Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖީނިއަސް ކުދިން

ޖީނިއަސް ކުދިން ބޮޑެތިވުމުން ވެސް އެސިފަ ފެނޭތަ؟

ޖީނިއަސް ކުއްޖަކު ބެލުމަކީ ވަރަށް ވަރުބަލިކަން ގެނުވާ ކަމެއް ކަމަށް މާހިރުން ފާހަގަ ކުރައްވާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2023 | ހޯމަ 07:43
ޖީނިއަސް ޓެޑީ ހޮބްސް އާއި އޭނާގެ މަންމަ

ޖީނިއަސް ޓެޑީ ހޮބްސް އާއި އޭނާގެ މަންމަ

އާދަޔާ ޚިލާފު މަތީ އައިކިއުއެއް ލިބިފައިވާ، އުމުރުން 4 އަހަރުގެ ކުއްޖެއްގެ ވާހަކަ ދާދި ފަހުން އިނގިރޭސި ޚަބަރު ސުރުހީތަކަށް އަރާފައި ވެއެވެ. ތޫނިފިލިކަމުގެ ގޮތުން އެންމެ މޮޅު ކަމަށް ފާހަގަ ކުރެވޭ ކުދިންނާއި މީހުންނަށް ހާއްސަކޮށްގެން ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ ޖަމާޢަތް "މެންސާ" މެންބަރަކަށް އެންމެ ފަހުން ވެފައިވަނީ މި ކުއްޖާއެވެ. އެއީ އުމުރުން އެންމެ ހަތަރު އަހަރުގެ ޓެޑީ ހޮބްސްއެވެ. ޓެޑީ މިހާރުވެސް 6 ބަހަކުން ސަތޭކައާ ހަމަޔަށް ގުނައެވެ. އަދި އޭނަގެ ވިސްނުމާ ތޫނުފިލިކަން އެ އުމުރުގެ އެހެން ކުދިންނަށް ވުރެ މާރަނގަޅުކަން ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް ސުވާލަކީ މިފަދަ ޖީނިއަސް ކުދިން ބޮޑެތިވުމުން ވެސް އެ ސިފަތައް ފެނޭތޯ އެވެ؟

ކްރިސްޓޮފަރ ގެރިންއަކީ ވެސް މީގެ ވިހި އަހަރު ކުރިން ފާހަގަކޮށްލެވުނު ޓެޑީ ފަދަ ކުއްޖެކެވެ. އޭނާގެ އުމުރުން 12 އަހަރުގައި، 2002 ވަނަ އަހަރު  އޭނާޔަށް ވަނީ މުޅި އިނގިރޭސިވިލާތުގައި ހުރި އެންމެ ވިސްނުން ތޫނު ކުއްޖާގެ ލަގަބު ލިބިފައެއެވެ. އެއީ ޓީވީ ޝޯއެއްގައި އެތައްހާސް ކުދިންނާ ވާދަކޮށް މޮޅުވުމުންނެވެ. ނަމަވެސް އެއީ އޭނާ ވެސް އަދި އޭނާގެ އާއިލާއިން ވެސް އުންމީދު ކުރި ކަމެއް ނޫންކަމަށް ގެރިން ބުނެފައި ވެއެވެ. މިހާރު އުމުރުން 32 އަހަރުގެ ގެރިން އަކީވެސް މެންސާގެ މެންބަރެކެވެ. އޭނާގެ އައިކިއު އަކީ 162 އެވެ. ގެރިން ބުނި ގޮތުގައި ލިބުނު މަޝްހޫރުކަމުގެ ތެރެއިން، އޭނަކުރާ ހުރިހާކަމެއްގައި މޮޅުކަން ފެންނަން އެންމެން ވެސް އުންމީދު ކުރެއެވެ. އަދި އެއީ އޭނާއަށް ލިބޭ ހިތްވަރަކަށް ވެއެވެ. މިއަދު އޭނާވަނީ ހިސާބުން ތިން ޑިގްރީ ހާސިލުކޮށްފައެވެ. ކެމްބްރިޖް ޔުނިވަރސިޓީ ހިމެނޭ ގޮތުންނެވެ. އަދި ގެންދަނީ ޕީއެޗްޑީ އަށް ކިޔަވަމުންނެވެ. ދުވާލު ވަޒީފާއަދާކުރަނީ ސެކްންޑަރީ ސްކޫލެއްގެ އެސިސްޓަންޓް ޕްރިންސިޕަލެއްގެ ވަޒީފާގައެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ ތަޖްރިބާއިން މިސާލު ދައްކައިގެން ކުދިން ކިޔެވުމުގައި ކުރިޔަށް ދިއުމަށް ހިތްވަރު ދެވޭތޯ އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ. 

އުމުރުން މިހާރު 27 އަހަރުގެ އަރާން ފަނާންޑެޒް އަކީވެސް އެފަދަ ޖީނިއަސް ކުއްޖެކެވެ. ހިސާބުން އާދަޔާޚިލާފަށް މޮޅު އަރާން އެރޮނގުން ކުރިޔަށް ދިއުމަށްޓަކައި ކެމްބްރިޖް ޔުނިވަރސިޓީއާ ގުޅުނުއިރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. އެހެންކަމުން އޭނާވީ 1773ގެ ފަހުން ކެމްބްރިޖް އަށް ދިޔަ އެންމެ ހަގު ދަރިވަރަށެވެ. އުމުރުން 18 އަހަރު ވީއިރު އޭނަވަނީ މުޅި ކެމްބްރިޖް ޔުނިވަރސިޓީގެ "ޗެމްޕިއަން މެތުމެޓީޝަން" އަށް ވެފައެވެ.

ޔުނިވަރސިޓީ އަށް ވަނުމާއި ހަމަޔަށް ފަނާންޑެޒް ކިޔެވީ ގޭގައި ހުރެގެން ކަމަށް ވެއެވެ. ކިޔަވާދިނީ ބައްޕަ ޑޮކްޓަރ ނީލް ފަނާންޑޭޒް އެވެ. އޭނަ ބުނި ގޮތުގައި ކެމްބްރިޖް އަށް ދިޔައިރު އޭނާގެ އުމުރުގެ ހަގުކަން އޭނައަށް މާބޮޑު މައްސަލައަކަށް ނުވެއެވެ. އޭނާ އެކަން ނަގަނީ ވަރަށް ލުއި ގޮތަކަށެވެ. އޭނާ ބުނި ގޮތުގައި ކޮންމެ އުމުރެއްގައި ވެސް ޔުނިވަރސިޓީއަށް ދިއުމަކީ ކޮންމެ ކުއްޖަކަށް ވެސް ކުރެވޭނެ އައު ތަޖުރިބާއެކެވެ. ފަނާންޑެޒް މިހާރު މަސައްކަތް ކުރަނީ އުތުރު ސައިޕްރަސްގެ އީސްޓަރން މެޑިޓަރޭނިއަން ޔުނިވަރސިޓީގެ ހިސާބު ޕްރޮފެސަރެއްގެ މަގާމުގައެވެ. އޭނާ ބުނިގޮތުގައި އޭނާއަކީ ޖީނިއަސްއެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. އޭނާއަކީ އެހެން ކުދިންނަށް ނުލިބޭފަދަ ފުރުސަތުތަކެއް ލިބުނު ކުއްޖަކީއެވެ. އެހެންކަމުން ކުރާ ކޮންމެ ކަމެއް އެންމެ ރަނގަޅަށް އެންމެ ފުރިހަމަޔަށް ކުރަނީ އެކަމުގައި އަމިއްލަ ޝައުގުވެރިކަމެއް ހުންނާތީ އެވެ. ކޮންމެހެން ބޭރުން ޕްރެޝަރެއް އަންނާތީ އެއް ނޫނެވެ. ނަމަވެސް އޭނައާމެދު އެންމެންވެސް ދެކޭގޮތް ތަފާތު ކަމަށާއި އެކަމުން ނޭދެވޭ އަސަރެއް ކުރިޔަ ނުދޭކަމަށް ބުނެފައި ވެއެވެ. އޭނާ ވެސް ބުނި ގޮތުގައި އޭނަޔަށް ލިބުނުފަދަ ފުރުސަތުތައް ލިބިފައި ނެތް ކުދިންނަށް ކިޔެވުމުގައި ކުރިޔަށް ދިއުމަށް ހިތްވަރު ދެވޭތޯ އޭނާ ވެސް ވަރަށް މަސައްކަތް ކުރެއެވެ.

ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި ޖީނިއަސް ކުދިން ބެލުމަކީ ބެލެނިވެރިންނަށް ވަރަށް ވަރުބަލިކަން ގެނުވާ ކަމެކެވެ. އެފަދަ ކުދިން އަބަދުވެސް އުޅޭނީ ކޮންމެވެސް ކަމެއް ދަސްކުރާ ހިތުންނެވެ. ޝަޢުޤުވެރިކަން ހުންނަ މައުލޫތައް، ހަފުތާތަކުން ނުވަތަ މަސްތަކުން ބަދަލުވާ ކަމަށް ވެއެވެ. އެގޮތުން، ގުނަ ކުރާ ނަވަތަ ދަސްކުރާ ދުވަސްކޮޅެއް، ޤައުމުތަކުގެ ދިދަތައް ދަސްކުރާ ދުވަސްކޮޅެއް، ދުނިޔޭގެ ޗާޓުތައް ދަސްކުރާ ދުވަސްކޮޅެއް، މިފަދަ ގޮތަކަށް އެކުދިންގެ ވިސްނުން އެނބުރޭ ކަމަށް ވެއެވެ. މިސަބަބަށްޓަކައި މެންސާގެ ފަރާތުން އެފަދަ އާއިލާތަކަށް ޚާއްސަ ސަޕޯޓް ގްރޫޕެއް ވެސް ހިންގައެވެ. މި ގްރޫޕްގައި 300 އެއްހާ އާއިލާ ހިމެނެއެވެ. އެކަކު ބުނި ގޮތުގައި މެންސާ ކުއްޖެއްގެ މަންމަޔަކަށް ނުވަތަ ބައްޕަޔަކަށް ވުމަކީ ވަރަށް މީހާ ވަރުބަލި ކޮށްލާ، ކަންބޮޑުވުން ގެނުވާ އަދި ބައެއް ފަހަރު ކައިވެނިތައް ރޫޅޭ ހިސާބަށް ވެސް ކަންތައް ގެންދާ ކަމެކެވެ. ތިމާގެ ދަރިފުޅަކީ އެފަދަ ހުނަރެއް ހުރި ކުއްޖެއްކަން ފާހަގަވުމުން ގިނަ މައިންބަފައިންނަށް ދެން ކުރިޔަށް ދާންވީ ގޮތެއް ނޭނގެއެވެ. އަދި އެހެން މީހުންގެ އެހީ ބޭނުންވެއެވެ.

އެންމެ ފަހުން މެންސާ އާއި ގުޅުނު ހަތަރު އަހަރުގެ ޓެޑީ ހޮބްސް މަންމަ ބުނި ގޮތުގައި ޓެޑީގެ ޚަބަރު ނޫސްތަކަށް އެރުމަށް ފަހު އޭނާޔަށް ވެސް ސާޅީހަކަށް އީމެއިލް ލިބުނެވެ. ތިމަންނަމެންގެ ވެސް ތިޔަކަހަލަ ކުއްޖަކު އެބަހުރި ކަމަށް ބުނެ އެންމެން ވެސް އެހީއަށް އެދިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ތޫނިފިލިކަމުގެ ގޮތުން އެންމެ މޮޅު ކަމަށް ފާހަގަކުރެވޭ ކުދިންނާއި މީހުންނަށް ހާއްސަކޮށްގެން ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ ޖަމާޢަތް މެންސާގައި މިވަގުތު މުޅި ދުނިޔޭން 140،000 މެންބަރުން އެބަތިއްބެވެ. މީގެ ތެރެއިން 18،000 މީހުންނާއި ކުދިން ނިސްބަތްވަނީ އިނގިރޭސި ވިލާތަށާއި އައިރިސް ރިޕަބްލިކް އަށެވެ.  

މައުލޫމާތު : ބީބީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު