Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

100 ވަނަ މެޗުގައި ލަނޑު ޖަހައި ޕެޑްރީ ބާސެލޯނާ މޮޅުކޮށްދީފި

މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޕެޑްރީ ޖެހީ 61 ވަނަ މިނެޓުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2023 | އާދީއްތަ 05:15
ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޕެޑްރީ އުފާ ފާޅު ކުރަނީ

ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޕެޑްރީ އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ބާާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ފޯވާޑް ޕެޑްރީ އެވެ. މިއީ ލަސް ޕަލްމާސް އިން ބާސެލޯނާ އަށް ބަދަލުވި ޕެޑްރީ އެ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. މެޗުގައި ޕެޑްރީ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއީ މި ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އައި ފްރާންސްގެ އޮސްމާން ޑެމްބެލޭ އަށް އަނިޔާވުމުންނެވެ. ޑެމްބެލޭގެ ބަދަލުގައި ޕެޑްރީ ކުޅެން ނުކުމެފައި ވަނީ މެޗުގެ 26 ވަނަ މިނެޓުގަ އެވެ. މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޕެޑްރީ ޖެހީ 61 ވަނަ މިނެޓުގަ އެވެ. އެއީ ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ ކުޅުނު 18 މެޗުން 47 ޕޮއިންޓު ހޯދައިގެންނެވެ. ބާސެލޯނާ އަށްވުރެ މެޗެއް މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 41 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު