Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުނގުފާރު ކައުންސިލް އޮޑިޓް

މުދަލާ ހިދުމަތް އަދި ފައިސާގެ މުއާމަލާތް ތަކުގައި އުނގޫފާރު ކައުންސިލުން މާލިއްޔަތު ގަވާއިދާ ޚިލާފު އެތައްކަމެއް

އުނގޫފާރު ކައުންސިލުން ލިބޭ ފައިސާގެ ދުވަހު ފޮތް ބަލަހައްޓާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖެނުއަރީ 2023 | ހޯމަ 12:15
އުނގޫފާރު

އުނގޫފާރު

މުދަލާއި، ހިދުމަތް އަދި ފައިސާއާއި ގުޅުންހުރި ކަންކަމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އެތައް ކަމެއް ހިންގާފައިވާކަމަށް، އުނގޫފާރު ކައުންސިލްގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލް އިދާރާއިންމުދަލާ ހިދުމަތް ހޯދުމުގެ ކުރިން ވެރިއެއްގެ ހުއްދަ ހޯދާފައި ނުވާ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ޖުމްލަ 588،436 ރުފިޔާގެ ހިދުމަތާއި ތަކެއްޗާއި ހިދުމަތް ހޯދުމަށް ހުއްދަދޭ ފޮތް ނުވަތަ ފޯމް ފުރިހަމަނުކޮށް ހަރަދު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މުދާ ބަލައިގަތުމަށްފަހު މުދާ ލިބުނުކަމަށް ސޮއިކޮށްފައި ނުވާ ކަމަށެވެ. ރިޕޯޓުގައި ބުނެފައިވަނީ މުދަލަށް އޯޑަރުކުރާ ފޯމުގައި ލިޔެ ސޮއިނުކޮށް 2021 ވަނަ އަހަރު ޖުމްލަ 405،663 ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ޝޮޕިންގ އުސޫލުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި 3 ފަރާތުގެ އަގު ހޯދާފައި ނުވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކައުންސިލް އިދާރާއަށް މި އުސޫލުން ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ އިރު، ޖުމްލަ 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދަލާއި ހިދުމަތް ހޯދި އިރު 3 ފަރާތުން އަގު ހޯދާފައި ނުވާ ކަމަށެވެ.

އުނގޫފާރު ކައުންސިލުން ލިބޭ ފައިސާގެ ދުވަހު ފޮތް ބަލަހައްޓާފައި ނުވާ ކަމަށާއި، ކައުންސިލްގެ އިދާރާގައި ބެހެއްޓި ފައިސާ ލިޔެ ބަލަހައްޓާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ބޭންކް ބާކީ އަދި ބޭންކް ރިކޮންސިލިއޭޝަން ތައްޔާރުކޮށްފައި ނުވުމުގެ ސަބަބުން 2021 ވަނަ އަހަރު އިދާރާއިން ކުރި އެންމެހާ މާލީ މުއާމަލާތްތައް އިދާރާގެ ރިކޯޑްތަކުގައި ހިމަނާފައިވާ ކަމަށާއި، ހިމަނާފައިވާ މުއާމަލާތްތަކުގައި ކުށެއްނެއްކަމާއި، އަދި އިދާރާގެ ބޭންކް އެކައުންޓްތަކުގައި އަހަރު ނިމުނު އިރު ހަގީގަތުގައި ހުރީ ކިހާ ފައިސާއެއްކަން ޔަގީންކުރެވިފައި ނުވާ ކަމަށެވެ.

މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކައުންސިލްގެ ސްޓޮކް ބާކީ އަދާހަމަކޮށް ގަވާއިދުން ބަލަހައްޓާފައި ނުވުމާއި، ހަރުމުދަލުގެ ދަފްތަރު އަދާހަމަކޮށް ގަވާއިދުން ބަލަހައްޓާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ބިޑްކޮމިޓީން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު