Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ހަތިޔާރު ހުހެއް ނުވޭ: މެޑްވެޑެވް

24 ޖެނުއަރީ 2023 | އަންގާރަ 14:40

މެޑްވެޑެވް ވަނީ ރަޝިއާގައި މިވަގުތު ހުރި ބައެއް ހަތިޔާރުތައް ފެންނަ ވީޑިއޯއެއްވެސް އާންމު ކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ޖެނުއަރީ 2023 | އަންގާރަ 14:40
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަރިސް ބޭފުއްޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަރިސް ބޭފުއްޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

މިހާރު ކުރިއަށްދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ވަރަށް ރަޝިއާގައި ހަތިޔާރު އެބަހުރި ކަމަށާއި އެގައުމުން ހަތިޔާރު ހުސްނުވާކަމަށް އެގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަރިސް ބޭފުއްޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވިދާޅުވެއްޖެއެވެ.

ހަނގުރާމާގައި ބޭނުންވާ ވަރަށް މިހާރު ރަޝިއާގައި މިސައިލާ އެހެނިހެން ހަތިޔާރު ނުހުންނާނެ ކަމަށް ހުޅަނގުން ބުނަމުންދާ ބުނުންތަކަށް މެޑްވެޑެވް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވަނީ ހުރިހާ ހަތިޔާރެއްވެސް ބޭނުންވާ ވަރަށް ރަޝިއާގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މެޑްވެޑެވް ވަނީ ރަޝިއާގައި މިވަގުތު ހުރި ބައެއް ހަތިޔާރުތައް ފެންނަ ވީޑިއޯއެއްވެސް އާންމުކުރައްވާފައެވެ.

ހަނގުރާމައާ ގުޅިގެން މީގެ ކުރިން ދެއްކެވި ވާހަކައެއްގާ މެޑްވެޑެވް ވަނީ މިފަދަ އާދައިގެ ކުރިމަތިލުމަކުން ރަޝިއާ ފަދަ ނިއުކްލިއަރ ބާރެއް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ ނަމަ ނިއުކްލިއަރ ހަނގުރާމައެއް ފަށަން ޖެހިދާނެ ކަމަށް ވިދާޅުވެ ހުޅަނގަށް އިންޒާރުވެސް ދެއްވާފައެވެ.

ޓެލެގްރާމް މެދުވެރިކުރައްވާ ކުރެއްވި ޕޯސްޓެއްގައި މެޑްވެޑެވް ވިދާޅުވެފައި ވަނީ، ނިއުކްލިއަރ ބޮޑު ބާރެއް، އާދައިގެ ހަނގުރާމައަކުން ބަލިވުމަކީ ނިއުކްލިއަރ ހަނގުރާމައެއް 'ޓްރިގަރ' ކުރެވޭނެކަމެއް ކަމަށެވެ.

ރަޝިއާގެ ރައީސްކަމުގެ މަގާމު 2008 ވަނަ އަހަރުން 2012 ވަނަ އަހަރަށް ކުރެއްވި މެޑްވެޑެވް ވަނީ މީގެ ކުރިން ދުވަހަކުވެސް ނިއުކްލިއަރ ބާރެއް، އެމީހުންގެ މުސްތަގުބަލު އެކަމެއްގެ މައްޗަށް ބިނާވެފައި އޮތް މިފަދަ ބޮޑު ކުރިމަތުލުމެއްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

މެޑްވެޑެވް ވަނީ ނޭޓޯ އާއި ހުޅަނގުން، ހަނގުރާމާގައި ޔޫކްރެއިނަށް ވާގިވެރިވެ، ރަޝިއާ ބަލިކުރުމަށް ރާވަމުންދާ ރޭވުންތަކާއެކު ނެގޭ ރިސްކާމެދު ވިސްނާލަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ރަޝިއާ އަދި އެމެރިކާ އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ނިއުކްލިއަރ ދެ ބާރެވެ. މިދެގައުމުން ދުނިޔޭގެ ނިއުކްލިއަރ ބާރުގެ 90 އިންސައްތަ ހިއްސާކުރާއިރު، ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ރަޝިއާއިން ވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރުދީފައެވެ.

ނޭޓޯގެ ގައުމުތައް ގުޅުމުން އަސްކަރީ ގޮތުން ރަޝިއާގެ މައްޗަށް ބާރުގަދަވެވުނު ނަމަވެސް، ނިއުކްލިއަރ ހަތިޔާރުގެ ގޮތުން ހުޅަނގުގެ ގައުމުތަކުގެ މައްޗަށް ރަޝިއާއަށް ބާރުއެބައޮތެވެ.

ފެބްރުއަރީ 24، 2022 ގައި ފެށުނު ހަނގުރާމައަށް މިހާރު މިވަނީ 11 މަސް ދުވަސްވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް