Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގެ ތަރައްގީ

އަސްލަމް ރައީސްއަށް - މަޑުމަޑުން އިންނަވާފައި އައްޑޫ ރައްޔިތުންނަށް ތިޔަކޮށްދެއްވީ ހާދަ ކަމެކޭ!

މި ސަރުކާރުން އެކުލަވާލެވިފައިވާ ޕްރޮގްރާމްތަކާއި ޕްރޮޖެކްތްތަކާއެކު 2 ބިލިއަން ރުފިޔާ މަސްވެރިކަމަށް އިންވެސްޓްކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޖެނުއަރީ 2023 | ހުކުރު 08:02
މެންބަރު މުހައްމަދު އަސްލަމް

މެންބަރު މުހައްމަދު އަސްލަމް

މަޑުމަޑުން އިންނަވާފައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އައްޑޫ ރައްޔިތުންނަށް ގިނަކަންކަން ކޮށްދެއްވައިފި ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަސްލަމް ވިދާޅުވީ މި ސަރުކާރުން ހިނގަހިނގާ އޮތް 2 ރަށްވެސް ބަންދުކުރި ވާހަކަ ވަރަށް ބާރަށް ދައްކަމުންދާ ކަމަށެވެ. ނަމަވެސް ކަންވެފައި އޮތް ގޮތަކީ ރައީސް މައުމޫންގެ ދައުރުގައި އައްޑޫގައި ރިސޯޓް ހަދަން ވަރަށް ބޮޑު ޕްރެޝަރެއް އައި ކަމަށެވެ. އަދި ރައީސް މައުމޫން ނިންމެވީ އައްޑޫއަށް ޓުއަރިޒަމް ގެންނަވަން ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ހިއްސާ އޮންނަގޮތަށް ފުރަތަމަ ވިލިނގިލި ހައްދަވަން ނިންމަވާ ކުލީގެ ގޮތުގައި ކަނޑައެޅުނީ އެނދަކަށް 800 ޑޮލަރު ކަމަށާއި، އެ ޒަމާނަކީ 20 ހާހުން އެނދުގެ ކުލީގެ ގޮތުގައި މީހުން ޖަހައިގެން ރަށްތައް ނަގަމުން ދިޔަ ދުވަސްވަރު ކަމަށެވެ. ނަމަވެސް ކަނޑައެޅުއްވީ ކުޑަ ކުއްޔެއް ކަމަށެވެ. ހަމަ އެގޮތަށް ހެރެތެރެދެއްވީ 1200 އެނދަށް ފުރަތަމަ އަހަރު 880 އެމެރިކާ ޑޮލަރު ދެވަނަ އަހަރު އޭގެ ފަހުން 968 އެމެރިކާ ޑޮލަރު އެނދެއްގެ ރޭޓުން ކަމަށެވެ. އެހެންކަމުން މިއިން އެއްވެސްތަނަކުން ބައިލައްކަ ޑޮލަރަށްވުރެ ގިނައިން ދައްކަން ނުޖެހުނު ކަމަށެވެ.

މެންބަރު އަސްލަމް ވިދާޅުވީ 5 ލައްކަ ޑޮލަރު ދައްކަން ނުޖެހޭ ތަނެއްގެ އަގު 2 މިލިއަން ޑޮލަރަށް ބަދަލުވެގެންދިޔުމުން، ދޮޅު މިލިއަން ޑޮލަރު މިއިން ކޮންމެ ތަނަކުން އިތުރަށް ދައްކަން ޖެހުނު ކަމަށެވެ. އަދި 10 އަހަރު ހިންގާ ނިމުނުއިރު ހެރެތެރޭގެ ގެއްލުން 10 ވަރަކަށް މިލިއަން ޑޮލަރަށް އެރި ކަމަށެވެ.

މި ހުރިހާ ކަމަކާއެކު ސަރުކާރުން އެތަނުގެ ހިއްސާއަށް ފައިސާ ދައްކަމުން ގޮސްފައިވާ ކަމަށާއި، އެތަނުގެ ހިއްސާ ދޫކޮށްލާ އެތަން ހިންގޭނެ ގޮތެއް ރައީސް ޞާލިހް ހޯދައިދެއްވީތީ އެމަނުކުފާނަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

"މި ސަރުކާރުން މި ދެންނެވި 8 ޑޮލަރު 2 ޑޮލަރަށް ބަދަލު ކޮށްދެއްވީ. ރިސޯޓުގެ ބިމުގެ ކުލީގެ ގޮތުގައި މިހާރު ދައްކަން ޖެހޭނީ 8 ލައްކަ ޑޮލަރު. އެއީ 1.2 މިލިއަން ޑޮލަރުގެ ގެއްލުމަކުން ސަލާމަތްވީ" ކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓުއަރިޒަމްގެ 8 ހާސް އެނދު ހަމަކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއްޖެ ކަމަށާއި، 90 އެތައް ޕްލޮޓެއް ގެސްޓްހައުސް އަޅަން ދޫކޮށް، އެތަންތަނަށް އިންވެސްޓަރުން ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ. ހަންކެޑެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެތަން ވަކިވެފައި ނެތުން ކަމަށާއި، މިސަރުކާރުން ބޮޑު ހަރަދުކޮށްގެން ބްރިޖެއް އެ އަޅަނީ ދައްކާކަށެއް ނޫން ކަމަށާއި، ހަންކެޑަ ވަކިކޮށް ރިސޯޓެއްގެ ގޮތުގައި ހިންގޭގެ ފުރިހަމަ ޖާގަ ހޯދައި ދިނުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މެންބަރު އަސްލަމް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މަސްވެރިކަމާއި ގުޅިގެން ކަމަށެވެ. އަދި 2018 ވަނަ އަހަރާ ހަމައަށް އައި އިރު 42 ހާސް މެޓްރިކް ޓަނުގެ މަސް ގަނެގެން 813 މިލިއަން ރުފިޔާ ދެވުނު ކަމަށާއި 2022 ގައި 63 ހާސް މެޓްރިކް ޓަނުގެ މަސް ގަނެގެން 1 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

އަދި މަސްވެރިކަމަށް ސަރުކާރުތަކުން އިންވެސްޓުނުކުރާ ކަމަށާއި، މި ސަރުކާރުން އެކުލަވާލެވިފައިވާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާއެކު 2 ބިލިއަން ރުފިޔާ އިންވެސްޓްކޮށްދީފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން މިހާރުވެސް އެއްބޯޓު ގެނެސްފައިވާ ކަމަށާއި، އިތުރު 3 ބޯޓު އައުމުގެ މަގުމަތީގައިވާ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އަންނަނީ އެއްނޫން ކަމަށާއި، ގަނެފައި އެޑްވާންސް ފައިސާ ދައްކާފައި ހުރި ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު