Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ ކުއާޓަރލީ ބިޒްނަސް ސާވޭ

2022ގެ ފަހު ކުއާޓަރުގައި ވިޔަފާރިތައް ކުރިއެރި: އެމްއެމްއޭ

30 ޖެނުއަރީ 2023 | ހޯމަ 04:11

132 ކުންފުންޏަކުން ސާވޭގައި ބައިވެރިވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 ޖެނުއަރީ 2023 | ހޯމަ 04:11
ބާޒާރުމަތި

ބާޒާރުމަތި

2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަން އަދި ހޯލްސޭލް، ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ވިޔަފާރިކުރި މިންވަރު މަތިވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ވަނީ 25 ޑިސެމްބަރު 2022 އިން 11 ޖެނުއަރީ 2023 ގެ ނިޔަލަށް ހަތަރުވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން ޖުމުލަ 132 ކުންފުންޏަކުން މި ސާވޭގައި ބައިވެރިވެފައިވެއެވެ. 

ބިޒްނަސް ސާވޭގެ ނަތީޖާއަށް ބަލާއިރު ޖުމުލަ ގޮތެއްގައި ފަތުރުވެރިކަން އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ވިޔަފާރިކުރި މިންވަރު 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މަތިވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ނަމަވެސް މިމުއްދަތުގައި އިމާރާތްކުރުން އަދި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޖުމުލަ ގޮތެއްގައި ސާވޭކުރެވުނު ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ކުރިއަރަމުންދާ މިންވަރު ވަނީ މަތިވެފައެވެ. މިގޮތުން، މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ ނިމިގެން ދިޔަ 2 ކުއާޓަރުގައިވެސް ފަތުރުވެރިކަމުގެ ދައިރާގައި ހިމެނޭ ވިޔަފާރިތަކުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ދެމިގެން ދާނެކަމަށް ބެލެވޭތީ، ކުރިމަގުގައި މިދާއިރާގެ ވިޔަފާރި ކުރިއަރާ މިންވަރު ފަހިވެގެންދާނެކަމަށް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ލަފާކޮށްފައިވީނަމަވެސް، ވިޔަފާރި ކުރިއަރާނެ މިންވަރު ފާއިތުވި ކުއާޓަރާ އަޅާބަލާއިރު މަޑުޖެހިގެންދާނެކަމަށް އެމްއެމްއޭއިން އަންދާޒާކޮށްފައިވެއެވެ. މީގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް، އިމާރާތްކުރުން އަދި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައްވެސް ލަފާކުރަނީ ކުރިއަށް އޮތް ކުއާޓަރުގައި ވިޔަފާރިކުރާ މިންވަރު އިތުރުވާނެކަމަށެވެ.

2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، 2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތަކާއި ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތައް މަތިވެފައިވާކަމަށް ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުންވެސް ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ކުރިމަގަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އޮންނަ ޑިމާންޑް މަޑުޖެހިގެންދާނެކަމަށް ލަފާކުރެވޭތީ އެދާއިރާގައި ހިމެނޭ ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އަދި އެވްރެޖް ރޫމް ރޭޓް ކުރިއަރާ މިންވަރު މަޑުޖެހިގެންދާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނީ 2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ މާލީ ހާލަތު 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ރަނގަޅުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ކުރިމަގަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ މާލީ ހާލަތުވެސް ޖުމްލަގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެއެވެ.

2022 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައިވެސް ސާވޭގައި ހިމެނޭ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށްވެސް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ކުރިމަގަށް ބަލާއިރު، އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް އަދި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވެގެންދާނެކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން ހިންގަމުންގެންދާ ބިޒްނަސް ސާވޭ އަކީ، ކުރު މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުގެ މުހިންމު މިންތަކަށް އައިސްފައިވާ ބަދަލުތަކާ އަދި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް، އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސާވޭއެކެވެ. މި ސާވޭގެ މަގްސަދަކީ ކުރު މުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަޑައެޅުމުގައި އެހީތެރިވެދިނުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2018

2017 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބީއެމްއެލް އަށް ބޮޑު ފައިދާއެއް!

25 ޖެނުއަރީ 2018
2017 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބީއެމްއެލް އަށް ބޮޑު ފައިދާއެއް!
22 ޖެނުއަރީ 2018

19 އަހަރަށް ފަހު ގާސިމާ ނުލައި މަޓީގެ ބޯޑް އެކުލަވާލައިފި

22 ޖެނުއަރީ 2018
19 އަހަރަށް ފަހު ގާސިމާ ނުލައި މަޓީގެ ބޯޑް އެކުލަވާލައިފި
18 ޖެނުއަރީ 2018

ނެސްލޭ ކުންފުނިން އެމެރިކާގައި ކުރާ ޗޮކްލެޓް ވިޔަފާރިތައް ފެރޭރޯއަށް ވިއްކާލަނީ

18 ޖެނުއަރީ 2018
ނެސްލޭ ކުންފުނިން އެމެރިކާގައި ކުރާ ޗޮކްލެޓް ވިޔަފާރިތައް ފެރޭރޯއަށް ވިއްކާލަނީ
02 ޖެނުއަރީ 2018

ޗުއްޓީއަށްފަހު ފްލައިޓްތައް ލޯޑު ބޮޑު!

02 ޖެނުއަރީ 2018
ޗުއްޓީއަށްފަހު ފްލައިޓްތައް ލޯޑު ބޮޑު!
31 ޑިސެމްބަރު 2017

މިއަދަށް ފަހު ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުމެއް ނުކުރެވޭނެ

31 ޑިސެމްބަރު 2017
މިއަދަށް ފަހު ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުމެއް ނުކުރެވޭނެ
21 ޑިސެމްބަރު 2017

އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!

21 ޑިސެމްބަރު 2017
އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމްތައް!
01 ނޮވެމްބަރު 2017

ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ

01 ނޮވެމްބަރު 2017
ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް