Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
2 އަހަރުގެ ޓެޑީ ހޮބްސް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ހުނަރުތައް ދަސްކުރިކަން މައިންބަފައިންނަށް ރެއަކާލީވެސް އަދި މާ ފަހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2023 | އަންގާރަ 10:50
ބެތު ހޮބްސް އަދި އޭނާގެ ދަރިފުޅު ޓެޑީ ހޮބްސް

ބެތު ހޮބްސް އަދި އޭނާގެ ދަރިފުޅު ޓެޑީ ހޮބްސް

މެންސާއޭ ބުނުމުން ފަހަރުގައި އެއީ އާ ނަމަކަށް ވެދާނެއެވެ. މެންސާއަކީ ތޫނިފިލިކަމުގެ ގޮތުންވެސް އެންމެ މަތީ ފަންތީގައި ތިބި މީހުންނަށް ހާއްސަކޮށްގެން ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ ޖަމާޢަތެކެވެ. ނުވަތަ ހައި-އައިކިއު ސޮސައިޓީއެކެވެ. އެ ޖަމާޢަތުގެ މެންބަރުކަން ލިބެނީ ތޫނިފިލިކަމުގެ މިންވަރު ވަޒަން ކުރާ ޓެސްޓަކުން ނުވަތަ ކަނޑައަޅާފައިވާ ވަކި ހާއްސަ ބައެއްގެ ބެލުމުގެ ދަށުން ހަދާ ޓެސްޓުތަކަކުން 98 ޕަސެންޓައިލް ނުވަތަ އެއަށްވުރެ މަތިން ފާސް ހޯދާ މީހުންނަށެވެ. މެންސާގެ ވާހަކަ މިހާ ޚުލާސާ ގޮތެއްގައި މި ބަޔާންކޮށްދިނީ އެ ޖަމާޢަތާ އެންމެ ފަހުން ގުޅުނު މެންބަރުގެ އާދަޔާ ޚިލާފު ކަމުންނެވެ.

މެންސާގެ މެންބަރުކަން އެންމެ ފަހުން ހޯދި އެކަކީ އިނގިރޭސިވިލާތަށް އުފަން ޓެޑީ ހޮބްސްއެވެ. ހޮބްސްގެ ޢުމުރުން އަދި މި ވީ އެންމެ 4 އަހަރެވެ. ޓެޑީ ހޮބްސްއަށް މެންސާގެ މެންބަރުކަން ލިބުނީ، އޭނާ ސްކޫލަށް ދާން ފެށުމުގެ ކުރިން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް، ދާއިރާގެ ތަޖުރިބާކާރުން އެ ގެއަށް ކުރި ޒިޔާރަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަންތައްތަކަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.

ޓެޑީ ހޮބްސް، އޭނާގެ ކިއުންތެރިކަމުގެ ހުނަރާއި ގުނުމުގެ ހުނަރުވެރިކަން އުނގެނި ފައްކާ ކުރީ އަމިއްލައަށެވެ. ޓެބްލެޓާ ކުޅެ، ޓީވީ ބަލާ ހެދުމުގެ ތެރެއިންނެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 2 އަހަރެވެ. އޭނާ އެ ހުނަރުތައް ދަސްކުރިކަން މައިންބަފައިންނަށް ރެއަކާލީވެސް އަދި މާ ފަހުންނެވެ.

ޓެޑީގެ މަންމަ، ބެތު ބުނި ގޮތުގައި ދަރިފުޅު ޓެބްލެޓް ހިފައިގެން އިންނައިރު އަޑުތަކެއް ލައްވާކަން ފާހަގަކުރެވުނެވެ. އަދި އެއީ މާ ބޮޑު މާނައެއް ހުރި އަޑުތަކެއް ކަން އޭރު ދެނެނުގަނުވުނު ނަމަވެސް، އެ ދަރިފުޅު ލައްވަމުން ދިޔައީ ހަމައެކަނި އަޑުތަކެއް ނޫން ކަމާއި، އެ ދަރިފުޅު އެ ދިޔައީ ޗައިނާ ބަހުން ހިސާބު ޢަދަދުތައް ގުނަމުން ކަން ރެއަކާލީ ފަހުން ކަމަށް ބެތު ބުންޏެވެ.

ޓެޑީ ހޮބްސްގެ އުނގެނުމުގެ ޝަޢުޤު ހުންނަ ގޮތް ކިޔައިދެމުން ބެތު ބުނީ، ދަރިފުޅުގެ ޝަޢުޤު ހުންނަ މައުލޫތައް، ހަފުތާތަކުން ނުވަތަ މަސްތަކުން ބަދަލުވާ ކަމަށެވެ. އެގޮތުން، ގުނަ ކުރާ ނަވަތަ ދަސްކުރި ދުވަސްކޮޅަކާ، ޤައުމުތަކުގެ ދިދަތައް ދަސްކުރި ދުވަސްކޮޅަކާ، ދުނިޔޭގެ ޗާޓުތައް ދަސްކުރި ދުވަސްކޮޅެއް ދިޔަ ކަމަށް ބެތު ކިޔައިދިނެވެ.

ޓެޑީގެ އައިކިއު ސްކޯރ އުޅެނީ އެ ޢުމުރުގެ ކުއްދިންގެ ރޭކިންގްއާ އަޅާ ބަލާއިރު 99.5 ޕަސެންޓައިލްގައެވެ. ނަތީޖާއެއްގެ ގޮތުން، އޭނާގެ މައިންބަފައިން އުފުލަން ޖެހޭ ތަކުލީފުތައް ބުރަވެއެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ޓެޑީއާ އެކުގައި އުޅޭ ކުދިންނަށް ލިޔެކިއުމުގެ ހުނަވެރިކަން ދަސްވެފައި ނެތަތީ އެކަން ޓެޑީއަށް ފަޙުމްކޮށްދިނުމެވެ. އަދި އެކި ކުދިންނަކީ އެކި ހުނަރު ލިބިފައި ކުދިންކަން ޓެޑީއަށް ވިސްނައިދިނުމެވެ. އެގޮތުން ޓެޑީއަށް ވުރެ ބާރަށް، އޭނާގެ އެކުވެރި ދުވެފާނެކަން ޓެޑީއަށް ވިސްނައިދިނުން ފަދަ ކަންކަން ކުރަން ޖެހެއެވެ.

މެންސާގެ މެންބަރުކަން ދިނުމުގެ ކުރިން ހަދާ އިމްތިޙާނުތައް ހެދިއިރު ޓެޑީގެ ޢުމުރުން އެންމެ 3 އަހަރާއި 7 މަހެވެ. ގަޑިއެއް ހާ އިރަށް ދެމިގެންދިޔަ އިމްތިޙާނުތައް ހެދުމަށް ޓެޑީވަނީ ލެޕްޓޮޕެއްގެ ކައިރީގައި ޝަޢުޤުވެރިކަމާއެކު ވަގުތު ހޭދަކޮށްފައެވެ. މެންސާގެ އިމްތިޙާނުތަކަކީ ކުޑަކުދިންނަށް ހާއްސަކޮށްފައި އިމްތިޙާނުތަކެއް ނޫން ކަމުން، ޓެޑީގެ އިމްތިޙާން ހެދުމުގައި އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓެއްގެ އެހީ ހޯދާފައިވެއެވެ.

ޓެޑީ ހޮބްސް އަކީ ހިސާބަށް މޮޅު ކުއްޖަކަށް ވުމުގެ އިތުރުން އޭނާއަކީ އެކި ބަސްތައް ދަސްކުރުމުގެ ހުނަރުވެސް ހުރި ކުއްޖެއްކަން ވަނީ ފާހަކަ ކުރެވިފައެވެ. އޭނާ މިހާރުވެސް ހަތް ބަހަކުން ސަތޭކައާއި ހަމަޔަށް ގުނާ އަދި ވާހަކަ ދައްކާ ކަމަށް ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

27 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު