Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ނޭޝަންސް ލީގުގެ ފުރަތަމަ ސެމީގައި ނެދަލެންޑްސް އާއި ކްރޮއޭޝިއާ، ދެ ވަނަ ސެމީގައި ސްޕެއިން އާއި އިޓަލީ

ސެމީ މެޗުތައް އޮތީ މިއަހަރުގެ ޖޫން މަހުގެ 14 އަދި 15 ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2023 | ބުރާސްފަތި 02:33
ޔުއެފާ ނޭޝަންސް ލީގުގެ ގުރު ނެގުމުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގެ ގުރު ނެގުމުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލް ގުރު ނަގައިފި އެވެ.

މިއަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމަކީ ސްޕެއިން، އިޓަލީ، ނެދަލެންޑްސް އަދި ކްރޮއޭޝިއާ އެވެ. ބުދަ ދުވަހު ވަނީ ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނެ ޓީމުތަކުގެ ގުރު ނަގައިފަ އެވެ. ގުރު ނެގުން ކުރިއަށް ގެންގޮސްފައި ވަނީ ސްވިޒަލެންޑުގެ ނިއޯންގައި ހުންނަ ޔުއެފާގެ މައި އިދާރާގަ އެވެ. ގުރުގައި ކްރޮއޭޝިއާ އަށް ވާދަކުރަން ޖެހުނީ ނޭޝަންސް ލީގު ހޯސްޓު ކުރާ ނެދަލެންޑްސްއާ އެވެ. ކްރޮއެޝިއާ އަކީ މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ޓީމެވެ. އެންމެ ފަހުން އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އިޓަލީ އަށް ވާދަ ކުރަން ޖެހުނީ ސްޕެއިންނާ އެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ނެދަލެންޑްސްގެ ރޮޓާޑަމްގަ އެވެ.

މުބާރާތުގެ ގުރަށް ފަހު ވާހަކަ ދައްކަމުން ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އެނބުރި ޤައުމީ ޓީމަށް އާދެވުނީތީ އޭނާ ވަރަށް އުފާވާ ކަަމަށާއި، ޤައުމީ ޓީމާއެކު އޭނާ އަށް ތަޖުރިބާތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ އަދާ ކުރަން ޖެހޭ ޒިންމާ އެނގޭ ކަމަށާއި، ޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ ފެންވަރު ވެސް އިނގޭ ކަމަށެވެ. އަދި މުބާރާތުގައި ވެސް އޭނާގެ އަމާޒަކީ ޓީމާއި، ޓީމުގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން 2019 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފައިވާނެ ކަމަށާއި، އެހެންކަމުން ތަޖުރިބާތަކެއް ހުރި ކަމަށެވެ. އޭރު ބަލިވި ނަމަވެސް، މިފަހަރު އަމިއްލަ ފަސްގަނޑުގައި ފައިނަލް ކުޅުމުގެ ފުރުސަތު އޮތް ކަމަށެވެ. ކޫމަން ބުނީ ފައިނަލަށް ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއަށްފަހު އުންމީދަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

މީގެ އިތުރުން ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނީ، ބޭނުންވަނީ ދެވެން އޮތް އެންމެ ދުރަށް ދާން ކަމަށެވެ. ސްޕެއިންގެ ކޯޗުކަމުގެ މަޤާމަށް އޭނާ ހަމަޖެއްސީ ވެސް ދާދި ފަހުންނެވެ. އޭނާ ބުނީ، އެންމެ ފުރަތަމަ ޖެހޭނީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވާން ކަމަށާއި، އެއަށްފަހު އައި ސެމީ ފައިނަލް ކުޅެން ޖެހޭނެ ކަމަށެވެ. އަދި އިޓަލީ އަކީ ވަރަށް ވަރުގަދަ ބާރެއް ކަމަށާއި، ވޯލްޑް ކަޕަށް ކޮލިފައި ނުވި ނަމަވެސް އެމީހުންނަކީ ވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭނެ ޓީމެއް ކަމަށެވެ. އެހެންކަމުން ސްޕެއިނުން ތައްޔާރުވާނީ އެ ހުރިހާ ކަންކަމަށް ބެލުމަށްފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނަ ކްރޮއޭޝިއާގެ އެސިސްޓެންޓް ކޯޗު ވެޑްރަން ކޯލުކާ ބުނީ، ނޭޝަންސް ލީގުގައި ވެސް އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗު ކުޅޭނެ ކަމަށެވެ. އެކަމާ މުޅި ޓީމު ވެސް ވަރަށް އުފާވާކަން ފާހަގަކޮށް އޭނާ ބުނީ، މޮޑްރިޗަކީ އޭނާ ކުޅޭ ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރުމުގެ ޢަޒުމު ހުންނަ ކުޅުންތެރިޔެއް ކަމަށެވެ. އަދި ނިމުނު ވޯލްޑް ކަޕަށް ވެސް މޮޑްރިޗާއި މުޅި ޓީމު ވެސް ނުކުތީ އެ ޢަޒުމުގައި ކަމަށާއި، ނަމަވެސް އެކަން ހާސިލް ނުކުރެވުނު ކަމަށެވެ. އޭނާ ދެން އެނެއްކާ ވެސް އެކަހަލަ ފުރުސަތެއް އޮތީ ޖޫން މަހު ކަމަށާއި، އުންމީދަކީ މި މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

މުބާރާތުގެ ފުރަތަމަ ސެމީގައި ނެދަލެންޑްސްް އާއި ކްރޮއޭޝިއާ ބައްދަލު ކުރާނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. ޖެހިގެން އަންނަ ދުވަހު އޮންނާނީ ސްޕެއިން އަދި އިޓަލީ ވާދަ ކުރާ މެޗެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު