Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާނުގެ ހާލަތު

ގަދަ ފިނިން ސަލާމަތްވާނެ ގޮތެއް ނެތި، އަފްޣާނިސްތާނުގައި އެތައް މަރެއް!

މޫސުމީ ކާރިޘާތަކާ ގުޅޭ 160 މަރެއް ވަނީ ރެކޯޑް ކޮށްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2023 | ހުކުރު 10:20
ގަދަ ފިނިން ސަލާމަތްވާނެ ގޮތެއް ނެތި، އަފްޣާނިސްތާނުގައި އެތައް މަރެއް!

ގަދަ ފިނިން ސަލާމަތްވާނެ ގޮތެއް ނެތި، އަފްޣާނިސްތާނުގައި އެތައް މަރެއް!

މިއަދު އެއީ ދުނިޔޭގައި އެންމެ ހާލުގައި ޖެހިފައި އޮތް ޤައުމު ކަމުގައިވެސް ދެންނެވިދާނެއެވެ. މި ދައްކަނީ، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިކޮށްފައި އޮތް އަފްޣާނިސްތާނުގެ ވާހަކައެވެ. ޤައުމުގެ ކޮންޓްރޯލްގައި ކޮންމެ ފަދަ ބަޔަކު ބާރާއި ނުފޫޒު ހިންގަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ދުނިޔެއަށް ކުރިމަތިލާން ޖެހޭ ކޮންމެ ކާރިޘާއަކާ، ޚުދު އެ ޤައުމުވެސް ކުރިމަތިލާން ޖެހެއެވެ. އަޑު ހަރުކޮށް އެކަމެއްގެ ވާހަކަ، އެންމެންވެސް ދައްކަމުންދާ މޫސުމީ ނޭދެވޭ ބަދަލުތަކާއި އެކަމުގެ ހިތި އަސަރުތައްވެސް އަފްޣާނިސްތާނުގެ ރައްޔިތުން ދަނީ  ތަޖުރިބާ ކުރަމުންނެވެ.

މި ދުވަސްވަރަކީ އަފްޣާނިސްތާނަށް ފިނި މޫސުމުގެ ދުވަސްވަރެވެ. މި ފަހަރުގެ ފިނި މޫސުމަކީ، އިންތިހާއަށް ގަދަ ފިންޏާ ކުރިމަތި ކުރުވި މޫސުމެއް ކަމަށް މައުލޫމާތު ލިބެއެވެ. އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ޖެނުއަރީ 26 ވަނަ ދުވަހު ހާމަ ކޮށްފައި ވާ ގޮތުގައި، މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް، މޫސުމީ ކާރިޘާތަކާ ގުޅޭ 160 މަރެއް ވަނީ ރެކޯޑް ކޮށްފައެވެ. ކަން މިހެން އޮތް އިރު، އާންމުން ދަނީ، ގެތަކުގައި ހޫނު ހިފަހައްޓަން ހަކަތަ ގަންނާނެ ތަނަވަސްކަން އަތުގައި ނެތް ކަމުގެ ޝަކުވާ ކުރަމުންނެވެ. އާންމުން ދިރިއުޅޭ ގެތަކުގެ ފިނިހޫނުމިން ހުންނަނީ ގަނޑުވެއޭ ބުނާ މިންވަރަށްވުރެ ފިނިގަދަކޮށެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި ވެރިކަން ހިންގަމުން ދާ ކާބުލްގައި ސްނޯ ބޯވެފައި ވާ ސަރަޙައްދުގައި ޖަމާވެފައިވާ ކުނިތައް ހޭވުމުގަ އަވަދިނެތި އުޅެމުން ދިޔައީ ކުޑަކުޑަ ކުދިންތަކެކެވެ. އެ ކުދިންގެ މަސައްކަތަކަށްވީ، ގޭގައި ހޫނު ހިފެހެއްޓުމަށްޓަކާ، ހަކަތައިގެ ގޮތުގައި އަންދާނެ ޕްލާސްޓިކް ކުނިބުނި ހޮވުމެވެ. އެކުދިންގެ ޢާއިލާތަކަކީ ދަރާއި ބޯޓުދެލި ފަދަ އެއްޗެހި ގަތުމުގެ ތަނަވަސްކަން ނެތް ޢާއިލާތަކުގެ ކުދިންނެވެ.

މާ ދުރު ނޫން ހިސާބެއްގައި، ޢުމުރުން 30 އަހަރުގެ ސޭޓު، އާޝޫރު ޢަލީ، އޭނާގެ 5 ދަރިންނާއެކު ދިރިއުޅެމުންދަނީ ކޮންކުރީޓް ބިންގަރާހެއްގައެވެ. ހުރިހާ ދަރިންވެސް ތިބީ، ވާ ފިނިން ތުރުތުރު އަޅައަޅައެވެ.

ފިހާރައިން ލިބޭ ކުޑަ އާމްދަނީއިން ތެލާއި ކާބޯތަކެތި ގަންނަންވެސް ފުދޭ މިންވަރު ނުވާކަމަށް ޢަލީ ބުންޏެވެ. އޭނާގެ ދަރިންކޮޅު ތިބީ ބަނޑަށެވެ. ކަރު ހިއްކައިގެންފައެވެ.

އަފްޣާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ މިނި މޫސުމަކީ، މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިލާން ޖެހުނު އެންމެ ގަދަ ފިނީގެ ދުވަސްވަރެވެ. ބައެއް ފަހަރު، މައިނަސް 34 ޑިގްރީ ސެލްސިއަސްއަށްވެސް ފިނިހޫނުމިން ދަށަށް ގޮސްފައި އެބަހުއްޓެވެ.

މި ހުރިހާ ކަމަކާ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި މި ވަނީ، އިޤްތިޞާދީ ކާރިޘީ އަނދަވަޅެއްގެ ތެރޭގައި ނޭވާ ނުލެވި، އިނދަޖެހެމުން ދަނިކޮށެވެ.

އަންހެން މަސައްކަތްތެރިންނާ ދެކޮޅަށް ޠާލިބާނުން ދާދި ފަހުން ނެރުނު ޢަމުރާ ގުޅިގެން، ބައިނަލްއަޤުވާމީ އެހީދޭ ގިނަ ގުރޫޕުތަކަކުން ވަނީ އަފްޣާނިސްތާނުގައި ހިންގާ އޮޕަރޭޝަންތައް މެދުކަނޑާލާފައެވެ. ހުރިހާ ވޭނަކާއި ހިތްދަތި ކަމެއް ތަހައްމަލު ކުރަން ޖެހޭ ބަޔަކަށް ވެފައި ވަނީ އަފްޣާނިސްތާނުގެ ނިކަމެތި އާންމު ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު