Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ ޙައްޤުތައް

ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ތަފްސީލުކޮށް އެ ޤަވާއިދަށް އަމަލުކުރަން ފަށައިފި

ކުޑަކުދިން ބައިވެރިކުރުން މަނާ ބާވަތުގެ މަސައްކަތްތައް 7 ދާއިރާއަކަށް ބަހާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖެނުއަރީ 2023 | ބުދަ 07:06
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ތަފްސީލުކޮށް ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު އިސްލާޙުކޮށްފިއެވެ.

މި ޤަވާއިދު އިސްލާޙުކޮށް އަމަލު ކުރަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ ޢާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް މީގެ ކުރިން 17 ދާއިރާއަކަށް ވަނީ ޤަވާއިދުގައި ހިމަނާފައެވެ.

ނަމަވެސް އަލަށް އަމަލުކުރަން ފެށި އިސްލާޙުގައި ވަނީ ކުޑަކުދިން ބައިވެރިކުރުން މަނާ ބާވަތުގެ މަސައްކަތްތައް 7 ދާއިރާއަކަށް ބަހާލާފައެވެ.  

އޭގެ ތެރޭގައި ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތަކާއި، ޕެޓްރޯލު ފޯރުވުމުގެ ޢަމަލީ މަސައްކަތްތައް ހިމެނެއެވެ.

އޭގެ އިތުރުން، ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ ޢަމަލީ މަސައްކަތްތައްވެސް ހިމެނިފައިވެއެވެ.

މީގެ ކުރިން ޤަވާއިދުގައި ވޭޕިންގ ގެ ބާވަތްތަކުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތަކުގައިވެސް ކުޑަކުދިން ބައިވެރިކުރުން މަނަލެވެ.

އަދި، ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި، ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައްވެސް މި ޤަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް ކުޑަކުދިން ލައްވައި އެއްވެސް ބޭނުމެއްގައި ކުރުވުން މަނަލެވެ.

މީގެ ކުރިން ޤަވާއިދުގައި މަނާކޮށްފައިވާ ބައެއް ކަންކަން އަލަށް ގެނައި އިސްލާޙުގެ ދަށުން އުނިކޮށްފައިވާއިރު، އުނިކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ޚިދުމަތެއް ޢަމަލީގޮތުން ކޮށްދިނުމުގެ އެއްވެސް ބާވަތެއްގެ މަސައްކަތްތަކާއި، ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި އެފަދަ ދިރޭ އެއްޗެއްގެ ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް ހިމެނެއެވެ.

އަދި ގަރާޖާއި، ވޯކްޝޮޕާއި، ކާޕެންޓްރީއާއި، ވެއަރހައުސްތަކުގައި ކުރާ ޢަމަލީ މަސައްކަތްތައްވެސް މި ލިސްޓުން ވަނީ އުނިކޮށްފައެވެ.

 އެހެންނަމަވެސް، އުނިކޮށްފައިވާ ބާވަތްތަކުގެ މަސައްކަތްތައް، އުމުރުން 16 އަހަރު ފުރިފައިވާ ކުދިން ލައްވާ ކުރުވަންވާނީ ނުވަތަ އެއިން މަސައްކަތެއްގައި ބައިވެރިކުރެވޭނީ، އެ ކުދިންގެ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއްގެ ބެލުމުގެ ދަށުންކަމަށް އަލަށް އެކުލަވާލި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު