Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމްގެ ފިސްތޯލަ

ފިސްތޯލައާ ބެހޭ މައުލޫމާތު ނާޒިމަށް އެނގިވަޑައެއް ނުގަންނަވާނެ: އަދީބު

30 ޖޫން 2017 | ހުކުރު 09:16

އެކަމުގައި ބައިވެރިވި މީހުންނާއި ރޭވި ގޮތް އެނގޭ ކަމަށް އަދީބު ވިދާޅުވި

އަލީ ޔޫސުފް
އަލީ ޔޫސުފް | 30 ޖޫން 2017 | ހުކުރު 09:16
ކާނަލް ނާޒިމް އާއި އަހްމަދު އަދީބު

ކާނަލް ނާޒިމް އާއި އަހްމަދު އަދީބު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

ފިސްތޯލައިގެ މައްސަލައިގަ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެ ފިސްތޯލައިން ނާޒިމް އަދި އެ އެޕާޓްމަންޓްގައި އުޅޭ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައި ނުވެއެވެ. ފުލުހުން ކުރި ތަހުގީގުތަކަށް ފަހު ބުނެފައި ވަނީ އެ ފިސްތޯލައިން ފެނިފައި ވަނީ އަދީބުގެ ފިންގަޕްރިންޓް ކަމަށެވެ. ނާޒިމްގެ މައްޗަށް ކުރި ހުކުމު އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް އެކަން އެންގި ނަމަވެސް އެކަމަށް ބެލުމެއް ނެތި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓާއި އަދި ހައި ކޯޓުން ކުރި ހުކުމުގައި މައްސަލައެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމްގެ އެޕާޓްމަންޓުން ފެނުނީ ނާޒިމާ ގުޅުންހުރި ފިސްތޯލަ އާއި ތިން ވަޒަން ނޫން ކަމަށް އަދީބު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީއެއްގައެވެ. މި ވަގުތު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވުމަށެވެ. އެ ސިޓީގައި ވަނީ އެކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އޮޅުން ފިލުވައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ފިސްތޯލަ އާއި ތިން ވަޒަން، މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެންނަންޖެހުނު ގޮތެއް މުހައްމަދު ނާޒިމަށް އެނގިފައިނުވާނެ ކަމުގެ ކަށަވަރުކަން އިއްޒަތްތެރި އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު މިއަރުވަނީ، އެ ހާދިސާ އެގޮތަށް ހިނގަން މެދުވެރިވި ސަބަބާއި، އެރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވި މީހުންނާއި އެކަން ނިމިގެންދިޔަ ގޮތް ނުހަނު ރަނގަޅަށް ދެނެހުރި މީހެއްގެ ހައިސިއްޔަތުނނެވެ،" ސުޕްރީމް ކޯޓަށް ޖޫން 20ގައި އަދީބު ފޮނުއްވި ސިޓީގައި ވެއެވެ.

އަދީބު ވިދާޅުވެފައި ވަނީ އެ ތަކެއްޗަކީ ނާޒިމްގެ ތަކެތި ނޫންކަން އަދި އެތަކެއްޗާ ބެހޭ މައުލޫމާތު ނާޒިމަށް އެއްވެސް އިރެއްގައި އެނގިވަޑައިގެންފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް