓީޝަރޓެވެ. އަދި ހިނގާލުން ފެށުނީއްސުރެ ތުނބުޅިފުޅު ބާލުއްވާފައި ނުވުމާއެކު، ތުބުޅިފުޅު ވަނީ ދިގުވެފައެވެ.    

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!
13 ސެޕްޓެމްބަރު 2017

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
11 ޖުލައި 2017

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު