Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑަބްލިއުއެޗްއޯ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިން

ޑަބްލިއުއެޗްއޯގެ މުހިންމު ނިންމުންތަކެއް ނިންމި ކޮމިޓީއެއްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓައިފި

މި އަހަރުގެ ބައްދަލުވުމުގައި ކޮމިޓީގެ 12 މެމްބަރު ޤައުމަކުން ބައިވެރިވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 ޖެނުއަރީ 2023 | އާދީއްތަ 15:02
ޑަބްލިއުއެޗްއޯ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީ

ޑަބްލިއުއެޗްއޯ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީ

މިމަހުގެ 25 ން 27 ށް، ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު ދިވެހިރާއްޖެއިން ބަލަހައްޓައިފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ޢާއިޝަތު ރިޝްމީއެވެ. މިއީ، މި ކޮމިޓީގެ މެމްބަރު ޤައުމެއްގެ ގޮތުގައި، 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖެ ހޮވުނުފަހުން ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމެވެ.

Advertisement - newsAdvertisement

ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ. މި އަހަރުގެ މި ބައްދަލުވުމުގައި ކޮމިޓީގެ 12 މެމްބަރު ޤައުމަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ޞިއްޙީދާއިރާގެ 2022-2023 އަދި 2024-2025 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓާއި ބެހޭ މުހިއްމު ނިންމުންތަކެއް ނިންމައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންސާނީ ވަޞީލަތްތައް ބޭނުންކުރެވޭ ގޮތާމެދު މަޝްވަރާކުރެވި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ބަޖެޓް އަދި އިވެލުއޭޝަން ރިޕޯޓުތައް ދިރާސާކޮށް، ޞިއްޙީ ދާއިރާގައި ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވި ނިންމުންތައް ނިންމާފައިވެއެވެ.

ޞިއްޙީ ދާއިރާގެ މިފަދަ މުހިންމު ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ، ޞިއްޙީ ދާއިރާގައި ދިވެހިރާއްޖޭގެ ޙައިޞިއްޔަތާމެދު އިތުބާރުލިބި، ދިވެހިރާއްޖެއާ އެހެނިހެން ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެއް ކަމަށާއި، މިއީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވަނީ، މި ބައްދަލުވުން ޗެއަރކުރެއްވި ޢާއިޝަތު ރިޝްމީގެ މަސައްކަތްތައް ފާހަގަކުރައްވައި މި ބައްދަލުވުން ކުރިއަށް ގެންދިޔަ ގޮތާއިމެދު ތަޢުރީފުކުރައްވައި، ރިޝްމީއަށާއި ދިވެހިރާއްޖެއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ހުށައަޅައިފި

30 މެއި 2017
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ހުށައަޅައިފި
13 މެއި 2017

މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި

13 މެއި 2017
މިރޭ އިއުލާންކުރަން ނިންމި، ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފި
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު