Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޯލްޑަން ގްލޯބްސް އެވޯޑްސް

ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ސުލްހަވެރި މުޒާހަރާއެއް!

7 ޖެނުއަރީ 2018 | އާދީއްތަ 06:18

މިއީ ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވި ފަހުން ބޭއްވޭ ފުރަތަމަ މިފަދަ ހަފްލާ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 7 ޖެނުއަރީ 2018 | އާދީއްތަ 06:18
ރީސް ވިދަރސްޕޫން

ރީސް ވިދަރސްޕޫން

ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގެ އަމާޒު އޮތީ ޖިންސީ ފުރައްސާރައާ ދެކޮޅަށެވެ.

މިއީ ހޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވި ފަހުން ބާއްވާ މިފަދަ ފުރަތަމަ ހަފްލާއެވެ.

މި އަހަރުގެ ހަފްލާ ހުށަހަޅައިދޭން ހަމަޖެހިފައިވަނީ މަޝްހޫރު ލޭޓް ނައިޓް ހޯސްޓެއް ކަމަށްވާ ސެތު މެޔަރސްއެވެ. އޭނާ ހަފްލާ ފެށުމަށް ދައްކާ ވާހަކައިގެވެސް މިކަމަށް އަލިއަޅުވަން ވަނީ ހަމަޖެހިފައެވެ.

މިކަން ކަށަވަރުކޮށްދީ މެޔަރސް ބުނީ އޭނާގެ ހަޔާތުގައި ހިމެނޭ އަންހެނުންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކިކަމަށާއި، އެންމެންވެސް ދެކޭ ގޮތުގައި މި ފުރުސަތުގައި ހޮލީވުޑް ސިއްސުވާލި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ވާހަކަ ދެއްކުން މުހިއްމެވެ.

މި ހަފްލާގައި ގިނަ ފިލްމީ ތަރިންނާއި އަދި ޓީވީ ތަރިން ބައިވެރިވާން ހަމަޖެހިފައިވާއިރު، ހަފްލާގައި ބާއްވާ ސުލްހަވެރި މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ކަޅު ހެދުންލުމަށް ވަނީ ގޮވާލާފައެވެ. ނަމަވެސް ކަޅު ހެދުންލުމަށް ބައެއް އެކްޓްރެސުން ތާއީދު ނުކުރާކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި ސުލްހަވެރި މުޒާހަރާ އަކީ "ލީގަލީ ބްލޮންޑް" އަދި ""ކްރޫއަލް އިންޓެންޝަންސް" ފަދަ ފިލްމްތަކުން މަޝްހޫރުވި ރީސް ވިދަރސްޕޫން އާއި އެހެނިހެން ތަރިންތަކެއް އިސްނަގައިގެން ފަށާފައިވާ "ޓައިމްސް އަޕް" ކެމްޕޭނުން ރާވާފައިވާ ކަމެކެވެ. އެގޮތުން "ޓައިމްސް އަޕް" ލިޔެފައިވާ ޕިންތަކެއް ރެޑް ކާޕެޓްގައި ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދެ ހަފްތާ ތެރޭގައި 500 ޕިން ތައްޔާރުކޮށްފައިވާކަން ހޮލީވުޑް ރިޕޯޓަރ އިން ރިޕޯޓްކޮށްފައިވެއެވެ.

ގޯލްޑަން ގްލޯބްސް އެވޯޑްސް 2018ގެ އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ ގިއޭމޯ ޑެލް ޓޯރޯގެ "ދަ ޝޭޕް އޮފް ވޯޓަރ" އަށެވެ. އޭގެ ތެރޭގައި "ބެސްޓް ޑްރާމާ ފިލްމް" ހިމެނެއެވެ. ބެސްޓް ޑްރާމާ ފިލްމަށް ނޮމިނޭޓް ވެފައިވާ އިތުރު ފިލްމްތަކަކީ "ކޯލް މީ ބައި ޔުއާ ނޭމް"، "ޑަންކަރކް"، "ދަ ޕޯސްޓް" އަދި "ތްރީ ބިލްބޯޑް އައުޓްސައިޑް އެބިންގ، މިޒޫރީ" އެވެ.

"ދަ ބެސްޓް ކޮމެޑީ އޯ މިއުޒިކަލް"އަށް ހޮވިފައިވަނީ "ދަ ޑިޒާސްޓަރ އާޓިސްޓް"، "ގެޓް އައުޓް"، "ދަ ގްރޭޓެސްޓް ޝޯމަން"، "ލޭޑީ ބާޑް" އަދި "އައި، ޓޮންޔާ" އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ޒީ ސިނަމާ އެވޯޑްސްގެ ޑާންސަކަށް ޕްރިޔަންކާ ހުށައެޅީ ފަސް ކުރޯޑް ރުޕީސް

18 ޑިސެމްބަރު 2017
ޒީ ސިނަމާ އެވޯޑްސްގެ ޑާންސަކަށް ޕްރިޔަންކާ ހުށައެޅީ ފަސް ކުރޯޑް ރުޕީސް
13 ޑިސެމްބަރު 2017

ފިލްމު އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާން ކޮށްފި

13 ޑިސެމްބަރު 2017
ފިލްމު އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާން ކޮށްފި
11 ޑިސެމްބަރު 2017

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ

11 ޑިސެމްބަރު 2017
އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ
26 ނޮވެމްބަރު 2017

"ގޯލްޑަން ހޯސް ފިލްމު އެވޯޑް" ގެ ސަޕޯޓިން އެކްޓްރެސް އަކަށް ވިކީ ޗެންއަށް

26 ނޮވެމްބަރު 2017
"ގޯލްޑަން ހޯސް ފިލްމު އެވޯޑް" ގެ ސަޕޯޓިން އެކްޓްރެސް އަކަށް ވިކީ ޗެންއަށް
08 ނޮވެމްބަރު 2017

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި

08 ނޮވެމްބަރު 2017
ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި
30 އޮކްޓޯބަރު 2017

ދިވެހި ފިލްމު އެވޯޑްސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަނީ

30 އޮކްޓޯބަރު 2017
ދިވެހި ފިލްމު އެވޯޑްސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަނީ
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް