Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕަ ޑެލް ރޭ

ސޮސިއެޑާޑު ބަލިކޮށް ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި

ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ 1-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2023 | ބުރާސްފަތި 05:29
ބާސެލޯނާ އިން ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ސެމީން ބާސެލޯނާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. ދާދި ފަހުން ސްޕެނިޝް ސުޕަ ކަޕްގެ ތަށި ވެސް ހޯދި ބާސެލޯނާ މިވަގުތު އޮތީ ވެސް ރަނގަޅު ފޯމެއްގަ އެވެ. ސްޕެނިޝް ލީގު ތާވަލްގެ އެއް ވަނައިގައި ވެސް އޮތީ އެ ޓީމެވެ.

ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ތަރި އަކީ ފްރާންސްގެ ފޯވާޑް އޮސްމާން ޑެމްބެލޭ އެވެ. މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް، ސޮސިއެޑާޑަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ އެ ޓީމުގެ މިޑްފީލްޑަރު ބްރައިޒް މެންޑޭޒް އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ ހަަމައެކަނި ލަނޑު ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި ޖެހީ ޑެމްބެލޭ އެވެ. އެއީ ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ކުއާޓާ ފައިނަލްގައި އޮސަސޫނާ އިން ވަނީ 2-1 އިން ސެވިއްޔާ ބަލިކޮށް ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ. މިއީ 2005 ވަނަ އަހަރުގެ ފަހުން އޮސަސޫނާ އިން މުބާރާތުގެ ސެމީ ފައިނަަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ކުއާޓާ ފައިނަލްގައި ބުރާސްފަތި ދުވަހުގެ ރޭ ރެއާލް މެޑްރިޑު ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ވެލެންސިއާ ނިކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު