Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުން

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއީ ދައުލަތުގެ ބަޖެޓުން 20،045،496.60 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖެނުއަރީ 2023 | ބުރާސްފަތި 14:20
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)އާއެވެ. މިއީ ދައުލަތުގެ ބަޖެޓުން 20،045،496.60 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Advertisement - newsAdvertisement

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން، އެރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެއެވެ.

މި މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 670 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް، އަދި 20 މީޓަރުގެ ތިން ގްރޮއިން ގާއިމްކުރުމާއި އެ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

29 ނޮވެމްބަރު 2017
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
06 ނޮވެމްބަރު 2017

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި

06 ނޮވެމްބަރު 2017
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި
30 ސެޕްޓެމްބަރު 2017

ދިއްދޫއާއި ފުނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

30 ސެޕްޓެމްބަރު 2017
ދިއްދޫއާއި ފުނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި
18 ސެޕްޓެމްބަރު 2017

ތިން ސަރަހައްދެއްގައި ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

18 ސެޕްޓެމްބަރު 2017
ތިން ސަރަހައްދެއްގައި ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު