Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޔޫކްރެއިނުން ދިގު ރާސްތާ މިސައިލް ހޯދުމަށް މަސައްކަތްކުރަނީ

29 ޖެނުއަރީ 2023 | އާދީއްތަ 14:31

ޔޫކްރެއިނަށް އެހީތެރިވުމުގެ ގޮތުން ހުޅަނގުގެ ގައުމުތަކުން ވަނީ އެގައުމަށް ޓޭންކަރު ފޯރުކޮށްދޭންވެސް އެއްބަސްވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 ޖެނުއަރީ 2023 | އާދީއްތަ 14:31
ރަޝިއާގެ އަސްކަރިއްޔާއާއި ކުރިމަތިލުމަށް ޔޫކްރެއިނަށް ދިގު ރާސްތާ މިސައިލް ހޯދުމަށް މަސައްކަތްކުރަނީ

ރަޝިއާގެ އަސްކަރިއްޔާއާއި ކުރިމަތިލުމަށް ޔޫކްރެއިނަށް ދިގު ރާސްތާ މިސައިލް ހޯދުމަށް މަސައްކަތްކުރަނީ

ރަޝިއާގެ އަސްކަރިއްޔާއާއި ކުރިމަތިލުމަށް ޔޫކްރެއިނަށް ދިގު ރާސްތާ މިސައިލް ހޯދުމަށް އެގައުމަށް ވާގިވެރިވާ ގައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނުން ބުނަމުންދަނީ ރަޝިއާއިން އެގައުމަށް ދެމުންދާ ހަމަލާތަކުގައި ގައުމު ފުނޑުފުނޑު ވިޔަ ނުދިނުމަށް މިހާރު ދިގު ރާސްތާ މިސައިލް ބޭނުންވާކަމަށެވެ. އެގޮތުން، ރަޝިއާއިން ދެމުންދާ ވައިގެ ހަމަލާތައް މަދުކުރުމަށާ ރައްދުގައި ހަމަލާދޭން ދިގު ރާސްތާ މިސައިލް އެގައުމުން ބޭނުންވާކަމަށް ޔޫކްރެއިނުން ބުނެއެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމަ ހޫނުވެ، ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި ޔޫކްރެއިނަށް އެހީތެރިވުމުގެ ގޮތުން ހުޅަނގުގެ ގައުމުތަކުން ވަނީ އެގައުމަށް ޓޭންކަރު ފޯރުކޮށްދޭންވެސް އެއްބަސްވެފައެވެ.

ޔޫކްރެއިނަށް އިތުރު ބަރު ހަތިޔާރު ފޯރުކޮށްދޭން ގައުމުތަކުން ނިންމާފައިވާއިރު، އެގައުމުުތަކުން ވަނީ މިހާރު ރަޝިއާއިން ޔޫކްރެއިނަށް ހަމާލާދެމުންދާ ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ހަމަލާދޭނެ ހަތިޔާރު ރަޝިއާގައި ނުހުންނާނެކަމަށް ބުނަމުންނެވެ. ނަމަވެސް މިކަމުގެ ރައްދުގައި ރަޝިއާއިން ވަނީ އެގައުމުން ހަތިޔާރު ހުސްނުވާ ކަމަށް ބުނެފައެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ވަރަށް ރަޝިއާގައި ހަތިޔާރު އެބަހުރި ކަމަށާއި އެގައުމުން ހަތިޔާރު ހުސްނުވާކަމަށް އެގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަރިސް ބޭފުއްޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވަނީ ވިދާޅުވެފައެވެ.

 އޭނާ ވަނީ ހުރިހާ ހަތިޔާރެއްވެސް ބޭނުންވާ ވަރަށް ރަޝިއާގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މެޑްވެޑެވް ވަނީ ރަޝިއާގައި މިވަގުތު ހުރި ބައެއް ހަތިޔާރުތައް ފެންނަ ވީޑިއޯއެއްވެސް އާންމުކުރައްވާފައެވެ.

ހަނގުރާމައާ ގުޅިގެން މީގެ ކުރިން ދެއްކެވި ވާހަކައެއްގާ މެޑްވެޑެވް ވަނީ މިފަދަ އާދައިގެ ކުރިމަތިލުމަކުން ރަޝިއާ ފަދަ ނިއުކްލިއަރ ބާރެއް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ ނަމަ ނިއުކްލިއަރ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް ވިދާޅުވެ ހުޅަނގަށް އިންޒާރުވެސް ދެއްވާފައެވެ.

ޓެލެގްރާމް މެދުވެރިކުރައްވާ ކުރެއްވި ޕޯސްޓެއްގައި މެޑްވެޑެވް ވިދާޅުވެފައި ވަނީ، ނިއުކްލިއަރ ބޮޑު ބާރެއް، އާދައިގެ ހަނގުރާމައަކުން ބަލިވުމަކީ ނިއުކްލިއަރ ހަނގުރާމައެއް 'ޓްރިގަރ' ކުރެވޭނެކަމެއް ކަމަށެވެ.

ރަޝިއާގެ ރައީސްކަމުގެ މަގާމު 2008 ވަނަ އަހަރުން 2012 ވަނަ އަހަރަށް ކުރެއްވި މެޑްވެޑެވް ވަނީ މީގެ ކުރިން ދުވަހަކުވެސް ނިއުކްލިއަރ ބާރެއް، އެމީހުންގެ މުސްތަގުބަލު އެކަމެއްގެ މައްޗަށް ބިނާވެފައި އޮތް މިފަދަ ބޮޑު ކުރިމަތުލުމެއްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

މެޑްވެޑެވް ވަނީ ނޭޓޯ އާއި ހުޅަނގުން، ހަނގުރާމާގައި ޔޫކްރެއިނަށް ވާގިވެރިވެ، ރަޝިއާ ބަލިކުރުމަށް ރާވަމުންދާ ރޭވުންތަކާއެކު ނެގޭ ރިސްކާމެދު ވިސްނާލަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ރަޝިއާ އަދި އެމެރިކާ އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ނިއުކްލިއަރ ދެ ބާރެވެ. މިދެގައުމުން ދުނިޔޭގެ ނިއުކްލިއަރ ބާރުގެ 90 އިންސައްތަ ހިއްސާކުރާއިރު، ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ރަޝިއާއިން ވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރުދީފައެވެ.

ނޭޓޯގެ ގައުމުތައް ގުޅުމުން އަސްކަރީ ގޮތުން ރަޝިއާގެ މައްޗަށް ބާރުގަދަވެވުނު ނަމަވެސް، ނިއުކްލިއަރ ހަތިޔާރުގެ ގޮތުން ހުޅަނގުގެ ގައުމުތަކުގެ މައްޗަށް ރަޝިއާއަށް ބާރުއެބައޮތެވެ.

ފެބްރުއަރީ 24، 2022 ގައި ފެށުނު ހަނގުރާމައަށް މިހާރު މިވަނީ 11 މަސް ދުވަސްވެފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
06 މާރިޗު 2017

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި

06 މާރިޗު 2017
އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް