Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޔޫކްރެއިނަށް ވަރަށް އަވަހަށް ވަރަށް ބައިވަރު ހަތިޔާރު ބޭނުންވޭ: ޒެލެންސްކީ

30 ޖެނުއަރީ 2023 | ހޯމަ 04:08

ވައިގެ އަސްކަރިއްޔާއަށް އެއަރކްރާފްޓެއް ހޯދުމުގެ މަޝްވަރާތައްވެސް ކުރަމުންދާކަމަށް ޔޫކްރެއިނުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 ޖެނުއަރީ 2023 | ހޯމަ 04:08
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ

ހަނގުރާމައިގެ މަސްރަހު ވަރަށް އަވަހަށް ގޯސްވަމުންދާ ކަމަށާއި ރަޝިއާއާ ކުރިމަތިލާން އަދިވެސް އިތުރު ހަތިޔާރު ވަރަށް އަވަހަށް ބޭނުންވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގެ މަސްރަހު މިހާރު އޮތީ ވަރަށް ގޯސް ފައްތަރެއްގައިކަން ފާހަގަކުރައްވާ އެގައުމުގެ ރައީސް ވަނީ މި ހާލަތު ބަދަލުކުރުމަށް ވީހާވެސް އަވަހަށް އައު ހަތިޔާރު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އާދިއްތަ ދުވަހުގެ ވީޑިއޯ މެސެޖުގައި ޒެލެންސްކީ ވިދާޅުވީ، އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށެވެ. އެގޮތުން ބެޙްމުތު އާއި ވުލެޑަރގެ ހާލަތުވެސް ވަރަށް ގޯސްކަން ފާހަގަކުރައްވާ ޔޫކްރެއިނުން ވަނީ ކޮންމެ ދުވަހަކުވެސް ހުއްޓުމެއްނެތި އެ ސަރަހައްދުތަކަށް ރަޝިއާގެ ހަަމަލާތައް އަމާޒުވަމުންދާކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން މަސައްކަތްކުރަމުންދަނީ އެގައުމުގެ އަސްކަރިއްޔާ ވަރުބަލިކޮށްލާ ދިފާއު ފޫއަޅުވާލަން ކަމަށާއި، ރަޝިއާއަށް ފުރުސަތު ނުދިނުމަށް ޔޫކްރެއިނަށް އައު ހަތިޔާރު ލިބޭ މިންވަރު އަވަސްކޮށް، އިތުރުކޮށް، ވަގުތުގެ ބޭނުން ކުރަން ޖެހޭ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ ވަނީ އެގައުމަށް އެމެރިކާއިން އުފައްދާފައިވާ އޭޓީއޭސީއެމްއެސް މިސައިލް ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ޒެލެންސްކީގެ އަރިސްބޭފުޅަކު ވަނީ އެގައުމަށް ދުރު ރާސްތާ މިސައިލް ހޯދުމުގެ މަޝްވަރާ ގައުމުތަކާއެކު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާގެ އޮފިޝަލަކު ވަނީ އަސްކަރިއްޔާއަށް އެއަރކްރާފްޓެއް ހޯދުމުގެ މަޝްވަރާތައްވެސް ކުރަމުންދާކަމަށް މީޑިއާއަށް މައުލޫމާތު ދީފައެވެ.

ޔޫކްރެއިނަށް ވާގިވެރިވާ ގައުމުތަކުން ވަނީ އެގައުމަށް ޓޭންކަރާ ބަރު ހަތިޔާރު ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ފިނި ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުން އުފައްދާފައިވާ ލެޕަރޑް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވާނެކަމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގެ ބޭރުން އިތުރު އެހެން ސަރަހައްދުތަކަށްދޭ ހަމަލާތައް އިތުރުކޮށްފައިވާކަމަށް ޔޫކްރެއިންގެ އޮފިޝަލުން ވަނީ މައުލޫމާތުދީފިއެވެ.

ފެބްރުއަރީ 24، 2022 ގައި ފެށުނު ހަނގުރާމާގައި އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ހަނގުރާމަ ބޮޑަށް ހޫނުވެގެންދިޔައީ އިރުމަތީ ޔޫކްރެއިންގެ ޑޮންބަސް ސަރަހައްދުގައެވެ. މިއީ ލުހާންސްކް އަދި ޑޮނެސްކް ހިމެނޭ ސަރަހައްދެވެ. މިދެސަރަހައްދުގެ ކޮންޓްރޯލް ނަގައި މި ދެސަރަހައްދަކީ ރަޝިއާގެ ބެލުމުގެ ދަށުގައި އޮތް މިނިވަން ދެ ސަރަހައްދުކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.

ޑޮންބަސް ހިފުމަށްފަހު އިރުމަތީ ޔޫކްރެއިންގެ އިތުރު ސަރަހައްދުތައް ހިފުމުގެ މަސައްކަތް ރަޝިއާއިން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެގައުމުގެ އެހެން ސަރަހައްދެއް ރަޝިއާއަށް ހިފިފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައި މިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަން ރާވާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިންގެ އޮފިޝަލުންނާ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާގޮތުގައި ރަޝިއާގެ ހަމަލާތައް މިހާރު ހުރީ ޔޫކްރެއިންގެ ދިފާއަށް ކެތްނުވާވަރަށް ހަމަލާތައްދީ އެގައުމުން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އަނބުރާ ހޯދުމުގެ ފުރުސަތު ޔޫކްރެއިނަށް ނުދިނުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް