Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ކުތުބުޚާނާ

ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށްފަހު އަލުން ހުޅުވައިފި

އިންޓަރނެޓް ބޭނުންކުރުމަށްޓަކައި ފަހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ބަހައްޓާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2023 | ބުދަ 17:48
ގައުމީ ކުތުބުޚާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

ގައުމީ ކުތުބުޚާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

ކުތުބުޚާނާ ހުޅުވާފައިވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި، ދިވެހިބަހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައި އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި، ނިޝާން ދިޔަމިގިލީ އިއްޒަތުގެ ވެރިޔާ، އަލްމަރްހޫމާ އަންނަބީލާ ހަބީބާ ހުސައިން ހަބީބްގެ ހަނދާނުގައި ސުކޫތެއް ވަނީ ގެނެސްފައެވެ.

މައި ރީޑިންގ އޭރިއާ:ފްލޯރިންގ ބަދަލުކޮށް، ލައިބްރަރީގެ މާހައުލާގުޅޭ މޭޒާއި ގޮނޑިއާއި އަދި ބީންބޭގްސް އިތުރުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އިންޓަރނެޓް ބޭނުންކުރުމަށްޓަކައި ފަހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް ވަނީ ބަހައްޓާފައެވެ. އަދި ކުތުބުޚާނާގެ ޚިދުމަތްތަކުގެ މައުލޫމާތާއި، ތަނުން ލިބެންހުރި ފޮތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި 65 އިންޗީގެ ޓީވީއެއް ވަނީ ރީޑިންގ އޭރިޔާގައި އަލަށް ބަހައްޓާފައެވެ.

އިންގްލިޝް ކަލެކްޝަން:ތަނުގެ ފްލޯރިންގއާއި ދޮރުފޮތިތައް ބަދަލުކޮށް، ލައިބްރަރީގެ މާހައުލާގުޅޭ ގޮނޑިއާއި މޭޒުގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހަ ބީންބޭގްސް ވަނީ ބަހައްޓާފައެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އިންގްލިޝް ކަލެކްޝަނުންވެސް ކޮމްޕިއުޓަރގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

އޯޑިއޯ ބޫތު:މިއީ ގައުމީ ކުތުބުޚާނާގައި މުޅިން އަލަށް ގާއިމް ކުރެވުނު ބޫތެކެވެ. ފޮތްތަކަށް އަޑު އެޅުމަށާއި، ފެނުމުން މަހުރޫމްވެފައިވާ ފަރާތްކަށް ކުތުބުޚާނާއިން ޚިދުމަތް ދިނުމަށްޓަކައި މުޅިން އަލަށް ތައްޔާރު ކުރަން ފަށާ ޓޯކިންގ ބުކްސް ތައްޔާރުކުރުމުގައި، މިއީ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އޯޑިއޯ ބޫތު ފަރުމާކޮށްފައިވަނީ އަޑު ރެކޯޑް ކުރުމާއި އެޑިޓް ކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އަދި މި ބޫތާއެކު ފޯރުކޮށްދޭ ވީޑިއޯ ކެމެރާގެ ސަބަބުން، ގައުމީ ކުތުބުޚާނާއިން ދިނުމަށް މަސައްކަތް ކުރަމުންދާ އާ ޚިދުމަތްތަކަށް މަގުފަހިވެގެންދާނެއެވެ.

ނޭޝަނަލް ކަލެކްޝަން:މިއޭރިޔާގެ ފްލޯރިންގއާއި ދޮރުފޮތި ވަނީ ބަދަލުކޮށްފައެވެ. އަދި ފޮތްތަކާ ހަމައަށް ފަސޭއިން ވާސިލްވެވޭނޭގޮތް މިހާރު ވަނީ ގާއިމް ކުރެވިފައެވެ. މިއީ އެންމެ ދުވަސްވީ ތަކެތި ބަހައްޓާފައި ހުންނަ ތަނަށްވާއިރު، އެތަކެއްޗަށް ގިނަދުވަހަށް ބެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް ހިއުމިޑިފަޔަރ ބެހެއްޓި ބޭނުންކުރަންވާނީ ފަށާފައެވެ.

ސައިލެންސް ރީޑިންގ އޭރިޔާ އަދި ރިސަރޗް ރޫމް:ކުރިއާ ޚިލާފަށް ބޮޑު ބަދަލުތަކެއް ގެނެވި ފަސޭހައިން ފޮތްކިއުމަށް ތިބެވޭނެގޮތަކަށް ކިއުބިކަލްސްތަކެއް ގާއިމްކޮށް، މުޅި މާހައުލު ވަނީ މިހާރު ބަދަލު ކުރެވިފައެވެ.

ކިޔަވަތި (ގްރޫޕް ސްޓަޑީ ރޫމް):މަތީ ތައުލީމް ހާސިލްކުރާ ފަރާތްތަކާއި ސްކޫލްތަކުގެ ދަރިވަރުން ފިލާވަޅުތައް ހެދުމުގައި މަޝްވަރާ ކުރުމަށާއި އެސައިންމެންޓްތައް ތައްޔާރުކުރުމުގައި، ކިޔަވައްޗަކީ މިހާރުވެސް ވަރަށް ގިނަފަރާތްތަކަކުން ބޭނުންކުރަމުންދާ ތަނެކެވެ. ބީއެމްއެލްގެ އެހީގައި ބޮޑު ސްކްރީނަކާއެކު އިންޓަރނެޓާއި ކޮމްޕިއުޓަރުގެ ޚިދުމަތް ދޭން މިހާރު ވަނީ ފެށިފައެވެ.

މޭކަރ ސްޕޭސް ރޫމް:ކުދިންނަށް ތަފާތު ހުނަރު ދަސްކޮށް ދިނުމާއި ފޮތްތެރިކަމާ ގުޅުންހުރި ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ ކުރެވިފައިވާ މޭކަރ ސްޕޭސް ރޫމަށްވެސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފައެވެ. އެގޮތުން ފްލޯރިންގ ބަދަލުކޮށް އާ މޭޒާއި ފަސޭހަ ގޮނޑި ވަނީ ބެހެއްޓިފައެވެ.

އާރްއެފްއައިޑީ ސެކިއުރިޓީ ގޭޓް:ސެކިއުރިޓީ ގޭޓަކީ ގައުމީ ކުތުބުޚާނާއަށް ބޭނުންވެ މިހާތަނަށް ގާއިމް ނުކުރެވިފައިވާ ވަސީލަތެކެވެ. ނަމަވެސް ބީއެމްއެލްގެ އެހީގައި މިހާރު ވަނީ ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ގޭޓެއް ފުރަތަމަ ފަހަރަށް ލައިބްރަރީގައި ބެހެއްޓިފައެވެ. އާރްއެފްއައިޑީ މި ސެކިއުރިޓީ ގޭޓުގެ ސަބަބުން ފޮތްތަކުގެ ރައްކާތެރިކަމަށާއި ކުތުބުޚާނާއާއި ކަސްޓަމަރުންގެ ސަލާމަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ބުކް ސްކޭނަރ:ކުތުބުޚާނާގައިވާ ދުވަސްވީ ބައެއް ފޮތްތަކާއި ލިޔެކިޔުންތަކަކީ ފަހަށް ރައްކާކުރުމަށްޓަކައި ޑިޖިޓަލް ފޯމެޓަށް ނެގުމަށް ބޭނުންވެފައިވާ ތަކެއްޗެވެ. ނަމަވެސް ބައެއް ތަކެއްޗަކީ އުފުލައި ނުގެންގުޅެވޭ، އަދި އާދައިގެ ސްކޭނަރަކުން ސްކޭން ނުކުރެވޭވަރުގެ ދުވަސްވީ ތަކެއްޗެވެ. ނަމަވެސް ބީއެމްއެލްގެ އެހީގައި ބެހެއްޓި ބުކް ސްކޭނަރުގެ ސަބަބުން މިކަމަށްވެސް ވަނީ ހައްލެއް ލިބިފައެވެ. މިއީ ޑިޖިޓަލް ލައިބްރަރީއެއް ގާއިމް ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުޚާނާ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނީ، މަސައްކަތް ކުރާ ވަގުތުތަކުގައި މުޅި ލައިބްރަރީން ދެމުންދާ ޚިދުމަތްތައް އެއްކޮށް ހުއްޓާނުލައި ކަމަށް ކުތުބުޚާނާއިން ބުނެއެވެ. އެގޮތުން މަސައްކަތް ކުރެވޭ އޭރިޔާތައް ބަންދުކުރަން ޖެހުނު ވަގުތުތަކުގައި، އެތަނަކުން ދެވޭ ޚިދުމަތް އެހެން އޭރިޔާއަކުން ދެވޭނޭ އިންތިޒާމް ހަމަޖެއްސި ކަމަށްވެސް ވަނީ ބުނެފައެވެ.

ގައުމީ ކުތުބުޚާނާއަކީ މައުލޫމާތު ހޯދުމުގެ އިތުރުން މަދަރުސާ ކުދިންނާއި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުން ނުހަނު ބޭނުން ކުރަމުން އަންނަ ތަނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު