Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމާއި ބޭސްވެރިކަން

ފަތުރުވެރިކަމުގެ އިތުރުން، ބޭސްވެރިކަމަށް މަޤުބޫލު ޤައުމެއްގެ ގޮތުގައި ވެސް ރާއްޖެ ތަރައްޤީ ކުރެވިދާނެ - ސްޕެއިން ސަފީރު

22 ޖޫން 2025 | އާދީއްތަ 14:31

ސްޕެއިން އަކީ އުމްރާނީ ދާއިރާ އިން ފާހަގަކޮށްލެވޭ ޤައުމަކަށް ވުމާއި އެކު ރިސޯޓްތައް ތަރައްޤީކުރުމުގައި އެ ދާއިރާ އިން ސްޕެއިން އަކީ ރާއްޖެ އަށް އެހީވެވިދާނެ ޤައުމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖޫން 2025 | އާދީއްތަ 14:31
ސްޕެއިން އިން އިންޑިއާ އާއި ރާއްޖެ އަށް ކަނޑައަޅުވާފައިވާ ސަފީރު ހުއާން އެންޓޯނިއޯ މާރޗް ޕުޖޯލް

ސްޕެއިން އިން އިންޑިއާ އާއި ރާއްޖެ އަށް ކަނޑައަޅުވާފައިވާ ސަފީރު ހުއާން އެންޓޯނިއޯ މާރޗް ޕުޖޯލް

މުސްތަޤްބަލުގައި ފަތުރުވެރިކަމަށް އެކަނި ރާއްޖެ މަޤްބޫލު ވުމުގެ ބަދަލުގައި ފަތުރުވެރިކަމާއި އެކު ބޭސްވެރިކަމަށް ފަހު ޤައުމަށް ރާއްޖެ ވުމުގެ ޤާބިލްކަން އެބަ ހުރި ކަމަށް، ސްޕެއިން އިން އިންޑިއާ އާއި ރާއްޖެ އަށް ކަނޑައަޅުވާފައިވާ ސަފީރު ހުއާން އެންޓޯނިއޯ މާރޗް ޕުޖޯލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި ބާސެލޯ ނަސަންދުރާގައި ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ސްޕެއިން އާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އާ ޖީލުން ސްޕެއިންގައި ހުރި އުނގެނުމާއި ތަމްރީންގެ ފުރުސަތުތަކަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގިނަ ދިވެހިންނަކީ އިނގިރޭސި ބަހަށް ފަރިތަ ބަޔަކަށް ވުމާއި އެކު ދިވެހިންނަށް ލިބޭ އެފަދަ ފުރުސަތުތަކުގައި ސްޕެއިން ބަސް ދަސްކުރުމަކީ އެއީ މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު ވަރަށް ބޮޑަށް ފަހި ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އިންވެސްޓް ކުރާ ސްޕެއިންގެ ފަރާތްތައް އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭސްވެރިކަން ފަދަ ދާއިރާތަކުން މީހުން އުފެއްދުމުގައި ސްޕެއިން އަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެންޓި އޭޖިން ފަދަ ސިއްހީ ދާއިރާތަކުގައި ސްޕެއިން އަކީ ތަޖުރިބާ ހުރި ޤާބިލް ޤައުމަކަށް ވުމާއި އެކު އެ ދާއިރާތަކުން ސްޕެއިން އަށް ގޮސް ތަމްރީން ހޯދިދާނެ ކަމަށާއި އެކަމުގައި އެ ޤައުމަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ޤައުމަށް ގޮސް ހުރި ފުރުސަތުތައް ބެލުމަށް ރާއްޖޭގެ އާޖީލަށް އެނާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ސްޕެއިން އަކީ އުމްރާނީ ދާއިރާ އިން ފާހަގަކޮށްލެވޭ ޤައުމަކަށް ވުމާއި އެކު ރިސޯޓްތައް ތަރައްޤީކުރުމުގައި އެ ދާއިރާ އިން ސްޕެއިން އަކީ ރާއްޖެ އަށް އެހީވެވިދާނެ ޤައުމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ސާފު ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި ވެސް ދެ ޤައުމުގެ ގުޅުން ވަރަށް މުހިންމު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސްޕެއިން އަކީ ކޯސްޓަލް ޤައުމަކަށް ވެފައި ރާއްޖެ އަކީ ބޮޑު އިންސައްތަ އެއް ކަނޑު ހިއްސާ ކުރާ ޤައުމަކަށް ވުމާއި އެކު ދެ ޤައުމުން ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކެއް ހުރި ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާވެއްޓާ ކުރާ އަސަރުތައް ކުޑަ ކުރުމަށް ވެސް އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 އޯގަސްޓު 2018

އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!

25 އޯގަސްޓު 2018
އިންޑިއާގެ ނިއުދިއްލީ އާއި ސިންގަޕޫރުގެ އިތުރުން 11 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން ނިންމައިފި!
19 އޯގަސްޓު 2018

ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަކީ ޤައުމެއްގެ ތަރައްޤީއަށް އެންމެ މުހިންމު ނިޒާމް: ރައީސް ނަޝީދު

19 އޯގަސްޓު 2018
ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަކީ ޤައުމެއްގެ ތަރައްޤީއަށް އެންމެ މުހިންމު ނިޒާމް: ރައީސް ނަޝީދު
11 ޖުލައި 2018

ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި

11 ޖުލައި 2018
ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި
08 މާރިޗު 2018

ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި

08 މާރިޗު 2018
ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި
20 ފެބުރުއަރީ 2018

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް

20 ފެބުރުއަރީ 2018
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް
11 ފެބުރުއަރީ 2018

ބޭރު ޤައުމެއްގެ އަސްކަރީ އެހީއަށް ނޭދެން: ޑިފެންސް މިނިސްޓްރީ

11 ފެބުރުއަރީ 2018
ބޭރު ޤައުމެއްގެ އަސްކަރީ އެހީއަށް ނޭދެން: ޑިފެންސް މިނިސްޓްރީ
19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް