Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ޒިންމާއާ ހަވާލުވިތާ މަހެއް، އާއްމުންގެ ޝަކުވާތައް މަދެއް ނުވި!

މަގުމަތީގައި ޖަމާކޮށްގައި ހުންނަ ކުނި ނުނަގާ ކަމުގެ ޝަކުވާތައް އާއްމުން ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖެނުއަރީ 2023 | އާދީއްތަ 13:17
މާލެ ސިޓީ ގައި ކުނި ޖަމާކުރަމުން އައި ސަރަހައްދު

މާލެ ސިޓީ ގައި ކުނި ޖަމާކުރަމުން އައި ސަރަހައްދު

މާލެއާއި ވިލިމާލޭގެ އާއްމު ތަންތަނުގެ ކުނި ކެހުމާއި ކުނި ނެގުމާއި އެ ކުނި ނައްތާލުމުގެ ޒިންމާއާ މާލެ ސިޓީ ކައުންސިލުން ހަވާލުވިތާ މަހެއް ވެއްޖެއެވެ. މި ޚިދުމަތާ އެ ކައުންސިލުން ހަވާލުވީ މިހާތަނަށް އެ ޚިދުމަތް ދެމުން އައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް އެ ޚިދުމަތް ފުރިހަމައަށް ނުދެވޭ ކަމަށާއި ޚަރަދުތައް ބޮޑު ކަމަށް ބުނެއެވެ.

ތެދެކެވެ. ވެމްކޯއިން މާލެ ސަރަހައްދުގެ ކުނި ކެހުމާއި އެ ކުނި ނެގުމާއި ކުނި އުކާލުމުގެ ޒިންމާ އުފުލަމުން އައި އިރުވެސް ރައްޔިތުންގެ ޝަކުވާތައް ހުއްޓެވެ. އެންމެ ބޮޑަށް އަޑުއިވެމުން އައި ޝަކުވާއަކީ މަގުމައްޗަށް އެކި ފަރާތްތަކުން ނެރެފައި ހުންނަ ކުނި ނުނަގާ ހުންނަ ކަމުގެ ޝަކުވާތަކެވެ. އޭރުވެސް ވެމްކޯއިން އައީ މަގުމައްޗަށް ކުނި ނުނެރުމަށް އާއްމުންގެ ފަރާތުން އެދެމުންނެވެ. ނަމަވެސް ފީއެއް ނުދައްކައި ކުނި އުކާލުވަން ބޭނުންވާ ބައެއް ފަރާތްތަކުން ކޮވިޑު ތެރޭގައި އެ ކުންފުނިން ގެނައި ބަދަލާއެކު އޭގެ ނާޖާއިޒު ފައިދާ ނަގަން ފެށީއެވެ.

މަގުމައްޗަށް މިހާރުވެސް ކުނި ނެރެއެވެ. ނަމަވެސް އެއީ މިހާރު ވެމްކޯގެ ޒިންމާއެއް ނޫނެވެ. މިހާރު އެ ކުނީގެ ޒިންމާ ނަގަން ޖެހޭނީ ސިޓީ ކައުންސިލުންނެވެ. ވެމްކޯއިން ވަނީ އެ ކުންފުންޏާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުން އައު ނުކުރަން ނިންމުމާއެކު އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށް ބުނެފައެވެ. މީގެ ކުރިން އެ ކުންފުނިން ސިޓީ ކައުންސިލާއެކު އެެއްބަސްވުމެއް ހަދާފައިވާތީ އައީ ރަޖިސްޓްރީ ނުކޮށް ހުންނަ ގެތަކުން ވެސް ނެރޭ ކުނި ނަގަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ކުނި ކެހުމުގެ ޒިންމާއާ ހަވާލުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކައުންސިލުން ޒިންމާއާ ހަވާލުވިފަހުން ވެސް ރައްޔިތުންގެ ޝަކުވާތަކަށް ބަދަލުތައް އަންނަތަނެއް ނުފެނެއެވެ. ފެންނަނީ މި ޝަކުވާތައް ކުރިއަށްވުރެ ގިނަވެފައިވާތަނެވެ. އެ ކައުންސިލަށް މާލެ ސަަރަހައްދުގެ ކުނި ކެހުމާއި ނެގުމާއި އުކާލުމުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވޭ ކަމުގެ ޝަކުވާތަކެވެ.

މަގުމައްޗަށް ކުނި ނެރުން ހުއްޓުވަން ކައުންސިލުން އެންމެ ގިނައިން ކުނި ޖަމާކުރާ ސަރަހައްދުތައް ފާހަގަކޮށް އެތަންތަނުގެ ލިސްޓެއް އާއްމުކޮށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ. އަދިވެސް އެކި ސަރަހައްދުތަކުގައި ކުނި ޖަމާކޮށްފައި ހުންނަ މަންޒަރު ފެނެއެވެ.

ސިޓީ ކައުންސިލުން ޒިންމާއާއި ހަވާލުވި އިރުވެސް ވެމްކޯއިން އައީ ކައުންސިލުގައި އެ ޒިންމާ އަދާ ކުރެވޭނެ ވަރުގެ ކެޕޭސިޓީ ނެތްކަމަށް ބުނަމުންނެވެ. ނަމަވެސް އެ ވާހަކަތަކަށް އިޖާބަ ނުދީ ކުނި ނެގުމުގެ މަސައްކަތާ ހަވާލުވެ އެ ކައުންސިލުން ނަގާ ކުނިތައް ޖަމާ ކުރަމުން އައީ ސިޓި ކައުންސިލުގެ ބިމަކަށެވެ. ފޮޓޯތަކުން "ގޮނޑެއް" ގޮތަށް ސިފަވާ އެ ތަނަށް ކުނި ޖަމާކުރާތީ އެކަން ނުކުރަން ދާދިފަހުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ވަނީ ކައުންސިލަށް އަންގާފައެވެ.

މިގޮތަށް އެއްތަނަކަށް ނުބައިވަސްދުވާ ކުނި ޖަމާކޮށްފައި ބެހެއްޓުމަކީ އެކަމުގެ ސަބަބުން ނުރައްކާތެރި ބަރިތައް އާލާވެ ފެތުރެންވެސް މެދިވެރިވާނެ ކަމެކެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2022

ކައްޓޮޅި: ފުވައްމުލަކު ރައްޔިތުންނަށް މިވަރެއް ނެތް، މަހެއްގެ އަގު 500 ރުފިޔާއިން މަތީގައި

10 ސެޕްޓެމްބަރު 2022
ކައްޓޮޅި: ފުވައްމުލަކު ރައްޔިތުންނަށް މިވަރެއް ނެތް، މަހެއްގެ އަގު 500 ރުފިޔާއިން މަތީގައި
20 ޖުލައި 2022

ޤާނޫނު އާއްމުންގެ އަތްމައްޗަށް، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް!

20 ޖުލައި 2022
ޤާނޫނު އާއްމުންގެ އަތްމައްޗަށް، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް!
25 މާރިޗު 2022

ރޯދަމަހަކީ ދިވެހިންނަށް ޚަރަދު ބޮޑު މަހެއް

25 މާރިޗު 2022
ރޯދަމަހަކީ ދިވެހިންނަށް ޚަރަދު ބޮޑު މަހެއް
29 ޑިސެމްބަރު 2021

ދަނޑުވެރިންގެ ޝަކުވާތައް މަދުވެ، ހިނިތުންވުން ގެނުވައިފި

29 ޑިސެމްބަރު 2021
ދަނޑުވެރިންގެ ޝަކުވާތައް މަދުވެ، ހިނިތުންވުން ގެނުވައިފި
31 އޯގަސްޓު 2020

ލިބުނު ގެއްލުން ބޮޑު، މަސައްކަތް ކުރަނީ މަހެއްގެ ތެރޭގައި ހުޅުވޭތޯ: އެސްބީއައި

31 އޯގަސްޓު 2020
ލިބުނު ގެއްލުން ބޮޑު، މަސައްކަތް ކުރަނީ މަހެއްގެ ތެރޭގައި ހުޅުވޭތޯ: އެސްބީއައި
24 އޮކްޓޯބަރު 2019

ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!

24 އޮކްޓޯބަރު 2019
ހުރިހާ އަނިޔާއެއް ޑްރައިވަރުންނަށް، ޝަކުވާތައް އަޑު އައްސަވާ!
05 މެއި 2019

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

05 މެއި 2019
ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!
05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު