Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާ ގެ މަޝްހޫރު ފައްޅި އެއް ގައި ރޭޕް ކުރުމަށް ފަހު އެތައް ސަތޭކަ އަންހެނުން މަރާ ވަޅުލިކަމަށް ބުނާ މައްސަލަ އަކާ އެކު ބޮޑު ސިހުމެއް!

އިންޑިއާގެ ދަރްމަސްތަލާ ފައްޅީގައި އެތައް ސަތޭކަ އަންހެނުން ރޭޕްކޮށް މަރާލައި ވަޅުލި ކަމުގެ ތުހުމަތު ތަކާއެކު ނުތަނަވަސް ކަމާ ހަލަބޮލިކަން އުފެދި، މައްސަލަ ހުށެހެޅި ފަރާތުން ދައްކާ ވާހަކައިގެ ހަގީގަތް ހޯދުމަށް ޚާއްސަ ތަހުގީގު ޓީމަކުން ވަނީ މަސައްކަތް ފަށާ، ދެ ތަނަކުން އިންސާނުންގެ ބައިތައް ހޯދާފައެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 03:22
މައްސަލަ ހުށަހެޅި ކުރީގެ ފައްޅި ސާފުކުރާ މީހާ - މި މީހާގެ އައިޑެންޓިޓީ ހާމަ ކޮށްފައެއް ނުވޭ

މައްސަލަ ހުށަހެޅި ކުރީގެ ފައްޅި ސާފުކުރާ މީހާ - މި މީހާގެ އައިޑެންޓިޓީ ހާމަ ކޮށްފައެއް ނުވޭ

ފައްޅި އެއް ގައި ރޭޕް ކުރުމަށް ފަހު މަރާލި އެތައް ސަތޭކަ އަންހެނުން މަޖުބޫރީ ހާލަތުގައި އޭނާގެ އަތުން ވަޅުލުވި ކަމަށް ބުނި އިންޑިއާ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ބޮޑު ސިހުމެއް ގެނުވި މި މީހާގެ ތުހުމަތުތަކާ އެކު، މި ހާދިސާ ހިނގި އިންޑިއާގެ ދެކުނުގައިވާ ކަރްނާޓަކާ ސްޓޭޓްގެ ހިންދޫ ދީނުގެ މުހިންމުު ރަށެއް ކަމުގައިވާ ދަރްމަސްތަލާ އަށް ވަނީ ހަލަބޮލިވެ ނުތަނަވަސްކަން ވެރިވެފައެވެ.

މިއީ ހިންދޫ ދީނުގެ ބޮޑު ފައްޅި އެއް ހުންނަ އަދި އެތަނަށް، ކޮންމެ ދުވަހަކު އެތައް ހާސް މީހުން ޒިޔާރަތް ކުރާ ތަނެކެވެ. އަދި މި ރަށަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ މައި ނާރެސް ވެސް މެއެވެ.

މި ވާހަކަ ތަކާ ގުޅިގެން އެ ސްޓޭޓް ގައި ސިޔާސީ މަސްރަހް ހަލަބޮލި ވުމާ ގުޅިގެން، ސަރުކާރުން ވަނީ އެ މީހާގެ ތުހުމަތުތައް ތަޙްޤީޤު ކުރުމަށް ޚާއްޞަ ތަޙްޤީޤު ޓީމެއް (އެސް.އައި.ޓީ) އެއް އުފައްދާފައެވެ.

ނަން ހާމަ ނުކުރުމަށް އެދުނު އެސް.އައި.ޓީގެ އޮފިޝަލަކު ހޮނިހިރު ދުވަހުގެ ހެނދުނު ބީ.ބީ.ސީ އަށް ބުނެފައި ވަނީ "އެ މީހާ ވަނީ ގަސްދު ގައި ދޮގު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައި" ކަމަށެވެ.

ޖުލައި މަހުގެ ކުރީކޮޅު، މެދު އުމުރުގެ މި މީހާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، މެޖިސްޓްރޭޓެއްގެ ކުރިމަތީގައި އޭނާގެ ބަޔާން ރެކޯޑުކޮށްފައެވެ. އެހެން ނަމަވެސް އޭނާ އަކީ ކާކުކަން ވަނީ ސިއްރު ކުރެވިފައެވެ. އަދި މިހާތަނަށް އޭނާ ފެނިފައި ވަނީ ކަޅު ހެދުމެއްގައި، ބޮލާއި އަދި މޫނު ނިވާކުުރާ މާސްކެއް އަޅައިގެން ހުއްޓައެވެ.

ބީ.ބީ.ސީ އަށް ފެނިފައިވާ ފުލުހުންނަށް އޭނާ ހުށަހެޅި މައްސަލައިގައި، އެ މީހާ ބުނެފައި ވަނީ އޭނާ 1995 އިން 2014 އަށް އެ ފައްޅީ ގައި ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށާއި، އަނިޔާވެރިކަމާއެކު ރޭޕްކޮށް މަރާލެވުނު އެތައް ސަތޭކަ އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ހަށަށިތައް ވަޅުލުމަށް އޭނާ އަށް މަޖުބޫރު ކުރި ކަމަށެވެ.

އޭނާ ވަނީ ތަފާތު ފަސް ހާދިސާއެއްގެ ތަފްޞީލު ބަޔާންކޮށްދީފައެވެ. އަދި އެފަދަ އެތައް ހާދިސާ އެއް ހިނގާފައިވާ ކަމަށް ބުނެފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި، ޝިކާރައަކަށް ވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

އޭނާ ބުނެފައި ވަނީ 2014 އިން ފެށިގެން ފިލައިގެން އުޅެމުން އައި ކަމަށާއި، އެހެން ނަމަވެސް އެ ހާދިސާ ތަކުގެ ސަބަބުން އޭނާގެ ސިކުނޑި އަށް ވަމުން އައި އުނދަގޫ ތަކުގެ ސަބަބުން، އެކަމަށް ލުޔެއް ހޯދުމަށް މައްސަލަ ރިޕޯޓު ކުރަން ނިންމީ ކަމުގައެވެ.

މައްސަލަ ހުށަހެޅި ސާފުކުރާ މީހާ އެއްވެސް މީހެއްގެ ނަމެއް ބުނެފައި ނުވާ ކަމަށާއި، "ފައްޅީ ގެ އޮފީހާއި އެތަނުގެ މުވައްޒަފުން" ކުށްވެރިކޮށްފައިވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައި ވެއެވެ.

މި ތުހުމަތުތަކަކީ "ދޮގު އަދި އަސާސެއްނެތް" ތުހުމަތުތަކެއް ކަމަށް ފައްޅީގެ އިސްވެރިޔާ ވަނީ ބުނެފައެވެ.

ފައްޅީ ގައި ސާފު ކުރަން އުޅުނު މީހާ މެޖިސްޓްރޭޓްގެ ކުރިމައްޗަށް ގެންދެވުނު އިރު، އޭނާ ވަނީ އޭނާގެ ދަބަހުން އިންސާނެއްގެ ބޮލެއްގެ ނާށިގަނޑު ހެކީގެ ގޮތުގައި ދައްކާފައެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާ ވަޅުލި މީހެއްގެ ބައެއް ކަމަށާއި، އޭނާ އެ ނާށިގަނޑު ނެގީ ދާދި ފަހުން ކަމުގައެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި، ތަހުގީގު ޓީމުން ވަނީ އެ މީހާގެ ތުހުމަތުތައް ކަށަވަރު ކުރުމަށް ދަރްމަސްތަލާ އާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދުތައް ކޮނެގެން ބަލާފައެވެ. އޭނާ ފުރަތަމަ ފާހަގަކޮށް ދެއްކީ 13 ތަނެކެވެ. އޭގެ ތެރެއިން ބައެއް ތަންތަނަކީ ވަރަށް ބޯ ޖަންގަލި ހެދިފައިވާ، ވިހަ ހަރުފަ އުޅޭ ކަމަށް ބުނެވޭ، ވަދެނުކުމެވުމަށް އުނދަގޫ ތަންތަނެވެ.

އެސް.އައި.ޓީގެ މަޞްދަރުތަކުން ބީ.ބީ.ސީއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް، ދެ ތަނަކުން ފެނި، ފޮރެންސިކް ޓެސްޓުތަކަށް މިހާރު ވަނީ ފޮނުވިފައެވެ. އެއީ ކޮން ބައެއްގެ ކަމެއް އަދި ސާފެއް ނުވެއެވެ.

މަސްދަރު: ބީބީސީ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު