Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައުމީ ކުތުބުޚާނާގެ ޚިދުމަތްތައް ފުޅާކުރުން

ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާވެސް ކައުންސިލްތަކަށް

މިގޮތަށް ނިންމީ ކުރިންވެސް ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމަށް އެކި ސަރުކާރުތަކުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 28 އެޕްރީލު 2021 | ބުދަ 21:40
ހުޅުމާލޭގައި ހުޅުވާފައިވާ ލައިބްރައީއެއް

ހުޅުމާލޭގައި ހުޅުވާފައިވާ ލައިބްރައީއެއް

ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހުސިން ވިދާޅުވީ ކުތުބުޚާނާގެ މަސައްކަތްތައް ހަރުދަނާކޮށް ޒަމާނީކުރުމަށް "ނެޝަނަލް ލައިބްރަރީގެ ގާނޫނުގެ ބިލެއް" ޑްރާފްޓް ކޮށްފައިވާކަމަށެވެ. މި ބިލުގެ ދަށުން އަދި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިގޮތަށް ނިންމީ މީގެ ކުރިންވެސް ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމަށް އެކި ސަރުކާރުތަކުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް މުހުސިނު ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރ މުހުސިން ވަނީ އައު ބަދަލާއެކު ކުތުބުޚާނާގެ ގޮފިތައް ހިންގާނެ އުސޫލުތައް ނެޝަނަލް ލައިބްރަރީގެ ގާނޫނުގައި ހިމެނޭނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން އެކުލަވާލި މި އުސޫލުތަކަށް ކަންތައް ދޭތޯ މިނިސްޓްރީން ބަލާނެކަމަށާއި ރަށްރަށުގައި ކުތުބުޚާނާގެ ގޮފިތައް ގާއިމުކުރުމުގެ ޒިންމާއާއި ހަވާލުވާނީ އެ ރަށެއްގެ ކައުންސިލުންކަމަށް ވެސް ވިދާޅުވިއެވެ. މިހެން ކަންތައް ކުރުމުން ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާއި ކުންފުނިތަކާއެކު ވާހަކަދައްކައި އެއްބަސްވުންތައް އެކުލަވާލުމުގެ ބާރު ލިބިގެންދާނެކަމަށް ވެސް މުހުސިނު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން  ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއެކު މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ލިބޭނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ލިބޭނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރުވެސް ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.

ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ދިނުމަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް އިންތިޚާބު އޮތީ މިމަހުގެ 10ވަނަ ދުވަހުއެވެ. އައު ކައުންސިލަރުން ހުވާކުރުން މި ރަމަޟާން މަހަށްފަހު ބާއްވަން އެލްޖީއޭއިން ވަނީ ނިންމަވާފައެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ދިދަތައް ކަނޑާ ވަރަކަށް، ރަށްރަށުގައި ފޯރިޔާއެކު އެމްޑީޕީގެ ދިދަ ނެގުމުގައި

ފުލުހުން ދިދަތައް ކަނޑާ ވަރަކަށް، ރަށްރަށުގައި ފޯރިޔާއެކު އެމްޑީޕީގެ ދިދަ ނެގުމުގައި

26 މާރިޗު 2018
އަތޮޅުތެރޭގެ ރަށްރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތު ފުރިހަމައަށް ސަރުކާރަކުން ނުހޯދާ: ގއ އަތޮޅު ކައުންސިލް

އަތޮޅުތެރޭގެ ރަށްރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތު ފުރިހަމައަށް ސަރުކާރަކުން ނުހޯދާ: ގއ އަތޮޅު ކައުންސިލް

28 ޑިސެމްބަރު 2017
ސައިން ލޭންގުއޭޖް ކޯސްތައް އަންނަ އަހަރު ރަށްރަށުގައި ހިންގާނަން: ޒެނީޝާ

ސައިން ލޭންގުއޭޖް ކޯސްތައް އަންނަ އަހަރު ރަށްރަށުގައި ހިންގާނަން: ޒެނީޝާ

03 ޑިސެމްބަރު 2017
އަބުރު ފަންޑަށް އެހީ ހޯދުމަށް މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް

އަބުރު ފަންޑަށް އެހީ ހޯދުމަށް މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް

13 އޮކްޓޯބަރު 2017
އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!

އަގުބޮޑުކޮށް ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދްމަތް ދޭތީ މިއަދު ބާއްވަން އޮތް ކޮމެޓީގެ ބައްދަލުވުން މިރެއަށް ފަސްކޮށްފި!

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު