Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލްގެ އެއްބަސްވުން ގަބްރިއެލް މާޓިނެލީ އައުކޮށްފި

އާސެނަލާއެކު މާޓިނެލީ އައުކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖެނުއަރީ 2023 | ހޮނިހިރު 06:26
އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ މާޓިނެލީ

އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ މާޓިނެލީ

އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ ގަބްރިއެލް މާޓިނެލީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އާސެނަލާއެކު މާޓިނޭލީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އެހެންކަމުން އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ އާސެނަލްގެ އެއްބަސްވުން އިތުރު ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް އައުކޮށްފައެވެ. އާސެނަލުން އެންމެ ފުރަތަމަ ބޭނުންވީ މާޓިނެލީގެ އެއްބަސްވުމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ކުލަބުން ބޭނުންވީ ދިގު މުއްދަތަކަށް އޭނާ ކުލަބުގައި މަޑުކުރާށެވެ. އާސެނަލާއެކު މާޓިނެލީ އައުކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.

ބްރެޒިލްގެ އިޓުއާނޯ ދޫކޮށް މާޓިނެލީ އާސެނަލަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅަށް ކުޅެމުންނެވެ. އާސެނަލްގެ ގިނަ މެޗުތަކުގައި މިހާރު އޭނާ އަންނަނީ ފުރަތަމަ 11އިން ޖާގަ ހޯދަމުންނެވެ. މާޓިނެލީ ވަނީ މިހާތަނަށް އޭނާ އާސެނަލަށް ކުޅެދިން 111 މެޗުގައި 25 ލަނޑު ޖަހާފައެވެ. މިހާރު ކުރިއަށްދާ ސީޒަންގައިވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު 27 މެޗުގައި އޭނާ ވަނީ ހަތް ލަނޑު ޖަހާފައެވެ. އާސެނަލާއެކު މާޓިނެލީ ވަނީ 20-2019 ވަނަ ސީޒަންގެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
11 އެޕްރީލު 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް
18 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު