Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ތިއާގޯ ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހަޅަން ޗެލްސީން ތައްޔާރުވަނީ

ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވި ގްރަހަމް ޕޮޓާ ވެސް ބޭނުންވަނީ ސިލްވާ ކުލަބުގައި މަޑުކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2023 | ބުދަ 02:36
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހަޅަން އެ ކުލަބުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ޑިފެންޑަރު ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، އޭނާ ޗެލްސީ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޗެލްސީން ބޭނުންވެގެން އޭނާގެ އެއްބަސްވުން 2022 ވަނަ އަހަރާ ހަމަ އަށް ވަނީ އައުކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް އެއްބަސްވުން އައުކޮށްފަ އެވެ. މި ސީޒަންގެ ނިޔަލަށް އޭނާގެ އެއްބަސްވުން ހަމަވާއިރު، ޗެލްސީން އަދިވެސް ބޭނުންވަނީ އޭނާ ކުލަބުގައި ބަހައްޓަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޚާއްސަކޮށް ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވި ގްރަހަމް ޕޮޓާ ވެސް ބޭނުންވަނީ ސިލްވާ ކުލަބުގައި މަޑުކުރަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޗެލްސީން މިހާރު އަންނަނީ އެކަމުގެ މަޝްވަރާތައް ސިލްވާއާ ކުރަމުން ކަމަށާއި، އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީ އަށް ބަދަލުވެ ސިލްވާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 105 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ޗެލްސީއާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގައި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. މީގެ އިތުރުން ސިލްވާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕްގެ ފައިނަލްގައި ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ.

ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ސިލްވާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 113 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. ބްރެޒިލާއެކު ސިލްވާ ވަނީ 2013 ވަނަ އަހަރުގެ ކޮންފަޑެރޭޝަން ކަޕާއި، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު