Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕަލުޑަން އަނެއްކާވެސް ހަތިމެއްގައި ރޯކޮށްލުން

ސްވިޑްންގައި ހަތިމެއް ރޯކޮށްލި މީހާ ޑެންމާކްގައިވެސް އެކަން ކޮށްފި

ޕަލުޑަން އެސަރަހައްދު ދޫކޮށް ގޮސްފައި ވަނީ ފުލުހުންގެ ހިމާޔަތުގައި 40 މިނެޓް ހުރުމަށްފަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޖެނުއަރީ 2023 | ހޯމަ 06:42
ސްވިޑްން އަދި ޑެންމާކްގައި ހަތިމު އަންދާލި ރަސްމުސް ޕަލުޑަން

ސްވިޑްން އަދި ޑެންމާކްގައި ހަތިމު އަންދާލި ރަސްމުސް ޕަލުޑަން

މިމަހުގެ 21 ވަނަ ދުވަހު ސްވިޑްންގެ ސްޓޮކްހޮމްގައި ތުރުކީއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ހަތިމެއް އަންދާލި ރަސްމުސް ޕަލުޑަން ޑެންމާކްގެ ކޯޕަންހޭގަންގައި ވެސް ހަތިމެއްގައި ރޯކޮށްލައިފިއެވެ.

ޕަލުޑަން ކޯޕަންހޭގަންގައި މި އަމަލު ހިންގާފައި ވަނީ ޖެނުއަރީ 27 ވަނަ ދުވަހު، އެސިޓީގައި ހުރި މިސްކިތެއްގެ ކުރިމަތީގައެވެ.

ޕަލުޑަން އެ މިސްކިތް ކުރިމަތީގައި ހުރެ މިދަށުދަރަޖައިގެ އަމަލު ހިންގާފައި ވަނީ އެގައުމުގެ ފުލުހުންގެ ހިމާޔަތާއެކުއެވެ. މިސްކިތް ކުރިމަތީގައި ހެލްމެޓެއް އަޅައިގެން ހުރެ ހަތިމުގައި ރޯކޮށް، އޭނާ ވަނީ ކީރިތި ރަސޫލާ صلي الله عليه وسلم އަށް ވެސް ފުރައްސާރަކޮށްފައެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މިސްކިތުން ފައިބައިގެން ދިޔަ މީހުންނަށް އަމާޒުކޮށް އޭނާ އަޑުގަދަކުރަމުން ދިޔަ އިރު، އޭނާ ހުރި ސަރަހައްދަށް އާންމު ކައިރިވިޔަ ނުދީ ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދީ އެސަރަހައްދުން ދިޔުމަށްވެސް މިސްކިތުން ފޭބި މީހުންނަށް ވަނީ އަންގާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފެން އަދި އަލިފާން ނިއްވާ ހިފައިގެން ތިބި މީހުންވެސް ފުލުހުން ވަނީ އެސަރަހައްދުން ފޮނުވާލާފައެވެ.

މިސްކިތް ހިމެނޭ ސަރަހައްދު ފުލުހުން ބަންދު ކުރިއިރު، ޕަލުޑަން އެސަރަހައްދު ދޫކޮށް ގޮސްފައި ވަނީ ފުލުހުންގެ ހިމާޔަތުގައި 40 މިނެޓް ހުރުމަށްފަހު ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސްވިޑެންއިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީން އެއްބާރުލުން ދެމުން ނުދާތީ ތުރުކީއާ ދެކޮޅަށް އެގައުމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީ ހިިންގި މުޒާހަރާގައިވެސް ޕަލުޑަން މިކަން ކޮށްފައި ވަނީ އެގައުމުގެ ފުލުހުންގެ ހިމާޔަތާއެކުއެވެ.

ޑެންމާކްގައި ޕަލުޑަން މިއަމަލު ހިންގުމާއެކު އަނެއްކާވެސް އިސްލާމީ ގައުމުތަކުން ވަނީ އެކަން ހަރުއަޑުން ކުއްވެރިކޮށްފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމުތަކުގައި މީހުން ދަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަފްޣާނިސްތާނާއި މެލޭޝިއާ، އިރާން އަދި ތުރުކީގައިވެސް އާންމުން ވަނީ މުގުތަކަށް ނުކުމެ މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ

10 މެއި 2017
މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ
24 އެޕްރީލު 2017

އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި

24 އެޕްރީލު 2017
އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު